ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ނުވަ މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

މިއާއެކު މިހާރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1848 އަށް އަރާފައެެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2277 އަށް އަރާފައެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 428 މީހަކަށެވެ. މީގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

މާލެ އިން އޭޕްރީލް 15 ވަނަ ދުވަހު ކޮވިޑް-19 ފެނުމުން ފުރަބަންދު ކޮށްފައި އޮންނަތާ ދެމަސް ދުވަސް ފަހުން މިމަހުގެ 15 ވަނަ ދުވަހު މާލޭގެ ފުރަބަންދަށް ވަނީ ލުއިތައް ދީފައެވެ. ފުރަބަންދަށް ދިން ލުއިތަކުގެ ސަބަބުން މާލޭގެ މަގުތައް ތޮއްޖެހެމުން ދިޔަ ނަމަވެސް އަދި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން އަންނަ ކަމަކަށް ފާހަގަ އެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު