ކޮވިޑް-19 އާއި ގުޅިގެން ދައުލަތަށް ކިތަންމެ ދައްޗެއް ކުރިމަތިވި ނަމަވެސް މަތީ ތައުލީމުގެ އެއްވެސް ފުރުސަތެއް ހުއްޓުމަކަށް ނުގެންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް އާއި ގުޅިގެން ދަތިތައް ދިމާވި ނަމަވެސް ސަރުކާރުގެ އަމާޒު އޮތީ ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ. އެގޮތުން ސްޓޫޑަންޓު ލޯނު ދިނުމާއި ހަޔާ އެޗީވާސް ސްކޮލާޝިޕާއި އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕުތައް ވެސް ހުއްޓުމެއް ނެތި މިހާލަތުގައިވެސް ދެމުން ގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވާއިރު ސަރުކާރުގެ ހަރަދުގައި އެތައް ކުދިންނެއް އަންނަނީ ރާއްޖެއިން ބެރުގައި ތައުލީމު ހާސިލު ކުރަމުންނެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ބައެއް ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކިޔަވާ ކުދިންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ އެހީތެރިކަމެއް ފޯރުކޮށްދީފައވެ.
ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ މާލިއްޔާ އަށް ވަނީ ވަރަށް ބޮޑެތި އަސަރުތައް ކޮށްފައެވެ. ވަކިން ހާއްސަކޮށް ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފައެވެ.
ދާދިފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހަކީ އިގްތިސާދީ ގޮތުން ރާއްޖެ އަށް ވަރަށް ބޮޑަށް ދަތިވެގެން ދާނެ ހަމަސް ދުވަސް ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ކުރިޔަށް ހަމަސް ދުވަހު ވިޔަފާރިތަކާއި އާއްމުންނަށް ވެސް ދަތިތަކާއި ކުރިމަތި ވާނެ ކަމަށެވެ.
"ހަމައެކަނި ދައުލަތުގެ ހަރަދަކަށް އެކަންޏެއް ނޫން އާންމު ހަރަދަށާއި، އާންމު ވިޔަފާރިތަކަށްވެސް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބަޖެޓަށް ބެނުންވާ ފައިސާ އެކި ގޮތްގޮތުން ހޯދަން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ބޭރުގެ ހެޔޮ އެދޭ ގައުމުތަކުންނާއި ބޭރުގެ މާލީ އިދާރާތަކުން ފައިސާ ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
2008 ގަ ވެރިކަމަށް އެމްޑިޕީ އައި އިރުވެސް ދަރިވަރުން އައީ ހިލޭ ޑިގްރީއަށް ކިޔަވަމުން އަދި ޑިގްރިއަށް ކިޔަވާ ކޮންމެ ކުއްޖަކަށްަ ސަރުކާރުން ޕޮކެޓްމަނީއެއްވެސް ދިޔައީދެމުން. އެމްޑިޕީ ވެރިކަމަށް އައިސް މި ޕޮކެޓްމަނީއާ ހިލޭ ކިޔެވުންވެސް ހުއްޓުވި ވީއިރު ގުބޯހައްދަން ނޫޅޭ.
ކިޔަވައިގެން މިގައުމުގަ ރަނގަޅު ވަޒީފާ ގަނޑެއްވެސް ނުލިބޭނެ އެހެންވީމަ ތިޔައީ ބޭކަރު ކަމެއް އިބޫ ، މިގައުމުގަ އިސްމަގާމުތަކުގަ މިހާރު ތިބީވެސް އަލިފެއް ޔާއެއް އިނގޭބައެއްނޫން އަދި މިއެންމެގެ މުސާރަވެސް ހިތައްނޭރުވިއްޔާ ރަނގަޅުވާނީ.
ޤައުމު ނުހިންގެންޏާ ފައިބާ ، ބޭކާރު އަނގަނުތަޅާ
ރައީސް މަނި ކ ކުފާން ތިބުނު އްވާ މަތީ ތައުލީމު ކކ ކިޔަވަން ދާންޖެހޭނީ ދުނިޔޭން ބޭރަށް ދެއް ތޮ ކުރިންވެސް މަނި ކު ފާނު ބުނުއްވީމެއް ނޫންތޯ ދުނިޔޭން ބޭރަށް ފޮނުވާ ނަމޭ އެހެން ވެއް ޖިއްޔާ ދާންޖެހޭނީ ބިމުއަޑިޔަށް ދެއް ތޮ!؟
މާގިނައިން ބޭކ ކާރު އަނގަ ތަޅާނެ ކަމެއް ނެތް ކޮތަރު ކ ކޮށިތައް އޭގެ ހައްގު ވެރިން ނާހަމަ މިހާރު ހަވާލުކުރޭ އިތު ބަހަނާ ދައް ކަން ކ ކާޅެއްހެން އިރުއިރު ކޮޅާ ކ. ކާ ކާ ލަ އްވާނެ ކަމަކ ކުނެތޭ!
މިނޫނީ ދައްކާ ވާހަކަ ދިމާނުވާ ވެރިޔެއް އަދި މިބައްރުން ނުދެކެން
ހާދަ ދޮގުހަދާ މީހެކޭމީ ސަހާދެ.
ކަލޯ ކޮން ކަމެއް ދަތިވީ ލިބުނުހާ ލާރިތައް
ކަފާ ކޮންވާހަކައެއް ދައްކާކަންތަ ކަލެއަށް ބަޔަކު
ޢުދަގޫ ކޮއް ޖެއްސުން ކޮއްފިތަ
ސްޓޫޑަންޓްލޯނުމިހާރުމިލިބެނީ މަޖިލިސްމެމްބަރުންނައް އެމެމްބަރުންބޭނުންވާބަޔަކަށްބަހާލަނީ މެމްބަރަކާގުޅުމެއްނެތްކުއްޖަކަށް ލިބޭނެގޮތެއްނެތް މިސަރުކާރުން ރަގަޅައްކުރާހަމައެއްކަމެއްނެތް ނަންވާނީރައީސް ޔާމީން