އުންސޫރީ ތަފާތު ކުރުމާއި އެކަކު އަނެކެއްގެ މައްޗަށް ގަދަވެގަތުމަކީ ޖާހިލީ އާދައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

އިންސާނުން އެކަކު އަނެކެއްގެ އުނި ސިފަތައް ހޯދައި، އެކަކު އަނެއްގެ ދެމެދުގައި ތަފާތުކުރުން ގެންގުޅުމަކީ މިހާރު ތައުލީމީ ގޮތުންނާއި އެހެން ގޮތްގޮތުންވެސް ކުރިއަރައިފައިވާ ދުނިޔޭގައި ވަރަށް އާންމު ކަމަކަށް ވަނީ ވެފައެވެ.

ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުތުބާގައި ވަނީ، އިންސާނުންނަކީ އިންސާނީ ވަންތަކަމުގެ އެއް މަގާމާއި، އެއް ދަރަޖަތަކެއް އަދި އެއް ހައިސިއްޔަތެއް ލިބިގެންވާ ބައެއްކަން ފާހަގަ ކޮށްފައެވެ. އަދި އިންސާނީވަންތަކަމުގެ ސިފަތަކާއި އިހްސާސްތަކަށް ބަލާއިރުވެސް އިންސާނުންނަކީ ހަމަހަމަ ބައެއް ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

މުޖްތަމައުގެ އަޝްރާފުން ކުށެއް ކުރާ ހިނދު އެމީހުންނަށް އަދަބުނުދީ އާދައިގެ މީހަކު ކުށެއްކުރާ ހިނދު އަދަބު ދިނުމަކީވެސް އެއީ ޖާހިލިއްޔަތުގެ ސިފައެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެއީ ބަނީ އިސްރާއީލުން ހަލާކުވުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބު ކަމަށްވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

އިންސާނަކަށް ވީތީ ދޭންޖެހޭ މަގާމާއި އިހްތިރާމާއި ރަހުމާއި ހަމްދަރުދީ އާއި އަލައިލުން ދިނުމުގައި އެކަކު އަނެކެއްގެ މެދުގައި އެއްވެސް ތަފާތެއް ނުވާ ކަމަށާއި ނަސްލާއި ގައުމާއި ގާބިލާ އަދި އާއިލާ އަކީ އިންސާނީ ތިލަފަތުގެ ކުރިމަތީގައި އެއްވެސް އެއްޗެއް ނޫން ކަމަށް ވަނީ ހުތުބާގައިވެއެވެ.

އަދި ކުލަ އާއި ޖިންސާއި ބުރުސޫރަ އަކީ އިންސާނުންގެ މެދުގައި ތަފާތުކޮށްގެންވާނެ އެއްޗެއް ނޫންކަމަށް ވެސް ހުތުބާގައި ވެއެވެ.

މިކަމާ ގުޅިގެން މާތް ﷲ އެންމެހާ އިންސާނުންނާއި މުހާތަބުކުރައްވައި ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ:

"އޭ މީސްތަކުންނޭވެ! ތިމަން ރަސްކަލާންގެ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. އެބަހީ: އާދަމްގެފާނާއި ހައްވާގެފާނުގެ ކިބައިންނެވެ. އަދި ތިމަން ރަސްކަލާންގެ ތިޔަބައިމީހުން ތަފާތު ގާބިލާތަކަށާއި ގައުމުތަކަށް ލެއްވީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތައާރަފްވުމަށްޓަކައެވެ" ހުތުބާގައިވެއވެެ.

ހުތުބާގައި ވަނީ އިންސާނުން އެކި ކުލަތަކާއި އެކި ނަސްލުތަކުގެ މައްޗަށް އަދި އެކި ބަހުރުވަތަކުގެ މައްޗަށް ލައްވާފައި ވަނީ މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ތެރެއިން އާޔަތެއްގެ ގޮތުގައި ކަމަށެެވެ.

އިންސާނީ ވަންތަކަން މުޖްތަމައުގެ ތެރެއިންގެ ގެއްލިގެން ދަނީ ޖާހިލު ސިފަތައް ވެރިވުމުން ކަމަށާއި މުޖްތަމައެއްގައި އިންސާނިއްޔަތުގެ އަހުލާގާއި ހަމަތައް ނެތިގެން ގޮސްޕި ނަމަ ޖާހިލިއްޔަ އުފަންވެ އާލާވާނެ ކަމަށް ހުތުބާގައި ވަނީ އިންޒާރުދީފައެވެ. އިސްލާމް ދީން އައީ ޖާހިލިއްޔަތުގެ ނަހަމަކަމުން އިންސާނިއްޔަތު ސަލާމަތް ކޮށްދިނުމަށް ކަމަށް ހުތުބާގައި ވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ތެދު

    ﷲ އާއި ރަސޫލާއަށް ފުރައްސާރަކުރާމީހުން އަދަބުނުދީ މަދީނައިން ކިޔަވަގެންއައިސް ބަހެއްވެސްނުބުނެ ތިބުމާކީ...!؟ ވައިޔާޒްބިﷲ..
    އަދިވެސް ރައްޔިތުން ގުނގޯހެއްދޭތޯ...!!!؟

    13
    2
  2. ކޮބާކަލޭ

    މިފަހުގެ ތާރީހެއްގައި އުފެދުނު ޖާހިލުވަންތަކަން އރންމެބޮޑު ސރުކާރަކީ މިސަރުކާރު މިސާލަކަެްފުދޭ ކޮބާތަ ހޯރަ؟؟؟

    21
    1
  3. ތި ކިޔާ ކަންތައްތައް ފުރިހަމަ ކުރަންޏާ ޖެހޭނީ ކޮންމެ ފަރުދަކު އަމިއްލަ ފަރުދީޒިންމާ ހެޔޮގޮތުގައި އުފުލައިގެން އިޚްލާސްތެރި ހެޔޮލަފާ މުރުއްވަތްތެރި ފިރިހެންދަރިން އުފަންކުރަން ބިރުފަހަނަ އަޅާ ގޮސް ހެއްދެވި ހާ ނުބައި ކަމެއް ކޮށް އިންސާނުންގެ ދަރަޖައިން ނެއްޓި ވަލުޖަނަވާރުން ގެ އުސޫލުން އުޅެންފެށީމަ އެއަށް މިކިޔަނިީ ''ބިރަކާ ނުލާ މަޖާ ކުރުން '' އެއީ މޮޓޯ ކަމަށްވާނަމަ ބިމުގައި ﷲ މާތް ކުރެއްވި އިންސާނާ އަށް އެދެވޭ މިސްރާބާ ދޭތެރޭ ވިސްނާ ލަން ޖެހޭ

    17
  4. އިސްމާޢީލް

    މައްސަލަޔަކީ ޚުތުބާގައި ކިތަންމެ ޢިބްރަތްތެރި ޢިލްމީ ނަސޭހަތެއް ދިނަސް ގިނަ ބަޔަކު އެކަން ހަނދާން ނުހުންނަކަން......... ﷲ އަޅަމެންނީ ހެޔޮބަސް އަހާ އެ ޤަބޫލުކޮށް އެޔާ އެއްގޮތައް ޢަމަލުކުރާ ބަޔަކުކަމުގައި ލައްވާށި.. އާމީން

    20
    1
    • އޯޔޭ

      އާމީން

      9
      1
  5. ހާލތު

    މިމިޤަވްމުގެ ޙާލަތު ޒިންމާނަގާނެމީހަކުނެތް ކަންދަނީކައްޗައް

  6. ަފައިނު

    މި ސަރުކާރުގެ ހަގީހަތަކީތީ

    12
  7. ސޭޓް

    ގާސިމް މެން ސްޓަރފުންނާއި ދޭތެރޭ އަމަލުކުރާގޮތްދޯ. ތިމާމީހާ މީހަކަށް ހެދުމުގައި ސްޓަރފުންނަކީ ވަރަށް މުހިއްމުބައެއް، ގާސިމް ގާނޫނުހަދާމަޖުލިސްގައި އިދެެ ގާނޫނާ ހިލާފު ވުމުން ވެސް ފިޔަ ވަޅެއްނޭޅޭ. އެކަމަކު އެއްމެދު ވަހަކު މަސައކަތުނަޔަސްް މުސާރަނުދޭ. ގާނޫނުގާ އޮންނަގޮތައް އިނާޔަތްކޮޅު ވެސް ނުދިން މިމީހުންނާ ގާނޫނު އަރާހަމަކުރާނީ ކޮންދު ވަހަކުން؟؟؟؟؟؟؟

    13
    1
  8. ގޯބީ

    ތިޔަ އަދަބު ނުލިބޭނެ މީހެއް ދިވެހި ރާއްޖޭގައި ކޮބާ؟

  9. ކިއުން ތެރިއެއް

    ދިވެހި ރާއްޖެ އަދިވެސް މިއޮތީ ޖާހިލީ ޒަމާނުގާ. ތަރައްގީވީ ގެންގުޅޭ މޯބައިލް ފޯނު.