"ޝަރުމީލާ ލަކީޑްރޯ" ގެ ނަމުގައި މަޝްހޫރު ލޮޓަސް ފިހާރައިގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އާއްޓެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ލަކީ ޑްރޯގައި ނަސީބުވެރިއަކަށް ލިބޭނީ "ސީޔޫއެކްސްއައި 125 ސީސީ"ގެ ސައިކަލެކެވެ. މި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އާއްޓޭ ދެއްވާފައި ވަނީ ޓުވިޓާގައި އުޅޭ މީހުންނަށް އެކަންޏެވެ.

އައްޓޭ ވިދާޅުވި ގޮތުގައި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ މީހުން ހަތަރު ނަންބަރެއް ޖަހަން ޖެހޭނެއެވެ. މީހަކަށް ފަހަރަކު ފަސް ނަންބަރު ޕޯސްޓް ކުރެވިދާނެ ކަމަށާއި "ބޭނުން ވަރަކަށް ޕޯސްޓް" ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ލަކީޑްރޯ ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 11:00 އާ ހަމައަށް ކަމަށް އައްޓޭ ވިދާޅުވިއެވެ.

އާއްޓޭގެ ލަކީޑްރޯ އަށް އެތައް ސަތޭކަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

"ޝަރުމީލާ ލަކީޑްރޯ" ގެ ނަމުގައި އާއްޓޭ ފެއްޓެވީ، މަޝްހޫރު މޮޑެލް އަދި ފިޓްނެޓް ޓްރެއިނާ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) ގިވްއަވޭ "ޝަރުމީލާ" ނަމަކަށް ކިޔާ އަންހެނަކަށް ދިނުމާ ގުޅިގެން އެތައް ބަޔަކު އެކަމާ މެދުގައި ސުވާލު އުފައްދަމުން ދަނިކޮށެވެ.

ފިޓް ފާޒިލް ފޭސްބްކުން ގެއްލިއްޖެ

ޝަރުމީލާގެ ފޮޓޯ ފާޒިލް ރިމޫވްކޮށްފި

ފާޒިލް ދިން އަގުބޮޑު ތަކެތީގެ ތެރޭގައި މެކް ބުކަކާއި މެޖިކް ކީބޯޑަކާއި މެޖިކް ޓްރެކްޕެޑަކާއި 512 ޖީބީގެ އެއާޕޮޑާއި އައިފޯން އެސް މެކްސް އަކާއި އައިފޯން ކަވަރަކާއި ވިކްޓްރިއާ ސީކްރެޓާއި ގުސީ ފަދަ ތަންތަނުގެ ގިފްޓް ޕެކް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލިބެއްޔާ

    ހެޔޮނުވާނެ ތިހާވަރަށް ބުލީ ނުކުރޭ.. ފާޒިލް ކުރިކަމަކީ ރަނގަޅު ކަމެއް ނޫން.. ނަމަވެސް، ތިވަރަށް ބުލީކޮށް ކަންތައް ކުރުމުން ކޮންމެވެސް ގޮތަކުން އެކަމުގެ ހިތިކަން ފެންނާނެ..

    32
    18
    • އަހްމަދުބޭބެކޮއްކޮ

      ރަނގަޅު ވާހަކައެއް..

      6
      4
  2. މުހައްމަދު މުދުހިޝް Mudhish

    މި ގޮތަށް ލަކީ ޑުރޯ ހުއްދައެއް ނުވާނެ. ވަގުތުން ޝޭޚެއްގެ ފަތުވާ ހޯދުން މުހިންމު މައްސަލައެއް މީ.

    5
    5
  3. ޙެލޯ

    ކެމްޕޭނުގައި އޭދަފުށި އައް ބަހައްގެނާ ސައިކަލް ތައް ހަދާނެގޮތް ނޭއްގިގެން. ޢެމް ޑީ ޕީ ފެއިލް ވެގެން ސައިކަލް ތައް ގެނދިޔައީ......

    5
    1