ކޮވިޑް-19 އަށް އައިޖީއެމްއެޗުގައި ހަދާ ޓެސްޓްތަކަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 100 ޕަސެންޓް ދީފިއެވެ.

އައިޖީއެމްއެޗުން އިއްޔެ ކުރި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން ހުރި މިންވަރު ބެލުމަށް ފޮނުވި ސުންކުތަކުގެ ނަތީޖާ ދިމާކުރުމުން 100 ޕަސެންޓް މާސްކް ދީފައިވާ ކަމަށެވެ. އެހެންވެ، އައިޖީއެމްއެޗުން ހަދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޓެސްޓުތަކެއްކަން ކަމަށް ވެސް އެ ހޮސްޕިޓަލުން ކުރި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އައިޖީއެމްއެޗްގެ އިތުރުން އޭޑީކޭ ހޮސްޕިޓަލާއި ފުލުހުންގެ ލެބޯޓަރީން ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރެއެވެ. އަދި ދުވާލެއްގެ މައްޗަށް ރާއްޖޭގައި 1،000 ޓެސްޓް ކުރެއެވެ.

އައިޖީއެމްއެޗްގައި ޓެސްޓް ކުރަން ފެށީ މިދިޔަ ފެބްރުއަރީ 29 ގައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޓެސްޓް ކުރީ އެންމެ ކައިރިން އިންޑިއާގެ ޕޫނޭ އަށް ފޮނުވައިގެންނެވެ. އޭރުގައި ސުންކު ޕޫނޭއާ ހަމައަށް ދިއުމަށް ވެސް ދެ ދުވަސް ނެގިއެވެ. އެކަމަކު މިދިޔަ ފެބުރުއަރީ މަހު ރާއްޖޭގައި ޓެސްޓް ކުރެވޭނެ ވަސީލަތްތައް ގާއިމުކޮށްފައިވެއެވެ.

މިހާތަނަށް ރާއްޖޭގައި 46،000 އަށް ވުރެ ގިނަ ސުންކު ނަގާފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުރީސަރުކާރު

    މަރުޙަބާ ކުރީސަރުކާރު މީކުރީސަރުކާރުގެ އަގުހުރި މިންނެތް މަސއްކަތުގެނަތީޖާ

    10
    3
  2. އަހަރެން

    މިހާރު އެހާ އަވަހީ ޔާ ކީ އްވެބާ ރ.މާކުރަތުން މީގެ ދެދުވަސް ކުރިން ނެގި ސާމްޕަލް ގ ނަތީޖާ އަދި ވެސް ނުލިބެނީ...ރަ އްޔިތުން ބިރުވެރި ކަމެ އްގެ ތެރޭގަ އި ....

    4
    2
  3. ޑީއެމް

    ތީމާމޮޅު ކަމެއްނޫން ޑަބްލިޔުއެޗްއޯ ގެ ކިޓްގަ އެމީހުންގެ އަމިއްލަ ސާމްޕަލް ރަންކުރީ ، ތާރޑް ޕާޓީ ކިޓްއަކުން ހަދާފަ ރިޒަލްޓް ކޮމްޕެއަރ ކުރީމަ ދޯ އެކްސްޓާރނަލް ކޮލިޓީ އެސުއަރެންސަށް ވާނީ. މުޅިން އޮޅުވާުމުގަ. މިއީ ގާބިލްކަން ބަލަން ކުރިކަމެއްނޫން.

    2
    1
  4. ޓޮންނަ

    ލެބޯޓްރީ ޒަމާނީ ފެންވަރަށް ގެނައީ ރައީސް ޔާމީން!