މަލްޓިލޭޓަރަލިޒަމްއަށް ދިވެހި ސަރުކާރުން އިސްކަން ދޭނެ ކަމުުގެ ޔަގީންކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެެއްވައިފިއެވެ.

ޝާހިދު އެ ޔަގީންކަން ދެެއްވާފައި ވަނީ އދގެ ޗާޓަރު އެކުލަވާލިވާ 75 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖުގައެވެ.

ޝާހިދު ވިދާޅުވީ، އދ ޗާޓަރުގެ ސަބަބުން ޤައުމުތަކުގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި ހުރިހާ ޤައުމުތަކަކަށް އެއް ހަމައެއްގައި އަޑުއުފުލުމުގެ ޤާބިލްކަން ލިބިގެން ހިނގައްޖެކަމަށެވެ.

ޝާހިދު ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި ޤުދުރަތީ ކާރިސާތައް ފަދަ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް އދގެ މެމްބަރުޤައުމުތަކުން މަލްޓިލޭޓަރަލް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޖެހޭ ކަމަށެވެ.

އދގެ ޗާޓަރުގައި ސޮއިކުރެވުނީ 1945 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެމެރިކާގެ ސެންފްރެންސިސްކޯގައި ބޭއްވުނު ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އަށްފަހުއެވެ. އަދި ޗާޓަރަށް އަމަލުކުރަން ފެށުނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ޗާޓަރުގެ ދަށުން އދ އަށް މަތިކޮށްފައިވަނީ ބައިނަލްއަޤްވާމީ ސުލްހަ ބެލެހެއްޓުމާއި، އިޖްތިމާއީ ކުރިއެރުމަށް މަސައްކަތްކޮށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ހަރުދަނާކޮށް، އިންސާނީ ހައްޤުތައް ކުރިއެރުވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ތާކިހާ

    ވަރަށް އަޑި ނުބައި މީހަކާ ވައްތަރުގޮތެއް އެބަހުރި ފޮޓޯގަނޑުން. ސުވާލެއްވެސް އެބައޮތް . ކޮބާހޭ ކަލޭ ގެބައިކަމަށްފޮނިކެޑި ހިލޭއެހީތައް. މަކަރުހެދޭނީ ވަކިވަރަކަށް ސާހިދޫ. ޙިބަރުވަދޭ ކިޔައިގެން ތެޅި އަނގަތައް ކޮބާހޭ

    28
  2. ތާކިހާ

    ޙިބަރު ވަދު. ކަންނެލި ވަދު ސާހިދު. ކޮބާހޭ ހިބަރުވަދުން ކަލޭ ދެމި ހިލޭ އެހީތައް . ޖަވާބު ދޯ. ޙިބަރުވަދު

    27
  3. އަހހން

    ފައި! ދެމެހެއްޓެނިވި ކާޕެޓް ގަނޑޭ ކިޔާބަ

    25
  4. ކިނބޫ

    އދ އަކީ ފެއިލްވެފަ އޮތް ޖަމިއްޔާއެއް. އެކަހަލަ ޖަމިއްޔާއެއްގެ ދިފާއުގަ އެއްޗެއް ބުނާނީ ދެބަންދިހާރު ވެފަ ހުރި ޕްރިޕެއިޑެއް.

  5. ހަރު ކަށި

    އިންސާނީ ހައްގޭ ކިޔާގެން ޖަމިއްޔާ ޖަމާއަތް ހަދައިގެން ކުރާކަންތައް ވިސްނާލި މީހަކަށް ވަރަށް ސާފު ކޮށް އެނގިގެންދާނެ. ސެކުއުލަރިޒަމް ފަތުރާ ބައެއް އެއީ.?

  6. މުހުއްމަދު ހަނަފީ

    ހާދަރީތިފޮޓޯއެއް،ބޮޑާކަމާކިބުރުވެރިކަންދައްކައިދޭފޮޓޯއެ

  7. އިކުރާމް

    މަހުޝަރުބިމުގައި ސުއާލައްޖަވާބުދޭވަގުތު
    މަަނިކުފާނުއިންނަވާނީ ތިޔަގޮނޑިކޮޅުގަތޯ؟

  8. ބޯކިބާ

    ވެލްޑިން ގުލާހެއްތަ އަޅާފަ އޭނދީ.

  9. އާދިލް

    މަޖްލިސްގައި ހިގާދިޔަ މާރާ މާރީގެ މައްސަލައި ގެ އަޑެއް މިހާރަކުނީވެ.