ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު އަލުން ޕީޕީއެމްއާ ގުޅިވަޑައިގަތުމަކީ "ކައިވެނި ރުޖޫއަކޮށްލުމެއް" ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

ޑރ.ޖަމީލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގެ ފުރަތަމަ ނައިބް ރައީސްއެެވެ.

މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، ޑރ. ޖަމީލް އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގަތުމަކީ ކައިވެނި ރުޖޫއަ ކޮށްލުން ކަމަށެވެ. ޖަމީލަކީ ކުރިންވެސް ޕީޕީއެމްގައި ވަރަށް ބުރަކޮށް މަސައްކަތް ކުރި ފަރާތެއް ކަމަށާއި، ދުވަސްކޮޅަކު ޕާޓީއާ ދުރުގައި ހުންނެވުމަށްފަހު އެނބުރި ވަޑައިގެންނެވީ މި ނޫން ތަނެއްގައި މަސައްކަތް ކުރަން ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާތީ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"އެ ފިކުރުގެ މަތީގައި މަސައްކަތް ކުރެއްވުމުގެ ވިސްނުންފުޅުގެ މަތީގައި އަނެއްކާވެސް އެނބުރި ޕީޕީއެމްގެ ފިކުރުގައި މަސައްކަތް ކުރަން ޕީޕީއެމްއާ ގުޅިވަޑައިގަތީ" އަދުރޭ ވިދާޅުވިއެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކޮށް ރައީސް ޔާމީނާއި ޖަމީލް އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ. ނަމަވެސް ފަހުން ރައީސް ޔާމީނާއި ޚިޔާލު ތަފާތުވުން އުފެދި 2015 ވަނަ އަހަރު ޖަމީލް ނައިބު ރައީސް ކަމުން ދުރުކުރިއެވެ.

އޭގެ ފަހުން ޑރ. ޖަމީލް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ރައީސް ޔާމީނާއި ދެކޮޅަށް ހިންގި ސިޔާސީ އެކި ހަރާކަތްތަކުގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެ ފަހުން އޭނާ ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލީސް އިންތިހާބުގައިވެސް ވާދަކުރައްވާފައެވެ.

އެ އިންތިހާބަށްފަހު، ދެން ޖަމީލް ގެންދަވަނީ އޭނާގެ ވެސް ބައިވެރިވުމާއި އެކު ގެނައި ރައީސް ޞާލިހްގެ ސަރުކާރަށް ވަރަށް ފާޅުގައި ފާޑުވިދާޅުވަން ފައްޓަވާފައެވެ. ޖަމީލް ގެންދަވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައިވެސް މަސައްކަތް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދާރި

    ޢެއްކަލަ ޕްރާޑާ އައިނުވެ ސް ދެންރުޖޫއަކޮއްދެއްވާ.

    2
    3
  2. ސައީދު

    އަދުރޭގެ ކަމެއްތޯ؟ އަދުރޭ މިހާރު ................ ހީވަނީ

    4
    2
  3. އާދަމް

    ދުލަކީ މީހާގެ ހިތުގެ ރަހަ ލައްވައިދޭ އެތި....އަދުރޭގެ ހިތުގެ މަޤާމް ގިނަ ދިވެހިންނަށް އޭނާ ދުނިދަނޑީގައި ރުވައި ދޫކޮއްލާ ތީރުން އެނގޭ....
    އެހެންވެގެންނޭ ހު ސައިން ސަލާހުއްދީން ބުނުއްވާފައި ވަނީ ޖާހިލުކަމަކީ ބަަނބުކޭލު ކަރުގަނޑުން ދުޅަބައްޔައް ވެ ސް ބޭ ސްކުރާން ޖެހޭ ކަމެކޭ......

    2
    2
  4. މޮޔަސޮރު

    ތިރުޖޫއަވީ އަންބޮނޑި

    3
    2
  5. އަލީ

    އެތްތާކުވެސް ޢެނަޔަކަށް ނުއުޅެވޭނެ އަބަދުޖެހޭނީ ކައިވެނި ރުޖޫއަކުރަން. ތިމާއަށް ތިމާފެނުނީމަ ވާގޮތް

  6. ތިނަދޫ މުޙައްމަދު އަލީ

    ދެން ހަމަ ޕީރިއެޑް ވާއިރަށް ވަރިކޮށްލާފައި އެއްލާލާނީ އެއްނޫން. ކުރީފަހަރު ކަންތައް ކުރިގޮތަށް.

  7. ވގ ޔނ

    ވެރިކަމު ގެ ދަހިވެތި ކަމުގަ ކޮން ކައިވެންޏެއް ތިތިބީވެރިކަމުގެ ޖާހާ އިއްޒަތާ ބޭނުންޥެގެން އެއްފަހަރު ޔާނުއައް ދުލައް އައިހާ އެތިވަރެއް ގޮވާފަ ތިމީހުން އުނު އޮރިޔާން ނިވާކުރަނީ ލަދަކުން ނޫނޭވެ ސަރުކާރުން އަދަބްދީފާނެތީ ތިޖަމީލް މެން ލަދުހަޔާތުގެ ކަންފުޅެއްވެސްނެތް ލަދުގަނޭ ޕީ އެޗް ޑީ ކިޔާތީވެ އެއީ ޕާމަނަންޓް. ހެޑް ޑެމޭޖް ދޯ

  8. ޝަމް

    ސިޔާސީ ކުދިން ކޮޅު އުޅުއްވާ ގޮތް ކޮޅު ?‍♀️?‍♀️

  9. ބަރުގޮނު

    ކާވެނި ރުޖޫޢަ ކުރުމޭ ބުނުމަށްވުރެ ފަށްކެޑިއްޔޭ ބުނިނަމަ ކަމާ ނަމާ މާ ގުޅޭނެ. މިކަން ފާހަގަ ކުރަނީ ބޮޑިބަތްގަޑަކުންބާ... ނޫނީ ބޯޅަފުށްގަޑެއް މޮޑެގެންބާ..