ހައުސިން ކޯޕަރޭޝަން (އެޗްޑީސީ) އިން އުޅެނީ ހުޅުމާލެ އަކީ އެ ކުންފުނީގެ ތަރިކަ މުދަލަކަށް ހަދައިގެން ކަމަށާއި އެއީ އެކުންފުންޏަށް ކުރެވޭނެ ކަމަކަށް ނުވާތީ އެ ކުންފުނި އުވާލުމަށް ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ގޮވާލައިފިއެވެ.

ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމެޓީގެ ބައްދަލުވުމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން އެޗްޑީސީ ނިންމާފައިވާ ކަމަށް ބުނެ އެކަން ބެލުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ އެޗްޑީސީ އުވާލުމަށްފަހު ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްރަށުގެ ބިން ބޭނުން ކުރުމުގައި އަމަލު ކުރާ އުސޫލުގެ ތެރެއަށް ފެއްތުމަށްފަހު އާ ކުންފުންޏެއް އުފައްދަން ޖެހޭ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ އެޗްޑީސީ އަކީ ރައްޔިތުންގެ މާލިއްޔާއިން އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އަދި ހުޅުމާލެ ތަރައްގީ ކުރަމުން ގެންދަނީވެސް ރައްޔިތުންގެ ފައިސާ އިން ކަމަށާއި އެހެންކަމުން ހުޅުމާލެ އަކީ އެޗްޑީސީގެ މިލްކެއް ނޫން ކަމަށެވެ.

"އެހެންވީމަ ތަރިކަ މުދަލެއްގެ ގޮތުގައި އެޗްޑީސީން ދެކިގެން ނުވާނެ. އެއީ ރައްޔިތުންގެ ކުންފުންޏެއް ބިމަކީ ރައްޔިތުންގެ ބިން. އެހެންވީމަ އެޗްޑީސީ އެބަޖެހޭ އުވާލަން މިހާރު،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭގެ އިތުރުން ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވަނީ އެޗްޑީސީން މަޖިލީހުގެ ކޮމެޓީ އަށް ފޮނުވާފައިވާ ސިޓީ އާއި މެދު ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އެޗްޑީސީން ފޮނުވި ސިޓީގައި ވަނީ އެ ކުންފުނީގެ މާލިއްޔަތާއި އެސެޓްގެ ތެރޭގައި ހުޅުމާލޭގެ ބިން ހިމެނޭ އިރު އެ ބިންތައް ފެންނަ އަގެއްގައި ވިއްކުމުގެ ބާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.

އޭނާ ވިދާޅުވީ ހުޅުމާލެ އަކީ ވެސް ގްރޭޓާ މާލެ އޭރިއާގެ ތެރޭގައި އޮންނަ ރަށަކަށްވާއިރު އެއީ އެޗްޑީސީގެ އަމިއްލަ ރަށެއްގެ ގޮތަށް އެ ކުންފުނިގެން ދެކުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ހުޅުމާލެއަކީ ވެސް ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ އެހެން ރަށްތައް ފަދައިން މާލެ ސިޓީގެ ބެލުމުގެ ދަށުގައި އޮންނަން ޖެހޭ ތަނެއް ކަމަށް ދޮންބިލެއް ފާހަގަކުރެއްވިއެވެ.

ކޮމެޓީގެ މުގައްރިރު ހުޅުމީދޫ ދާއިރާގެ މެންބަރު އިިލްޔާސް ލަބީބު ވަނީ ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ކުންފުނިތައް އުވާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެއީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގައި އިތުރު ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރެވިދާނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޒަބާދުކުޑޭ

    އިއްޒަތްތެރި ރައީސް. އެޗްޑީސީ އުވާލާފާ އެތާނގެ މަސައްކަތްތައް ކުރުން އެމްޑީޕީ ގެދަށަށް ހަމަޖައްސަވާ ދެއްވާ.

    18
  2. ފުޅު

    ތާއީދު!

    4
    2
  3. މިއަދު

    ކުންފުނިތަކާއިބެހޭޤާނޫނު ހަދަނީ ތިމަޖިލިހަކުންނޫންތަ ހަރުދަނާޤާނޫނު ހަދަންނުއެގޭނަމަ މަޖިލިސްގެ މެމްބަރުކަމުން އިސްތިޢުފާދީފަ ދަނޑުމައްޗަށްއަރާބަލަ

    13
  4. ކަހުރަބު

    ތި މަޖިލިސް އުވާލަންވީ ބޭކާރު ކުރާ ލާރިތަކެއް

    20
  5. ސަމީ

    ތީ ރަނގޅު ވާހަ ކަ އެއް ހަމަ އެގޮތަށް އެބަހޭ އެހެން ތަނެއް ވެސް އުވާލަން އެއީ ތަނެއް ދޮރެއް ނޭންގޭ ގިނަ ބަޔަ ކު ތިބި ރައްޔިތުން މަޖިލިސް އެމީހުން ވެސް ހީ ކުރަނީ މަޖިލިސް ގޮނޑި އަ ކީ އަމިއްލ ތަރި ކައޭ ހިތު ހުރި ގޮތަ ކަށް އެތާ އުޅޭ އިރު . ދެމީހަ ކު މަގުމތީ ބާރަށް ވަޔެއް ލއަސް ކުއްލި މައްސަލއެއް ގެ ގޮތުގައި އެ ކަމެއް ވައްދާ ރީންދޫ ބައެއް ތީ

    20
  6. އަލީ

    ވަރަށް ބޮޑަށް ކޮރަޕްޓް ތަނެއް އެޗް.ޑީ.ސީ އަކީ. އެކި މީހުންނަށް އެކިގޮތަށް ކުލި ކަޑައަޅާފައި އެބަހުރި.

    9
    1
  7. ހަސަނު

    ހަގީގަތުގައިވެ ސް މާލަ ސްވެއްޖެ ، ހުޅުމާލޭގައި އުޅޭ ހުރިހާ ގޭންގް ސްޓާރުންނައް ވަޒީފާދީފަ ފިންގަރ ޖަހާލާފަ އުޅެނިތަނަކު އުޅެމުން ދަނީ. މީ ހަގީގަތް ، ހުޅުމާލޭގައި ގިނަދުވަ. ސްވީ މީހުން ކައުރީގަ އަހާލީމަ އިނގިގެން ދާނެ

    9
    1
  8. މުހަންމަދު

    އުވާލަންވީ އެޗްޑީސީއެއް ނޫން.. އެތާގެ މެނޭޖުމަންޓު އުވާލަންވީ. އަދި އެތަނުން ސުހޭލު ބެރުކުރަންވީ.. އޭނާއަށް ކަމެއް ކުރެވެނީ ފިނިހަކައިގެ ސުޕީޑުގައި.. އަދި ސޯޝަލް ހައުޒިންވެސް އޭނާ ބޭނުންވަނީ ކޮމާޝަލް ކުރަން. އޭނާއަކައް ނުވިސްނޭ.. އެޗްޑީސީ އަކީ ސަރުކާރުގެ ކުންފުންޏަކައްވެފައި އެތަން އުފެއްދުމުގެ މަގުސަދުތަކުގެ ތެރޭގައި އިޖުތިމާއީ ސޯޝަލް މެންޑޭޓެއް އެކުލެވިގެންވާކަމެއް.

    10
    1
  9. ކަނބާ

    ހުޅުމާލޭގައި ޢިމާރާތްނުކޮށް ބާކީހުރި ހުރިހާ ބިމެއް ދޮންބިލެއް އަޙުމަދު ޙަލީމަށް ހިލޭ ހަދިޔާއަކަށް ދީބަލަ.

    10
  10. ކަކުއްޑާ

    ތިޔަކަމައްވަރައްތާއީދު ވަކި ސަރުކާރެއް ހިންގާބައިގަނޑެއް އެއީ އަވަހައްއުވާލާ ސިޓީކައުން ސިލް އާހަވާލު ކުރޭ.

    4
    4
  11. ެއެޑްވަޑް ބާމުންޑޭ

    ކަލޯ ތީ ކަލޯމެންގެ ސަރުކާރުތަކުން ހިއްކި ތަންތަނެއް ނޫނޭ! ކިހިނެއްވެގެން ތި ތެޅިބާލަނީ.

    12
  12. ކާނަލް ގޮނޑޭ.

    ހުޅުމާލެޔޭ، ބުރިޖޭ، ދަރުމަވަންތައޭ، އެއާރޕޯޓޭ، މިތަންތަނުގެ ވާހަނުދައްކަ އެއީ ކަލޭމެނާ ބެހޭ ތަންތަނެއް ނޫން.

    17
  13. އަހުމަދު

    ޔަގީން މަޖިލީހުގެ އެމްޑީޕީ މެންބަރުން ބިންގަންނަން ބޭނުންވާތީ އެތަން އުވާލަނީ

    18
  14. ހައްޖަ

    ހާހާހާ. ޔާމީން ސަރުކާރުގައި އެޅި ފްލެޓްތަކުން އާންމުންގެ ހިތްތަށް ފަތަހަވަމުންދާތަން ފެނުމުން ހަޖަމުނުވީ. ކަލޭމެނަށް ކަމެއްވާނެތަ. 2 އަހަރުވީއިރުވެސް ފްލެޓް ހަވާލުކުރާނީތޯ ބަލަނީ. ނޫނޭ އިބޫއަކީ ވާ ރައީސެއްގެ ކަންފުޅެއްވެސް ހުރި މީހެއް ނޫން.

    14
  15. ޢަބްދުއްލަޠީފު

    ދައުލަތް އުވާލާފަ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަށް ބަދަލު ކޮއްލަބަލަ. މާ ސަޅިވާނެ.............................................

  16. ކެނަރީދައްޖާޅޫ

    ބަކަރިކޮށި މަޖިލިސް އުވާލަންފެންނަނީ

  17. ރަދީފް ހުސެން

    ކޮވިޑުތެރޭން އެންމެން ގުޅިގެން ކުރިވައްކަމުގެ ފައިދާ އިންވެސްޓް ކުރަން އެބަޖެހެ. އެގޮތެއްކަމައް ބޮޑުންނައް ފެނުނީ ހުޅުމާލޭން ބިންވިއްކުން. ޢޭރުން އެލާރިން ބިނގަނެ ފައިދާ ދެގުނަކުރެވޭނެ ގޮތްހޯދުން. ދުވާ އަކީ ކޮޥިޑްގަ ދިމާވިގޮންޖެހުން ތަކުން ރައްޔިތުމީހާ އަރައިގަތުމައް އެކުވެރި ދައުލަތްތަކާ އެކިއެކި ޖަމިއްޔާތަކުން ދިވެހިންނައް ލުއިހޯދައިދޭން ދެއްވި ދީލަތި އެހީތަކުގެ ބޭނުން ބޮޑުން ހިސާބުތަކެއް ފެންމަތިކޮއް އެލާރިތައް އެބޮޑުންގެ ޖީބައް ބައިއަޅާ ނިންމާލިގޮތް ބޭރުގެ ޖަމިއްޔާތަކުން އިސްނަގައިގެން ތަހުގީގުކޮއް އަވަސް ވިޔަވަޅު ތަކެއް އަޅައިދިނުން. މިގައުމުގަ މިވަގުތު ހުރިހާ ބާރެއް އޮތީ އެއްވެ ގޮއްމުށު ބާރައްވެނިމިފަ.