ލަކުޑި ކާޅަކަށް ދޮންކޭލެއް ނުކެވޭނެއޭ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

އާދަމް ޝަރީފް އެގޮތަށް ވިދާޅުވީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަސް 15 އަހަރު ފުރުމާ ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓުގައި ހުރިހާ ސިޔާސީ ޕާޓީއެއް ރޫޅިފައިވާ ކަމަށާއި އަދިވެސް ކަންކަން ކުރެވޭނީ ހަމައެކަނި އެމްޑީޕީ އަށް ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައްޔިތުންގެ ގިނަ ބަޔަކު އެދި އެދި ތިބި ފަދަ ތަރައްގީއެއް މިހާތަނަށް ރާއްޖެއަށް ގެނެސްފައި ވަނީ އިދިކޮޅުގައި މިހާރު އޮތް ޕީޕީއެމްގެ ސަރުކާރުގައި ކަމަށެވެ.

އަދި ވައުދުތައް ފުއްދޭނީ އެކަން އެންމެ ރަނގަޅަށް ކުރެން އެނގޭ ބަޔަކަށް ކަމަށާއި، އެ ބަޔަކީ މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ އިއްތިހާދު ކަމަށް އޭނާ ވިދާޅުވިއެވެ.

"2023 ގައި ވެރިކަން ކުރާނީ ރައީސް ޔާމީން، އިންޝާ ﷲ" އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ނަޝީދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ 2005 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމަޔަށް އެޕާޓީ އިން ދެފަހަރަށް ވެރިކަމަށް އާދެވިފައިވާ ކަަމަށާއި، މިހާރު ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތައް އޮތީ ރޫޅިގެން ގޮސްޕައިވާ ކަމަށެވެ.

އަދި އެމްޑީޕީގެ ތެރޭގައި ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް ކަމަށާއި، އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އަބްދޫ

  އެމްޑީޕީ 2 ފހަރަށް ވެރިކަމަށް އާދެވުނު އިރު އެ ދެފަހަުވެސް ގައުމު މިވަނީ ބަގުރޫޓް ކޮށްފާ2008 ގަ އައި ވެރިކަމުން ފެބްރުއަރީ7 2012 އަާހަމަޔަށް ޓީބިލްގެ ދަރަނި 16 ބިލިއަން ރުފިޔާ ނަގާފައިވޭ . ފިނޭންސް އަށް 2.5 ބިލިއަން ރުފިޔާގެ ބިލް ޖަމާކޮށްފަ ވީމާ ފެބް.7 ގަ އައި އިރު ދަރަނި ވަނީ 27.5 ބިލިއަނަށް މަތިކޮށްފާ ވެރިކަމާ ހަވާލުވި އިރު ރިޒާވްގާހުރި 258 މިލިއަން ޑޮލަރު ވެސް ހުސްކޮށްފާ..އިގްތިސާދު ފުޑުކޮށްފާ.ކައުންސިލް ތަކުގާ ހުރި ހުރިހާ ފައިސާއެއް ހުސްކޮށްފާ ދިރާގާ ފެންކުނުންގުންޏާ އެއާޕޯޓް ވިއްކާލަ ލިބުނު ފައިސާވެސް ހުސް ކޮށަލާފަ. ގައުމުގެ ތަރައްގީއަކަށް އެއްވެސްކަމެއް ނުކޮށް ގައުމު ފަގީރުކޮށްފާ މިހާރު 2018 ގަ މި އައި ވެރިކަމުގާވެސް މިހާރު ވަނީ ދަވްލަތް ބަގުރޫޓް ވާމިންވަރަށް ދަރަނި ނަގާފަ.ތަރައްގީއެއް ނުކުރޭ ރިޒާވް 700 މިލިއަން ޑޮލަރު ހުސްވެއްޖެ . އަދިވެސް އަނގަ އޮތިމަ ވާހަކަ އެބަދައްކަ ދޯ؟

  32
  4
  • ރާގޮޑިރާޖަ

   ގައު މު ބަގުރޫޓްކުރިވަގުކަލޭގެ އެއޮތީފިލާޖަލުގެ.

   3
   25
 2. ރަންނަ

  އަމިއްލަ ޑިފެންސް މިނިސްޓަރުކަމުގަ މަޖުލީހުގަ ހަގުރާމަ އިއުލާނުކޮށް ދަތްދޮޅި ދުއްވާލަން ގޮވިމީހާ މިއަދު ފިނޑިކަމުން އައްޔިތުން ހަވާލުކުރި މައްސޫލިއްޔަތްއް ފިލައިގެން ތި ހުންނެވީ

  12
  27
  • ޢަހޮމަދު

   ފިލާއޮވެ ލަކުޑިކާޅުހަދަނީ ކާޅުގަވެސް އިންނަނީ ފާޑެއްގެ ދަތްދޮޅިއެއް.

   3
   11
 3. ހަލާކު

  ތިކެނަރީގެ ބުއްޅަ ބެޔަކީ މިގައުމަށް ޖެހިފައިވާ ބޮޑ ބަލާވެރިކަމެއް ތިކަލޭގެ ސަބަބުން މިގައުމު ލާދީނިއްޔަތާ ފިތުނަފސާދަ އާންމުވެގެން މިގަނީ ރައްޔިތުން ނިކުމެ ކުރިންވެސް މިގައުމުގާ މިފަދަ ކުނި ބުނި ސާފްކޮށް ނަށްތާލި ވަގުތު ކުޑަތަންއެބަވޭ ރައްޔިތުންގެ ކެއްތެރިކަން ކޮޅުންލާ ހިސާބަށްނުދަނީސް މިކަލޭގެ އެބަޖެހޭ 12އަހަރަށް ގޮޅިޔަށްލާން ހީނުކުރާތި އެހުކުން އަރާ ހަމަކުރާނެ

  36
  4
 4. ދާރި

  ޟަރީފޫ ލަކުޑިކާޅުގަ ދަތްދޮޅިހުރޭތަ؟ ކޑކހާ.

  8
  37
 5. ޖޯން

  ވަރަށްސަޅި ހަރުބަހެއް. އައި އޭމް ލަވިންއިޓް.

  39
  2
 6. މާމިގިލީ މީހާ

  ބަލަ ލަކުޑި ކާޅަކީވެސް ހަމަ ކަލޭ. ދަތްދޮޅި ނެތް ކާޅަކީވެސް ހަމަ ކަލޭ.

  3
  20
  • މީނަގެ

   ލަކުޑިކާޅެއް އެބައޮތް ޖަލުގަ.

   1
   5
 7. ޢަފްލާ

  ހިންނަވރު ކާޅަކާ މާލެ ކާޅަކާ އެކުވެގެން ދައުލަތް ހަނާ މިކުރަނީ

 8. ބޭކާރު

  އަސްލު ބަހުން ނުބުނެ ރީތިކުރަން ލަކުޑިކާލެކޭ އެބުނީ

 9. މިއަދު

  އަދިވެސްކުރެވޭނިއްޔެ ތިބުނިއިރު މީގެކުރިން ކަމެއްކުރެވިފަ އޮތީތަ؟