ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އެންގުމާއި ހިލާފަށް މާލޭގައި ކުޑަކުދިން ގޮވައިގެން މަސް ދަތުރުދާން ފުރަން އުޅުނު އުޅަނދެއް ފުލުހުން ހުއްޓުވައިފިއެވެ.
މި މީހުން ހުއްޓުވާފައި ވަނީ މިއަދު 15:00 ހާއިރު ޓީޖެޓީންނެވެ.
ކޮވިޑް-19އާ ގުޅިގެން މާލެ ސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދީފައިވީނަމަވެސް، ކުޑަކުދިންނަށް ބޭރަށް ނުކުމެވޭނެ ވަގުތަކަށް ކަނޑައަޅާފައި ވަނީ ހަވީރު 16:00 އިން 18:00 އަށެވެ. މި ވަގުތުތައް ނޫނީ ކުޑަކުދިން ބޭރުގައި އުޅުމަކީ މަނާ ކަމެކެވެ.
މަންޒަރު ދުށް މީހަކު "ވަގުތު"އަށް މައުލޫމާތުދެމުން ބުނީ، ފުލުހުން އައިސް އެ ދޯނި ހުއްޓުވީ، ދަތުރު ދިއުމަށް ނައްޓާލިތަނުން ކަމަށެވެ.އަދި ފުލުހުން އެ ދޯނި ހުއްޓުވައި އޭގައި ތިބި މީހުން ގެއަށް ފޮނުވާލާފައިވާކަމަށް އެ މީހާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، މިއަދު މެންދުރުފަހު 15:00 ހާއިރު ކުޑަކުދިންތަކަކާއެކު މަސްދަތުރު ދާން އުޅުނު އުޅަނދެއް ފުލުހުން ހުއްޓުވާފައިވާނެ ކަމަށެވެ.
ރާއްޖޭގެ އަދިވެސް ކޮވިޑް-19ގެ ބިރުވެރިކަން ބޮޑެވެ. ކަމާއި ބެހޭ މާހިރުން ދަނީ ސަރުކާރުންނާއި، ސިއްހީ މާހިރުން ދެމުންގެންދާ ލަފާ އާއި އިރުޝާދުތަކަށް އަމަލު ކުރުމަށް ގޮވާލަމުންނެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
ބަސްނާހާ ކުދިން އުޅޭތީ ފުލުހުން ބޭނުން ވަނީ އެފަދަ މީހުން ގަވާއިދަށް ފައްތަން ދެން ފުލުހުން ގޯސް މިވަނީ އޮޅުމަކުން ރައީސް ކަން ލިބުނު މީހާ ބުނާނެ ކޮންމެވެސް ދީނާޚިލާފް ބަހެއް މިކަމުގަަވެސް ދެން އެެއްކަލަ ކުދިން ހަމަ އައްޖަހާނެ ހެވިފަ
ބަސްނާހާ ކުދިން އުޅޭތީ ފުލުހުން ބޭނުން ވަނީ އެފަދަ މީހުން ގަވާއިދަށް ފައްތަން ދެން ފުލުހުން ގޯސް މިވަނީ އޮޅުމަކުން ރައީސް ކަން ލިބުނު މީހާ ބުނާނެ ކޮންމެވެސް ދީނާޚިލާފް ބަހެއް މިކަމުގަަވެސް ދެން އެެއްކަލަ ކުދިން ހަމަ އައްޖަހާނެ ހެވިފަ ބަސްނާހާ ކުދިން އުޅޭތީ ފުލުހުން ބޭނުން ވަނީ އެފަދަ މީހުން ގަވާއިދަށް ފައްތަން ދެން ފުލުހުން ގޯސް މިވަނީ އޮޅުމަކުން ރައީސް ކަން ލިބުނު މީހާ ބުނާނެ ކޮންމެވެސް ދީނާޚިލާފް ބަހެއް މިކަމުގަަވެސް ދެން އެެއްކަލަ ކުދިން ހަމަ އައްޖަހާނެ ހެވިފަ
ހެޔޮނުވާނެ، އަދި ގޭގައި މަޑުކޮއްލަދީ، އިންޝާﷲ އަދި ފަހުން ތަންތަނަށް ދެވޭނެ...
ތިޔަ ދޯނީގައި ސަރުމީލާ ވެސް އެބައިންނެވި
ކޮފީވިއްކާ ތަންތާކުރިމަތީގަހީވަނީ މުޒާހަރާކުުރާހެން ކޮފީބޯންތިބޭއިރު
ފިހާރަދޮރުގަ ވަދެވޭމެކަމަށް ޖަހާފަހުން އަދަދަށް ވުރެ ހަަތަރުގުނަ އިތުރަށް ވަދެތިބޭ
ބަލާނެބަޔަޔަކުނެއް
ހުއްޓުވާނެބަޔަކުނެއް
ދިވެހިންގެ ޖާހިލުކަން ހުރި ހިސާބު މީގެންވެސް އެނގެނީ