ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލަކީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރުމުގެ ފުރުސަތު ހޯދައި އަލުން ޕީޕީއެމް ވެރިކަމަށް ގެނައުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އަށް މިރޭ ސޮއި ކުރެއްވުމަށް ފަހު ތަކުރާރުކޮށް ޖަމީލް ވިދާޅުވީ ރާއްޖެއަށް ބޭނުން ވަނީ ބިނާކުރަނިވި ފިކުރު ކަމަށާއި އެފިކުރުގެ ބާނީއަކީ ރައީސް ޔާމީން ކަމަށެވެ.
ޖަމީލް ވިދާޅުވީ ފުރިހަމަ ގޮތުގައި އަރާމު ކުރާނީ ރައީސް ޔާމީން މިނިވަން ކުރުމަށްފަހު ކަމަށެވެ.
ރާއްޖޭގެ ހާލަތު ގޯސް ކަމަށާއި އިޤުތިޞާދަށް، ވަމުންދާ ގޮތެއް ނޭނގޭކަމަށް ވިދާޅުވެ ޖަމީލް ވަނީ ރައީސް ޞާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ޞާލިހް އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭންކެއްގެ ނަން އޮޅިވަޑައިގަތުމުންނާއި ހިޔާ މަޝްރޫޢުތަކުގެ ފްލެޓްތަކުގައި ދިރިއުޅޭނެ މީހުންގެ އަދަދު އޮޅުވާލައިގެން ވިދާޅުވެފައި ވާތީ އެކަމަށް ޖަމީލް ފާޑުވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަމަށް ގެންނަން ޖެހޭ ސަބަބުތައް ހާމަކުރައްވަމުން ޖަމީލް ވިދާޅުވީ މިހާރު ރާއްޖޭގައި ހުރި މައްސަލަތަކައް ހައްލު ގެންނަން ބޭނުން ނަމަ ވެރިކަމަށް ގެންނަން ޖެހޭނީ ބިޔަ ކެރޭ ލީޑަރު ކަމަށާއި އެމީހަކީ "މީހަކު ފެންނަ ކޮންމެ ފަހަރަކު ކަރުނަނާޅާ" މީހަކަށް ވާން ޖެހޭނެ ކަމަށެވެ.
ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ވެސް ހިމެނިވަޑައިގަންނަވާ ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތަކީ އިންސާފަކުން، ހަމައަކުން ހިންގި ޝަރީޢަތެއް ނޫން ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުން ފެނިގެން ތިމަންމަ އަށް ސާފުވެއްޖެއޭ ދައުލަތުން ސާފުކޮށްދޭން މަސައްކަތް ކުރެއްވި ކޮރަޕްޝަން. އަޅުގަނޑުމެންނަށް މިއަދާއި ހަމައަށް އައިއިރު ވެސް އެވިދާޅުވާ ކޮރަޕްޝަނަކީ ކޮބައިކަން ނޭންގުނު. ސާބިތުކޮށެއް ނުދެވުނު. މިއަދު ދިވެހިރާއްޖޭގެ ރައްޔިތުން ގަބޫލު ކުރައްވަންވީ ރައީސް ޔާމީން ޖަލުގައި ބަހައްޓާފައި އެހުރީ ސިޔާސީ ހަސަދަވެރިކަމުންނޭ." ޖަމީލް ވިދާޅުވިއެވެ.
ޖަމީލްތަ މިހާރު ހައްލު ބުނެއުލެނީ
ބޮޑުވަގެއް ބޭނުމެއްނޫން ޖަމީލުމާރަގަޅޫވާނެ.
އޭ ބެލޫން. ކިހާވަރެއް ދީގެން ތަ ތިކޮމެންޓް ކުރަނީ؟ މިކޮޅު މީހަކަށް ހެދިގެން އެބަ އުޅެޔޭ.
ދެ އަނގައިން ވާހަކަދައްކާ އެނބުރޭ ވަހުތާނެއްކަހަލަ މީހެއްމީ
މަރްޙަބާ ޑރ. ޖަމީލް.
ތިޔައީ ޤައުމަށް ވަފާތެރިން. މާޒީގައި ލިބުނު ފިލާވަޅުން ބަދަލު ހިފުމުގެ ރޫޙެއްނެތި ޤައުމާއި ދީނަށް ޓަކައި ތިޔަ ކޮށްދެއްވާ އިޚްލާޞްތެރި މަސައްކަތަށްޕުޅަށް ފަށްފަށުން ޝުކްރިއްޔާ. ނަމާއި އެއްގޮތަށް ވެސް ރީތިބޭފުޅެއް. ޤައުމަށް ވަފާތެރި އެއް. ﷲގެ ރަޙްމަތްފުޅުން މިޓީމާއި ގިނަބޭފުޅުންތަކެއް ގުޅިވަޑައިގެން މިޤައުމަށް ޖެހިފައިވާ ބަލާވެރިކަން އަވަސް ގޮތަކުން ނިމިގެން ދިއުން ދުޢާޔަކީ. ރައީސް ޔާމީން އަށް މިޤައުމުގެ ހުންގާނު ޙަވާލުކޮށްގެން ނޫނީ މިޤައުމުގެ ދީނާއި މިނިވަންކަން މިނުލަފާ ޚާއިނުން ގެ ކިބައިން ސަލާމަތް ނުވާނެ. ނުބައި ވެރިކަމެއް މިކުރަނީ. ޝޭޚް އިލްޔާސް ދުޢާދެއްވިއޭ އެވިދާޅުވީ ކޮންގޮތަކަށް ބައްލަވާފަބާއޭ ހިތަށްއަރާ. ދުޢާދެއްވާފަ ހުރިވަރު ރައްޔިތުންނަށް ފެނިއްޖެ. އިރުކޮޅަކުން އިސްލާމް ދީނަށް ގޮންޖަހައި ލާދީނީ ރިޕޯޓް..ޔާﷲ ކޮވިޑް 19އާއި އެޖެންޑާ 19 ގެ ކިބައިން އަވަސް ގޮތަކުން މިޤައުމު ސަލާމަތް ކުރަށްވާނދޭވެ. ރައީސް ޔާމީން އަވަސް ގޮތަކުން މިނިވަން ކުރައްވާނދޭވެ. އާމީން
ޔާމީނު ހުއްޓައެއްނު އެ ރިޕޯޓު ނެރުނީ؟ އެކަމާއި ވެރިކަމު ހުންނަ މީހާ އާއި ގުޅުމެއް ނެތް ކަލޯ.
ޔާމީނު ހުއްޓާ ނެރުނު ރިޕޯޓަށް ބޭނުންވާ ބައިތަށް އެޑިޓްކޮށްގެން އަލުން ނެރެވުނީ މިހާރު މިއޮތް ލާދީނިއްޔަތަށް ބާރުއަލާ ވެރިކަން އައި ފަހުން
ދެން ހުއްޓާލާ. މޑޕ ލާދީނީ އެއް ނޫންކަން ދައްކަން ކިތަންމެ ވަރަކަށް އުޅުނަސް އެވާހަކަ ގަބޫލުކުރާނެ މީހަކު ދެން މިރާއްޖެއަކު ނެތް.
ރ ޔާމިންވަރެއްނެތް އައިލަވްޔޫ މޭން??
ބަލަޖަމީލާ ބިނާކުރަނިވިފިކުރު ކަމުނުގޮ ސްގެންނޫންތޯ ޔޫކޭގަ ފިލާހުރެ ޔާމީނުވެރިކަންނިމެންދެން ހަޅޭލެވީ. ޔާމީނު ޖަލުގައޮވެގެންތޯ ތަންތަންބިނާކުރީ. މިހެންވެގެންނޭ ބުނަންމިޖެހެނީ ޖަމީލުތިހުރީ ބުއްދިގޯ ސްވެފައޭ.
އެއީ ޓޯޓަލް ހައްލު؛ ކ.ނައިބް ރައީސް ޖަމީލް އަކީ ކެރޭ ޤާބިލް ބޭފުޅެއް.. ދެން ފެނިގެންދާނީ ބާރސްޕީޑްގައި ދުވެ ކާމިޔާބު ހޯދާތަން . ރާއްޖެ މުޅިން ފަނާކޮށްފި..ރައްޔިތުން ނުކުތީމަ ހައްގު ލިބޭނެ.. މާއްދާ 4 އަދި 27 ...ވެރިކަމުގެ ބާރަކީ ރައްޔިތުން....މާފުއްޓަށްގޮސް ރ.ޔާމިން ގެންނަންވީ....
ގަރަހިތައިންނަށް ވުރެއް ހަނދާން ބަލި ބުރާންތިން ސިޔާސީ ދާއިރާގަ އުޅެނީ...
ބޮނޑިބަތް ކައްކާ
ޖަމީލް ކަލޭ ގަޔައް ސީ ލާބަލަ އަމިއްލަޔައް ގޮސް އިގިރޭސި ވިލާތުގަ ހުރެގެން ޔާމީން އައް ވަގައް ގޮވާ އެވެނި ކަމެއްމިވެނިކަމެއް ޔާމީން އާއި ހިތޭ މިހާރު ތީ ތަންދޮރުދަންނަ ޖާހިލެއްތަ
މަތާއީދު މަގޭ ވޯޓް ޔާމީންއައް
ޖަމީލެ ނޫންތަ ވެރިކަންބޭނުން ވެގެންތިޢުޅެނީ... އެނބުރޭ ވަހުތާނެއްކަހަލަ މީހެއްމީ?
ސާބަހޭޖަމީލް އަވަހައްމިޚާއިނުންތައްވެރކަމުން
ދުރައްލެވޭތޯއުޅޭ.......
އެހެން މީހުންގެ ކަންތައްތަކާއި ބެހުމުގައި އަވަދިނެތި ނުވާށެވެ.ފުރަތަމަ ތިމާ ގެ ކިބައިގައި އެވެނި މިވެނި އުނި ސިފައެއް ހުރި މިންވަރު ބަލާ އެކަން އި ސްލާހް ކުރަން މަ ސައްކަތް ކުރާށެެވެ. ދޫރައްކާތެރި ކުރަން ދަ ސްކޮއްފިނަމަ އެހެން މީހުންނަށް މަލާާމާތް ކޮށް ދެކޮޅުވެރިވުމާއި ފާޑުކިޔުމާއި ޝަކުވާކުރުން ހުއްޓި ތިމާ ގެ ނިކަމެތިކަން ޤަބޫލުކުރެވޭނެއެވެ. އަދި ތިމާގެ ނިކަމެތިކަން ޤަބޫލުކުރެވޭނެއެވެ....
އެހެންކަމުން ބުނަމެވެ.
އޮތީ އެންމެ ހައްލެކެވެ. އެއީ ސިއްރާއި ފާޅުގައި ﷲ ގެ އެންގެވުން ތަކަށް ފުރިހަމަ އަށް ކިޔަމަންގަނެ އެކަލާނގެ ނަހީ ކުރެއްވި ކަންތަކުން ދުރުހެލިވެ ފުރިހަމަ ގޮތުގައި އެކަލާނގެ އަށް ތަޤްވާވެރިވުމެވެ...އުފާވެރިކަމުގެ ގޮވާންކެނޑޭނީ އޭރުންނެވެ. ވަގެއްގެ އަތްމައްޗައް ބައިއަތު ހިފައިގެން ކެނޑޭނީ ހިތާމައިގެ ގޮވާމެެވެ.
މިކަހަލަ ދެފުއްކެހެރިންނާހެދި ޔާމީން ގެ ދުވަސް ދިޔައީ. ކިތަންމެ މޮޅު ވާހަކައެއް ދެއްކިޔަސް ތީނުވާނެ ރަނގަޅު މީހަކައް. ޔާމީން އަށް މިއަދު ލިބެމުން އެދާ ހުރިހާ އަނިޔާ އެއްގެ ޒިންމާއެއް ތި ޖަމީލް ވެސް ނަގަންޖެހޭނެ
އެހެން ވެގެންތޯ ބޭރުގައި ހުންނަވައިގެން ޔާމީން ވެރިކަމުން ބާލަން ކަރުން ނާރުފުއްޕައިގެން ހަޅޭފުޅުލެއްވީ. ދަންނަވަންތޯ އަސްލު އޮތީ އެންމެ ހައްލެ. އެކަމަކު އެއީ ޔާމީނު ވެރިކަމަށް ގެނައުމެއް ނޫން. އެއީ ޖަމީލު ކަހަލަ ދެވުޅިއެއްނުވާ ދެއަނގައިން ދެފަހަރު ދެގޮތަށް ވާހަކަ ދައްކާ މީހުން ރާއްޖޭގެ ސިޔާސީ މަސްރަހުން ދުރުކުރުން. ތިކަހަލަ ޑަބަލް ޓަންގްގެ(ދެދުލުގެ) ވެރި މުނާފިގުންނަކީ ދިވެހި މުޖުތަމައު އަށް ޖެހިފައިވާ މުސީބާތެއް! ޖަމީލު ދައްކާ ވަހަކަ ޤަބޫލެއް ނުކުރެވޭ.
ﷲ ގެ ހެޔޮރަހުމަތްފުޅުން ރައީސް ޔާމީން މިނިވަންވެ 2023 ހުގައި މިގައުމަށް އުފާފާގަތިކަން އަނބުރާ އިއާދަވާނެ
ޖަމީލް މަނިކުފާނު މިހާރު މޮޔަފުޅުވެހޖެ. އެއްމެކުރިންވެސް ގުރައިދުއަށް މަނިކުފާނު ލުން ނޫންގޮތެއް ނެކަމަށް ދިވެހިރައްޔިތުންގެ މެޖޯރިޓީ ޤަބޫލުކުރަނޭ
މަރުހަބާ ޑރޖަމީލް އަޅުގަޑު މަނިކުފާނު މި ބިނާކުރަނިވިޕާޓީއާގުޅުމަކީ ކުރިންވެސް ދެކެމުންއައި ހުވަފެނެއް އެކަމައްޓަކާ އަދިވެސް އެއްފަހަރު މަރުޙަބާދަންނަވަން އަޅުގަނޑުގެ އުއްމީދަކީ ދެންތިއްބެވި ބޭފުޅުންވެސް މިބިނާކުރަނިވި ޕާޓީއާގުޅިވަޑައިގެން ނުޙައްގުން ސިޔާސީޙުކުމެއްގަޖަލައްލާފަވާ މިޤައުމުގެ މިހާރުމިދެކޭ ތަރައްޤީގެބާނީ ރައީސްޔާމީން ޖަލުންސަލާމަތްކޮއްދެއްވުމައް މަސައްކަތްކޮއްދެއްވުން
ޕީޕީއެމް ގެ ރިޔާސީ ޓިކެޓް ޑރ.ވަހީދު އަދި ރަނިންމޭޓަކަށް ޑރ.ޖަމީލު ގެންނަން މަވަރަށް ތާއީދު. ދެން ރަގަޅުވާނީ ރަޢީސް ޔާމީނު އެދެބޭފުޅުންގެ ފަހަތުގައި މަގު ދައްކަން ހުރުން. ޔާމީނަށް ދެން ރައްޔިތުންގެ އިތުބާރު ހޯދަން ވަރަށް އުދަގޫވާނެ. ވަހީދު ޖަމީލު 2023
އެހެންނާ?! ޔާމީނަށް އެވަރުގެ ދެރައެއް ނުދޭނަށް?، 2023 ގެވެސް ކެނޑިޑޭޓަކީ ރައީސް ޔާމީން،
ޕީޕީއެމްގެ ތަރައްގީގެ ވަސް ނުފެންނަ ފަސްކޮޅެއް މާލެ ސަރަހައްދުގައި ނެތޭ ޕީޕީއެމް އަކީ ރާއްޖެ އިންޑިއާގެ އަޅުވެތިކަމުން ސަލާމަތް ކުރަން 200 ބިލިއަން ޑޮލަރު އިންޑިއާގެ ޖީއެމްއާރަށް ދީފައި ނަމަވެސް ދިވެހިންގެ އެއާރޕޯރޓް ދިވެހިންނަށް ހޯދާ ދިން ހަމައެކަނި ޕާރޓީއޭ ރާއްޖޭގެ އިގްތިސާދުގެ ހިތް ކަމަށްވާ މާލެ ސަރަހައްދަކީ އެއީ ސިންގަޕޯރ އަށް ވުރެން އަގު ބޮޑު ކޮށް ބިމާއި ފަޅު ވިއްކާލެވޭ ހަމައެެކަނި ސަރަހައްދަކަށް ހެދި ހަމައެކަނި ޕާރޓީއޭ ރައްޔިތުންނަށް ޑޮލަރު ކިޔޫ ނައްތާލި ހަމައެކަނި ޕާރޓީއޭ މިހާރު ޑޮލަރެއް ވެސް ރައީސް އިބޫގެ ވެރިކަމުގައި ލިބެނީ އެއް ނޫނޭ...
ތިޔަކަން ހަނދާންނެތުނީތޯ ނުވަތަ ވޯޓުންފޭރިގަތީތޯ؟ ކެތްނުވީ ދަރުމަވަންތަހޮ ސްޕިޓާކޮޅަށްޖަހާލިތަންފެނިފަ 380ގެ ބޮޑެތިބޯޓުފަހަރުތިރިކޮށްލެވޭވަރުކޮށްލީމަ ރަންވޭގެފެންވަރުބަލަން އޮޅިގެނޭބުނެޖެއް ސީމަ ދެފަޔަށްހިނިއެރީ ހިންދިރުވަންއުދަގޫވީ މިޤައުމުގެޣައްދާރުން ލުހެލީބޯކޮށްއަޑިންނާމަތިންބަހާލީ އަދިބެލޭނެދުވަހެއްﷲ ދައްކަވާނެ! ޢުންމީދަކީ ޣައްދާރުންފަލީހަތްވާތަންފެނުން
އެހެން ކިޔާފަ 2023 ވަނަ އަހަރު ޔާމީނު ވެރިކަމަށް ގެނަސްފަ ޔާމީނު ކަންކުރައްވާގޮތުން ކަމުނުދިޔާމަ މީނާ އަނެއްކާވެސް ބުއްޅަ ޕާރޓީ އަށް ސޮއިކުރާނެކަން %100 ޔަގީން ، ބުރުމާ ގާސިމްވެސް އެތައް ފަހަރަކު ޕީޕީއެމަށް ސޮއިކޮށް ޔާމީނަށް ގުނބޯ ހެދި ވިއްޔާ ، ވަގު އަދީބު ޔާމީނަށް ދިން ކަހަލަ ލަނޑެއް ޖަމީލު ނުދެއްވާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރަށްވަން އަދި ޕީޕިއެމުން ކުރާ ކަންތައް އެމްޑީޕީއަށް ކިޔާދީ ޕީޕިއެމްގެ ޕީީއެންސީގެ ކަންތައްތަކަށް ޖަމީލު ފާރަނުލާނެކަމަށް ކަމަށްވެސް ހީފުޅުކުރައްވަން.. ޖަމީލު އަޑީގަ ހުރެގެން ޔާމީން ވެރިކަމަށް ގެނެސް ދެރައެއް ދޭން އުޅެންޏާ ހަމަމިހާރު ޕީޕިއެމުން ވަކިވެ ގެއަށް ވަޑައިގަންނަވާ ނޫނީ ޔާމީނާއެއްކޮށް ތި ސާބިތު ކަންމަތީގަ އަބަދަށް ދެމިހުރުމަށް ދަންނަވަން..
ވަރަށް ސަލާމް...
މަރުޙަބާ ޑރ. ޖަމީލް?
ރާއްޖޭގެ އިގުތިސޯދެއްނޫން މިވަގުތު ދުނިޔެއާ ހުޅަގުޔޫރަފުގެ ބޮޑެތި އިގުިތިސޯތައް ވަނީ ހީނަރުވެފަ! ޔަމީނު އިގުތިސޯދު ރަޅުކުރަންކުރި ކަމެއް ބުނެބަލަ! މިގައުގަ މިހާރުވެސް ޔާމީނު ހުއިރުވެސް ހިންގީ ކުރީގެ އެމްޑީޕީ ސަކަރުން ތާރަކުރި މާލީނިޒާމު! ޖާމީނައް ކޮއްދެވޭނެ ކަމަކީ އެމަނިކުފާނު ސަރޫކާރުން ވަގަންގި ފައިސާތައް ލީތަނެއް ބުނުން
ކަލޯ. ޓިކަހަމަ ޖާހިލު މީހުންގެ ލޮލަށް މީހަކު ކުރާ ރަނގަޅުކަމެއް ނިފެންނާނެ ތަނގަޅުމަގެއްވެސް ނުފެންނާނެ...ކަލެއަށް އިޤުތިޞާދު އެއީ ކޯއްޗެއްކަން އެނގޭތަ...؟
ހިނދުކޮޅުގަ އުޅޭ ރީނދޫ ބޯޓެއް މީ. ގައުމީ ރިޒާވް އިތުރު ކުރީ ރީނދޫ ސަރުކާރު ގައުމު ވައްޓާލި އަނދަވަޅުން ނެގީ. މި ދައްކަނީ ހުޅު ބޮސް ދަމުން ހަދިޔާކުރި ޑެފިސިޓްގެ ވާހަކަ. ބިޔަ ބޮޑު އެތައް މަޝްރޫޢެއް ހިނގީ. އެތައް ރަށެއްގެ ފެނާ ނަރުދަމާ އަދި ބަނދަރު. ބްރިޖް،އިންޑަސްޓްރިއަލް ވިލެޖް ދަރުމަވަންތަ ހޮސްޕިޓަލް ރަސްފަންނު. ނުވީ ތާކަށް އެތައް އެއާޕޯޓެއް އާ ރަންވޭ. އަދިވެސް ކީދާނެ. ރީނދޫ ސަރުކާރު އައިސް ދިޔައިރު ފައްކާ ކުރެވުނީ ރީނދޫ ބޮޓުންގެ އަނގަ.
ކަލޭމެން ދިރުވާލި ބިލިޔަނުން ބިލިޔަން ނުވޭދޯ ވައްކަމަކަށް. ކޮބައިހޭ ރިޒާވުން މަދުވި 700 މިލިޔަން ޑޮލަރު. އަން ކިޔާފަ ކާލެވުނީތަ؟
މިގައުމުގެ ރައްޔިތުން ވަނީ ނުބައިމީހަކަށް ވޯޓްދީ އެތަށް އަހަރެއްގެ ކުރިއެރުމާ ތަރައްގީ ފަހަތަށް ސޮއްސާލާފަ. ޠާމީންފަދަ ކެރޭ ނަތީޖާ ނެރެދެއްވި ލީޑަރެއް ދޫކޮށްލުމަކީ އެޅި ޅައެއްޗެއް. މިއަދު މިދަނީ ހިތިރަހަލަމުން.
މޮޔަމީހުން ބަލަހައްޓާ ތަނެއް ހުންނާނެ، މީނަޔަށް އަދިވެސް ޖާގަ ނުލިބެނީތަ ؟ އަވަސް ކުރަންފެނޭ މީނަގެ ބުއްދި އެއްކޮށް ފިލައިގެން ނުދަނީސް.
ރ ޔާމީން ޖަލަށްލާފައިވަނީ ސ ސީދާ އައްނިގެ ނުފޫޒާއި ބާރު
ބޭނުންކޮށްގެން ހަމައެކަނި އޭނާގެ ވެރިކަމުގެ ބިންގާތައް
ވަރުގަދަކުރުމުގެ ބޭނުމުގައެވެ އެހެން ނަމަވެ ސް އެކަން
އެގޮތަށް ވިއަނުދިނުމަށް 2023 ގެ ރިޔާސސ ސީ އިންތިޚާބު މިއަންނަނީ ބޯމަތިވަމުންނެވެ އެ ސާހިތަކު ކަންކަން އެކޮޅުކޮޅުން ޖެހި ތިމާކަސ ސްތަޅު އެޅޭދުވަ ސ ސް އޮތީ ދާދި ގާތުގައެވެ.
ރައްޔިތުން ނުކުމެ ރ ޔާމީން މިނިވަންކޮށް ރާއްޖޭ
އިގްތި ސާދު ބިނާކުރުމުގައި އެމަނިކުފާނު ބައިވެރި ކުރަން ޖެހެއެވެ އެހެން ނޫންނަމަ ރާއްޖެ ދެން އަތެއްނުވާނެއެވެ.
ޖަމީލު ކަލޭތީ ލަދެއް ހަޔަާތެއް ހުރި މީހެއްވެސް ނޫންދޯ
ރައީސް ޔާމިނު ކީއްވެހޭ ހިޔާ ފްލެޓުތައް ހަވާލު ނުކުރީ 5 އަހަރު ލިބުނުއިރުވެސް ؟؟؟؟؟؟؟ ތިތާނެއް ރަނގަޅު އެކަކުވެސް. އަމިއްލައެދުންވެރިކަމުން ފުރިފަ
އެބުނާހެން އޭރުންތާ ޖަމީލަށް ގޮޅިއަށް ދެވޭނީ ކުރިންވެސް ގެންދިޔަ ގޮތަށް
އެބަ ކަމުދޭ. ދެރައީ ޖަމީލްސާހަބްގެ ބޮލަށްވެސް ބައެއް ބާރުވެރިން ސަވާރުވާކަން. މި ފުރުސަތު ނުދެއްވައި އެއް އުއްމީދެއްގައި ކުރިއަށްވަޑައިގަންވާނޭ ޝަޚުސެއް ތިބާއީ.