ކޮވިޑް-19 އަށް ރާއްޖެ އިން 24 ގަޑިއިރުގެ ތެރޭގައި ފައްސިވީ ހަމީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އިއްޔެ އިރުއޮއްސި 18:00 އިން މިއަދު އިރުއޮއްސި 18:00 އާއި ދެމެދު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހެކެވެ.

މީގެ ތެރެއިން ހުކުރު ދުވަހު ފައްސިވި ކަމަށް ރެކޯޑް ކޮށްފައި ވަނީ އެންމެ މީހެކެވެ. ބާކީ ތިބި މީހުން ފައްސިވީ އިއްޔެ ކަމަށް ހެލްތު މިނިސްޓްރީގެ ވެބްސައިޓުން ދައްކައެވެ. އެހެންކަމުން އިއްޔެ ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 16 އަށް އަރާފައެވެ. އޭގެ ކުރީ ދުވަހު 26 މީހަކު ފައްސިވިއެވެ.

މިއަދު ފައްސިވި މީހުންގެ ޖުމްލަ އަދަދަށް މާދަމާ ބަދަލު އަންނާނެ ކަމަށް ބެލެވެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2283 އަށް އަރާފައެވެ.

މިމަހުގެ 15 ވަނަ ދުވަހު މާލޭގެ ފުރަބަންދަށް ލުއިތައް ދިނުމުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް އަދި މިހާތަނަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނަ ކަމަކަށް ނުދައްކައެވެ.

މިއަދު ރާއްޖެ އިން 15 މީހަކު ބަލިން ރަނގަޅު ވުމާއި އެކު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބީ 407 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބްދުﷲ

    އަލްހަމްދް ލިއްލާހި (އަދަދު މަދުވި ކަމަށްޓަކައި) އަވަސް ޝިފާއަކަށް އެދެން.

    22
    • ކިސަޑު

      އާމީން

  2. ކިސަޑު

    އާމީން

  3. ކިސަޑު

    އާމީން އެކަމަކު އޮފީސްތަކެއް އެޗްޕީއޭ އެންގުމަކަށް ބޯނުލަބާ ދޮރުވެސް ހުންނަނީ ބޭނުންމީހަކު ވަދަނުުކުމެވޭގޮތައް ބަންދަސް ކަސްޓަމަރުންވެސް ވަދޭ ސާފުކޮއްލާނެ މީހެއް ނުހުރޭ ރަންޑަމްކޮއް ނަމަވެސް އޮފީސްތައް ނިކަން ޗެކުކޮއްލަބަލަ ހުންނަގޮތްބަލާލަން ބޭރުގައި އުޅެފަ އައިސް މާސްކްލަނީ ޖީބަށް ނޫނީ އެންމެ ކުރިންޖެހޭ މޭޒްގައިބާއްވަނީ މީ ހަމަ ހަގީގަތް

  4. ހަސަދު

    މިޑުރާމާ ހުއްޑާލާ ގައުމު ހުޅުވާކަށް ނުވޭބާ. ބޭފުޅަކަށް ފަސް އަހަރު ހަމަވަންދެން ރައީސް ކަމުގައި ހުރެވި އަދި އެއަށް ފަހުވެސް ބައިވަރު އިނާޔަތް ލިބުނަސް އެވްރޭޖް މީހުން ދެތިން ވަޒީފާ އން ކިރާ ކައިބޮއެ އުޅެވޭވަރޭ ވަނީ. ގައުމު ހުއްޓުމުން އަތްމަތި ތަދިވެ ބަޑަށް ޖެހެނީއްޔޭ. ކޮވިޑަށް ވެކްސިން ލިބެންދެން މިހެންބާ އުޅެން ޖެހޭނީ!!!.