ސަރުކާރުން ދޭ މަތީ ތައުލީމުގެ ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން 514 ދަރިވަރަކަށް ލޯނު ހަމަޖެހިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅިވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ލޯނަށް 1000 ވަރަކަށް ދަތިވަރުން ކުރިމަތިލާފައިވާ ކަމަށާއި ލޯނު ލިބުނު ދަރިވަރުންނަށް، ކުރިއަށް އޮތް ތިން ގަޑި އިރުގެ ތެރޭގައި ލޯނުގެ ނަތީޖާ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

“އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ދަރިވަރުން ފަރާތުން ލިބުނު އެޕްލިކޭޝަންގެ ފެންވަރު ރަނގަޅުކަން. ކުރިއާ ހިލާފަަށް، ވަރަށް ގިނަ ދަރިވަރުން ކޮލިޓީ އެޕްލިކޭޝަންތަކެއް ހުށަހެޅި“ މިނިސްޓަރު ވިދާޅުވިއެވެ.

މި ލޯނުތަކަކީ މިއަހަރު ކުރީކޮޅު ހުޅުވާލި 550 ސްޓޫޑަންޓް ލޯނު ސްކީމުގެ ދަށުން ދޫކުރި ލޯނުތަކެވެ.

މީގެ ތެރޭގައި ހިމެނެނީ، ލައިސަންސް ކެޓެގަރީ އަށް ދޫކުރާ 15 ޖާގަ، ޑިޕްލޮމާ 48 ދަރިވަރުންނަށް، ފުރަތަމަ ޑިގްރީ 264 ދަރިވަރުންނަށް، މާސްޓާސް ޑިގްރީ 160 ދަރިވަރުންނަށާއި ޕީއެޗްޑީ ހެދުމަށް 27 ފުރުސަތެވެ.

މިނިސްޓްރީން 550 ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރީކޮޅު ހުޅުވާލިއިރުވަނީ މިއަހަރު ފަހުކޮޅުގައިވެސް އިތުރު ފުރުސަތުތަކެއް ހުޅުވާލުމުގެ ވިސްނުން ގެންގުޅުއްވާފައެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ސަބަބުން މިއަހަރު އިތުރު ސްޓޫޑަންޓް ލޯން ސްކީމަށް ހުޅުވާލެވޭނެ ކަމުގެ ޔަގީން ކަމެއް އަދި އޮތް ކަމަށް ނުބެލެވޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ކޮންތާކުން ނެރުނު ފައިސާއެއް؟ ހުސްދޮގު. މިމީހަވެސް މިޖާހިލުންގެ މަކަރުން ހަލާކުކޮށްލީ ދޯ. މިނިސްޓަރކަން މުހިންމު ތިމާގެ ނަފުސުގެ ތާހިރުކަމަށްވުރެ.

    4
    1
  2. Anonymous

    ފުލެޓްގެ ވާހަކަތައް ހުއްޓުވަން ފަހަރަކު މިނިސްޓަރަކު އަރައިގެން ހެއްދެވިހާ ދޮގެއް ހަދާނެ. މީ އާކަމެއްނޫން
    ރައީސްބެ ހަޑިހޭވީމަ މިނިސްޓަރުންތައް ނުކުމެ ފެންޖަހައިގެން ހަޑިސާފުކުރަންޖެހޭނީ. މިފެށުނީ އެކަންކަން. ރައްޔިތުންނޭ މިމީހުން މިޖަހާ ސަކަރާތް މިހާރު އެނގެންވާނެ. ދޮގުހަދާ މަކަރުހަދާ އޮޅުވާލުން މިމީހުންގެ އަސްލަކީ. ޔަހޫދީ ޖަމާއަތަކަށްވުރެވެސް ނުބައިކަންގަދަ ބައެއް.

    6
    1
  3. ހޫދު

    ތި ލޯނު ލިބުން ދަތިވަރުންގެ ފުރިހަމަ މައުލޫމާތު ގެނެސްދީ. ދޮގުހަދާ ބަޔަކު ކިޔާ އެއްޗެއް ގަބޫލުކުރަންވާނީ ނިކަން ކޮންކްރީޓް ހެކި ހުރެގެން. ރައްޔިތުންނަކީ ގަޅިންނެއްނޫން. މިގައުމަށް ލޯނުގަނޑެއްވެސް ދޭނެގައުމެއް މިހާރުނެތް. އާމްދަނީ 90 ޕަސެންޓް ދައްވެއްޖެ. މިއަހަރު އަދި އިއުލާނުވެސް ނުކުރާކަމަަށް ލޯނު ދިންވާހަކަ މިކިޔަނީ.

    5
    1
  4. Anonymous

    އެޕްލިކޭޝަން ކޮލިޓީ؟ ވަޓް އަ ޖޯކް. ކިޔާނެ އެއްޗެއްނެތި ދޮގުހަދަން އުނދަގޫވާއިރުވެސް ހަދަމުންދާތި. ސުވަރުގެއަށް ވަދެވެނީ ދޮގު ހެދިވަރަކުންތަ؟

    6
    1
  5. Anonymous

    2 އަހަރުން 514؟ ޔާމީނު ސަރުކާރުގައިބކޮންމެ 6 މަހަކުން 1000 ކުދިންނަށް ލޯނު.ދިން. މިއޮތީ ސަރުކާރެއް.

    7
    2