މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން މީގެ އިރުކޮޅެއް ކުރިން ނެރުނު ސަމާލުގައި ބުނެފައި ވަނީ ހއ. އަތޮޅުން ފެށިގެން މ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށެވެ.

އެގޮތުން މި ސަރަހައްދުތުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، އަދި ގުގުރުންވެސް އެކަށީގެންވާ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން، އާއްމު ވައި އުޅޭނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ބުނެފައި ވެއެވެ.

އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި ރީނދޫ ސަމާލުގެ މުއްދަތު ހަަމަވާނީ މިރޭ 12:00 އަށެވެ.

މީގެ ކުރިން މެޓް އޮފީހުން ވަނީ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.

ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުގަދަވާނެ ލަފާކޮށްފައިވާތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ ދަތުރު ކުރުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.