އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރަކަށް ކާނަލް އިބްރާޙީމް ހިލްމީ މިއަދު ހަމަޖައްސައިފި އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ކާނަލް ހިލްމީއާ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ. އެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް ބައިވެރިވެވަޑައިގަތެވެ.

ސެންޓްރަލް އޭރިއާ ކޮމާންޑަރަކަށް ކާނަލް ހިލްމީ ހަމަޖެއްސީ އެ މަގާމުގައި މިހާތަނަށް ހުންނެވި ކާނަލް މުހައްމަދު އިބްރާހީމްގެ ޕޯސްޓިން ޑިއުޓީގެ މުއްދަތު ހަމަވުމުންނެވެ. ކާނަލް މުހައްމަދު އިބްރާހިމް އެ މަގާމަށް ހަމަޖެއްސީ ފެބްރުއަރީ 1، 2018 ގަ އެވެ.

އެމްއެންޑީއެފްގެ ހަތަރު އޭރިއާއެއް އޮވެއެވެ. އެއީ އެންމެ ދެކުނުން ސަދަން އޭރިއާ، ސެންޓްރަލް އޭރިއާ، މާލޭ އޭރިއާ އަދި ނޮދަން އޭރިއާ އެވެ. ސެންޓްރަލް އޭރިއާގެ ހެޑްކުއާޓާޒް ހުންނަނީ ލ.ކައްދޫގަ އެވެ. އޭރިއާގެ ކޮމާންޑަރު ހުންނަވާނީ ހެޑްކުއާޓާޒް ގައެވެ.

ކިޔުންތެރިންގެ ހިޔާލު