ތިލަފުށީ އުތުރުގައި އަޅާފައި އޮތް ބޯޓަކުން މޫދަށް ވެއްޓިގެން ހޯދަމުން ދިޔަ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ގެއްލިގެން އޭނާ ހޯދަމުން ދަނިކޮށް ފެނިފައި ވަނީ މިރޭ 12:22 ހާއިރު ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނުނީ 51 މީޓަރު އަޑިން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މި މީހާއަކީ ތިލަފުށީ އިތުރުގައި އަޅާފައި އޮތް "ގޭސް އެޓްލާންޓިކް" ނަމަކަށް ކިޔާ ބޯޓަކުން މޫދަށް ވެއްޓުނު މީހެކެވެ. އޭނާއަކީ ބިދޭސީއެކެވެ.

މި ހާދިސާ އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 22:20 ހާއިރު އެވެ. އެއާއެކު އެމްއެންޑީއެފްގެ ސިފައިން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން މެޖާ އިބްރާހިމް އާޒިމް ވިދާޅުވީ ބޯޓުން ދެބިދޭސީން މޫދަށް ވެއްޓުނު ކަމަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ.

"އެތަނުން އެކަކު އެސަރަހައްދުން މަސްވެރިކަން ކުރުން އުޅުނު ޑިންގީއަކަށް ފެނިގެން ނަގައިގެން މިހާރު ވަނީ ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި." އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހިކޮރަކަލި

    ހިތަާމަވެރި މަރު ތައް ގިނަވެ ރޭޕް ކުރުން އިންތިހާ އަށް ގިނަވެ ކުޑަކުދިންގެ އިމަާލް ތައް އަތްނުފޯރާ ފަށަށް އަރާ ކޮރަޕްޝަނާ ފަ ސާދަ އާއްމުވެ އަމިއްލަޔަށް މަރުވާ މީ ހުން އިތުރުވަމުންދާ އިރު ހެޔޮވެރިކަން ކުރަން އައި ސަރުކާރުން ދިވެހި ރައްޔިތުމީހާގެ ހައްގުގައި ކޮށް ދެނީ ކޮންކަމެއް ކަމާ މެދު ހަގީ ގަތުގައިވެސް ސުވާލު އުފެދެއެވެ ތިމާމެންގެ އަމިއްލަ ނަފްސު ތަކަށް ވުމަށް ނޭދޭ ކަންތައް އެހެންމީހުންނަށް ކުރިމަތިވަމުންދާއިރު އާރާއި ބާރު މުށުތެރެޭ އޮވެ އެހީ ތެރިނުވަނީ ނުވަތަ ކުށް ކުރުން ނުހުއްޓުވަނީ ހަމަ ހަގީ ގަތުގައިވެސް މުޑުދާރު ވެރިކަމެއްވީމައެވެﷲ މި ބަލާވެރިކަމެއްފަދަ ވެރިކަން ނެތިކުރައްވާ އަން އަމާންކަން ލިބިގެންވާ ވެއްޓެއް ދިވެހިންނަށް ދެއްވާ ބަނގުރަލާ އެންމެހާ ފާހިޝް ނުބައި އަމަލްތަކުން ގައުމު ސަލާމަތް ކޮށްދެއްވާ އިސްލާމްދީން މިލޮބުވެތި ގައުމުގައި މަތިވެރި ކޮށްދެއްވާ ނަސްރު ދެއްވާންދޭވެ

    3
    2
  2. Anonymous

    1