ތިލަފުށީ އުތުރުގައި އަޅާފައި އޮތް ބޯޓަކުން މޫދަށް ވެއްޓުނު މީހަކު ގެއްލިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ "ގޭސް އެޓްލާންޓިކް" ނަމަކަށް ކިޔާ ބޯޓަކުން މޫދަށް ވެއްޓުނު ބިދޭސީއަކު ގެއްލިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ސިފައިން މިހާރު ގެންދަނީ ކުރަމުންނެވެ.

މިހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައި ވަނީ މިރޭ 22:20 ގައެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން މެޖާ އިބްރާހިމް އާޒިމް ވިދާޅުވީ ބޯޓުން ދެބިދޭސީން މޫދަށް ވެއްޓުނު ކަމަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ. "އެތަނުން އެކަކު އެސަރަހައްދުން މަސްވެރިކަން ކުރުން އުޅުނު ޑިންގީއަކަށް ފެނިގެން ނަގައިގެން މިހާރު ވަނީ ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި. މީގެ ތެރެއިން ދެވަނަ މީހާ ހޯދަމުން ދަނީ." މޭޖަރ އާޒިމް ވިދާޅުވިއެވެ.