އެމްއެމްޕީއާރްސީ ފައިސާ ލިބުނު ފަސް ފުލުހެއްގެ ތަޙްޤީޤު ފަށައިފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލަ އާއި ގުޅިގެން ހިންގަމުންދާ ތަޙްޤީޤުގައި އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ފާހަގަ ކުރެވިފައިވާ ފުލުހުންގެ ވަޒީފާގައި މިވަގުތު ތިބި ފަސް މުވައްޒަފެއްގެ ޖިނާއީ އަދި އިދާރީ ތަޙްޤީޤެއް ހިނގަމުންގެންދާ ކަމަށެވެ.

ތަޙްޤީޤު ކުރަމުން ގެންދާތީ ފަސް ފުލުހުން ވެސް ތިބީ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ ފަސް ފުލުހަކު މަސްއޫލިއްޔަތުން ދުރުކުރުމަށް ފަހު، އެފުލުހުންގެ މައްސަލަތައް ބަލަން ފަށާފައި މިވަނީ އެމްއެމްޕީއާރްސީ މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ސްޕީޑް ލަސްކަމުން ވަރަށް ބޮޑަށް ފުލުހުންނާއި އަދި ސަރުކާރަށް ވެސް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އެމްއެމްޕީއާރްސީ މައްސަލައިގެ ތަޙްޤީޤު ލަސްވާތީ އެކަމަށް ފާޑުކިޔަމުންދާ ފަރާތްތަކުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނެއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ބިލިއަނެއްގައި ރުފިޔާ ވަނީ އެކި ފަރާތްތަކަށް ބަހާލާފައެވެ. އެކަމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ޔާމީންގެ ސަރުކާރުގައި ޓްއަރިޒަމް މިނިސްޓަރު ކަމާއި ނައިބު ރައީސް ކަން ކުރެއްވި އަހްމަދު އަދީބާއި، އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު އެވެ. ނަމަވެސް އަދީބާއި ޒިޔަތު މިހާރު ތިއްބަވަނީ ގޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަހުމަދު

    މިވެރިން ހިތްހަމަ ނުޖެހޭނަމަ އެމް އެމް ޕީ އާރުސީގެ މައްސަލައޭ ކިޔައިފަ ތަހުޤީގު ކުރަން ފަށައިފާނެ އަލްހާނުމެން އަތުން ނެގިކަލަ ލޯނެއް މީހަކުނެގިއަސް،

    38
    4
  2. ބޯހަލާކު

    ކޮބާތޯ އަދީބް، ޒިއަތު.އެމްޑީޕީ މެމްބަރުން...އެއްމެފުރަތަމަވެސް ފުލުހުން ދެއްތޯ..

    46
    2
  3. Anonymous

    މިއީ ކޮން ޑްރާނާއެއް؟ 1 ފެބްރުއަެީ އަމުރާގުޅުން ހުރި މީހުން ެައްޔިތުން ހަނދާން އެބަހުރި. ތިހެން ޑްރާމާ ކުޅުނަސްވާނީ ފްލޮޕް.

    46
  4. Anonymous

    އެމްއެމްޕީއާރސީގެ ޚިޔާނާތް ފައިސާ ލިބުނީ ހަމައެކަނި މި 5ފުލުހުނަށްތޯ؟؟ ކޮބައިތަ ރ.އިބްރާހިމް މުޙައްމަދުޞާލިޙު ބޭނުންކުރި 35މިލިޔަން ޑޮލަރާއިބެހޭ ތަހުގީގު،؟؟އެމަނިކުފާނު ފައިސާދަބަސް ގެންދިޔަވީޑިއޯ ރައްޔިތުންނަށް ފެނިގެންދިޔަ އަދި އަދީބު އަމިއްލައަށް މީޑިއާއަށް އޮޅުންފިލުވާދިން، އަދި ފާއިތުވި ދައުރުގެ ރައްޔިތުންގެ މަޖިލިސްގެ ގިނަ މެމްބަރުންނާއި ފެބްރުއަރީ 1ގައި ސުޕްރިމް ކޯޓުން އަމުރު ނެރި ފަނޑިޔާރުންނަށް އަދީބުދިން ރިޝްވަތު ފައިސާގެ ވާހަކަ ކޮބައިތޯ؟؟އެ ފަނޑިޔާރުން ޖަލުން ނެރޭން އެންގި ގައިދީންގެ ލިޝްޓްގައި އަދީބު ހިމެނާފައިވަނީ ހަމަ އެއްވެސް ސަބަބެއް ނެތިތޯ؟؟އަދީބުއާއި ޒިޔަތު ގޭގައި އަރާމުކުރަން ބަހައްޓާފައި ހަމައެކަނި ރ.ޔާމީނު ޖަލުގޮޅީގައި ބަހައްޓާފައި އިންސާފުވެރިގޮތަކަށް ތިޔަތަހުގީގު ކުރިއަށް ގެންދެވޭނެކަމަކަށް ނުބެލެވޭ!!!

    31
    3
  5. Anonymous

    އެމްއެމްޕީއާރްސީ މައްސަލަ ތަޙްޤީޤުކޮށް ހިޔާނާތްތެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ރައީސް ޞާލިހްގެ އެންމެ މުހިއްމު އެއް ވައުދެވެ. އެއީ އޭރުއެރިފޯރީގަ އޮޅިގެންބުނެވުނުއެއްޗެއް ފައިސާލިބުނުލެއްބޯކަމުން އަހަރެންނައް ތަންދޮރުނޭންގުނީމަ އެހެންބުނެވުނީ އެއީއަހަރެން ހެޔޮނިޔަތުގަ ކުރިކަމެއް އަހަންނައްއެފައިސާ ހަލާލްވާނެ ސަބަބަކީ އެފައިސާ މަށަށްދިން އަދީބު ޖަލުން ސަލާމަތްކޮށްދޭނެކަމަށް ވީވައުދު ފުއްދައިދީފިންވިއްޔާ

    25
    2
  6. Anonymous

    އެމްއެމްޕީއާރްސީ ޚިޔާނާތު ފައިސާގެ ތަޙުގީގު އިންސާފަށް ކުރެވި އިންސާފުވެރި ޝަރީޢަތެއް ހިންގައިފިއްޔާ އެއްމެފުރަތަމައަށް ޖަލުގޮޅިއަށް ވަންނަންޖެހޭނެ އެއްބޭފުޅާކީ ރ.އިބޫސާލިހު އެވެ. އެމްއެމްޕީއާރްސީ މޮރަޕްޝަން ތަޙްޤީޤުކޮށް ހިޔާނާތްތެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ރައީސް ޞާލިހްގެ އެންމެ މުހިއްމު އެއް ވައުދެއްކަމަށް ވިދާޅުވެފައިވިޔަސް އެޝަރީޢަތް ކުރިއަށް ގެންދާން ފަސްޖައްސަޖައްސާހުރީ ސަބަބެއް ނެތިއެއްނޫންކްން މުޅި ގައުމަށް އެނގެއެވެ، އެކަމުގައި ޝާމިލުވާ ހުރިހާމީހުންނަށްނަށް ތަޙުގީގުނުހިންގާ ހަމައެކަނި އެއްމެ 5ފުލުހުންނާއި ކުޅެމުންދަނީ ﷲގެ ކޯފާއަށް ބިރުވެތިނުވޭތޯ؟؟؟

    21
    3
  7. އަހުމަދު އަލީ

    މި ސަރުކާރު ޕޮލިހުންނާ ޖައްސާލައިގެން އެ އުޅެނީ ކީއްވެ! ތެދުވެރިކަމާ އިންސާފަށް ލޯބި ނުކުރެވޭތީވާގޮތްވީ!

    24
    3
  8. އެކްޓަރ

    ބަދަލަކަށް ގެނައިވެރިކަން ޒަހަރަކަށް ވެއްޖެޔޭ..
    ކުރަން ބުނިހާ ކަންކަން ނަމުންފެށި ކަމެއްނެތި މުޅި ޤައުމު ދަވާލީ..
    އާއިލީ ވެރިކަމޭ ކިޔާ ގޮވިހާ ގޮވިލި ބިލާހަކަށްވެ މުޅި އާއިލީ ވެރިކަމަކަށް ވެއްޖޭ..
    ވަގޭ ގޮވާ ނެށިހާ ނެށުންތައް މާވަގަށްވެ ނިމިއްޖޭ..
    މިއީ ޑިމޮކްރެސީ ނަމުގައި ރާއްޖޭގެ ދީނާއި ޤައުމިއްޔަތާއި، މިނިވަންކަން ފުނޑާލާ ޖައްބާރު ޖާހިލީ ޚޮދުމުޚުތާރު ވައްކަން ކުރާ ވެރިކަމެއް.. ރައްޔިތުންނޭ ސަލާމަތަށް މާއްދާ 4 އަދި 27 ގެ ބާރުވެރިކަން ޚިޔާރު ކޮށް ތަންފީޒު ކުރުމަށް ނުކުމޭ..ނައްގަޅޭ ކިޔާ ގޮވިޔަސް މަސައްކަތެއްކޮށްގެން ލައްގާނީ....

    24
    2
  9. ސަކަރާތޭ

    މީބާ ސީޕީބުނި ތަޙްޤީޤުގާ އަތްނުލެވޭނެމީހަކު ނުހުންނާނެކަމައްބުނި މީހުންނަކީ އެކަމަކު މީގެމުގޫ ބަހައްޓާފާ އެހެންމީހުންފަހާދުވެ ހައްޔަރުކުރީމާ އެއީ އިންސާފުވެރިތަޙްގީގަކައްވާނެކމައްހީކުރީތަ

    12
  10. ހުސެން

    ޙަމީދުކައިރިބުނެލަންއޮތީ ބޭޙާއިނުކުޅޭތިބަޑި ނޭގިހުއްޓާއަނދާދާނޭ އޭމަކޮޔާފިހިދާނޭ

    13
    1
  11. ޑައެލޯގް

    ތިވާނީ ސަރުކާރުގެ އުދަގުލާހެދި އިދިކޮޅުބަހެއް ބުނެވުނު ފުލުންނަށްކަމަށެވެ. ދެން އެމީހުން ކަޑާލާނެ ގޮތެއްހޯދަނީއެވެ. އެހެންނޫނީ ކޮންކަމެއް ސަރުކާރަށް ތާއިދުކުރާ މީހެއްވިއްޔާ ވަރިހަމަ އެމްޕީއާރުސީގެ ފައިސާނެތްގަސް. ބަލަ މަޚުލޫފާއި އަކްރަމް ކަމާލުއްދީން ނުގެންދޭދޯ

    13
    • ާަސާބަސް

      އެއީ އަނެއްކާ ވެސް "އުތެމަ" ގެ މައްސަލަ ފެންމަތި ވެގެން އުޅޭތީ އެ ވާހަކަ އޮއްބާ ލެ ވޭތޯ އެމްޑީއެން ފަހަރު އަ ވަސް އަރު ވާލާފަ ޔާމީން އަށް ހުކުމް އިއް ވީ، ތިޔާ ގޮތަށް އަދި ދައު ވާ އެއް ފެށިޔަސް ރައްޔިތުން މައިތިރި އެއް ނުކުރެ ވޭނެ އިނގޭ. އެ 2 ޖަމިއްޔާ އު ވާލާ އެބައިމީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮ ވާލަން

  12. ޖަޒީރާމަނިކު

    އެކަމުގައި އެންމެއިސްކޮށް ހުންނެވީ ރައީސްޔާމީނުގެ ސަރުކާރުގައި ޓްއަރިޒަމް މިނިސްޓަރު ކަމާއި ނައިބުރައީސް ކަންކުރެއްވި އަހްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ އޭރުގެ މަނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު އެވެ. ނަމަވެސް އަދީބާއި ޒިޔަތު މިހާރު ތިއްބަވަނީ މިސަރުކާރުން އެކަމުން ބަރީއަ ކުރައްވާފައެވެ.

  13. ނިޒާމު

    މި އަނެއްކާ ކންފަދަ ޑްރާމާއެއްބާ ބަލަންތިބޭތި ... ވާސަރި ވާ

  14. ހުސްބޭކާރު ވަގުތު.

    ހުރިހާ ކަމެއްކޮށްނިމޭއިރު ސާބިތުކުރެވޭވަރައް ހެކިނެތިގެން ދޫކޮށްލާތި...