ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް ހެކިބަސް ދިނުމަށްޓަކައި މެޖިސްޓްރޭޓް ކޯޓުތައް އަންގާރަ ދުވަހު ހަވީރުން ފެށިގެން ހުޅުވިފައި ހުންނާނެ ކަމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.
އެޑިޕާޓުމެންޓުން ވިދާޅުވީ ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި އައު ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ ސްޕީރިއާ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައި ކަމަށެވެ.
މާލެ ފިޔަވައި އެހެން ރަށްތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސް އަދާކުރަން ޖެހޭނީ ރަށު ކައުންސިލްގެ އެންމެ އިސް ވެރިއެއްގެ ކުރިފުޅު މަތީގައި ކަމަށް އެ ޑިޕާޓުމެންޓުން ވިދާޅުވެއެވެ.
ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީއެންމެ އަވަހަކަށް ހާޟިރުވެ ހެކިބަސް ދިނުމަށް އެޑިޕާޓްމަންޓުން ވަނީ އެދިފައެވެ. އަދި އަންގާރަ ދުވަހު ހަވީރު 5:30ން ފެށިގެން ހަނދާއި މެދު ގޮތެއް ނިމެންދެން އެޑިޕާޓްމަންޓާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް ހުޅުވިފައި ހުންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.
އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކުވެސް ހަނދާއި ބެހޭ ގޮތުން ގޮތެއް ނިންމުމުގެ ބައްދަލުވުމުން އިސްލާމީ މަރުކަޒުގައި ބާއްވަމުން އަންނަ އިރު ހަނދު ސާބިތު ކުރުމުގައި އިސްލާމީ އެހެން ޤައުމުތަކުން ހަނދާއި ބެހޭ ގޮތުން ނިންމާ ނިންމުމުގެ މައްޗަށް ރިޢާޔަތް ކުރެއެވެ.
ހަނދާބެހޭ ގޮތުން ގޮތެއް ނިންމާނީ ހަނދާއި ބެހޭ ކޮމެޓީގެ ޖަަލްސާއަށް ފަހުގައެވެ. މިއަހަރުގެ ހިޖުރީ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މިހިނގާ މެއިމަހުގެ 16 ވާ ބުދަ ދުވަހެވެ.
ރަގަޅަށް ކަލަންޑަރ ބަލާފަ ލިޔެބަލަ، 16 ވަނީ، ބުދަ ދުވަހު،
ހެޔޮނުވާނެ ބެއްޔާ ދޫކޮށްލަދޭށޭ ބުނޭ.. ހަނދު ބެލީމަ ގެންދާގޮތަށް ނަމަވެސް..