ހުޅުމާލޭ ބަނދަރުގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި އިއްޔެ ހަޔަރުކޮށްފައިވާ ދެމީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އިއްޔެ ހައްޔަރުކޮށްފައި ވަނީ 39 އަހަރުގެ ދެ ދިވެހިން ކަމަށެވެ. އެމީހުން ދޫކޮށްލާފައި ވަނީ ހައްޔަރުކޮށްފައި ބައިތިއްބާ ވަރަށް އެމީހުންނާއި ދެކޮޅަށް ހެއްކެއް ފެނިފައި ނުވާތީ އާއި، އެމީހުން ހައްޔަރުގައި ބޭތިއްބުމަށް އެއްވެސް ސަބަބެއް ނުފެންނާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެރޭ ފަތިހު 5:00 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ އެމީހުން ދޫކޮށްލި ކަމުގައި ވީނަމަވެސް އެމައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައި ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ އިރު މިމަހުގެ ތެރޭގައި ވަނީ 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކުވެސް މާލޭގެ ގެސްޓު ހައުސް އެއްގެ ތެރޭގައި ރޭޕް ކޮށްފައެވެ.
ފުލުހުން ވިދާޅުވީ ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލައިގެ ގޮތުގައި ބަލަމުން އަންނަ ކަންކަން ކަމަށެެވެ.
ތިދެން ހަމަދެރަވަރު
ސާބަސް. އެ އަންހެން މީހާ ރޭޕްކުރީ އެސަފާރީ. އެހެންވެ އެމީހުން ދޫކޮއްލީ!!!!. ބިދޭސީ މީހާއަކީ ވަރަށް ނަސީބު ދެރަ މީހެއް!. އިންސާފު ނުލިބޭނެކަން ޔަޤީން!. ރޭޕް ކުރާމީހުންނަށާއައި ޖިންސީ ފުރައްސާރަ ކުރާ މީހުންނަށް އިތުރު ހިތްވަރެއް.. ޤައުމު ދަނީ އަދިވެސް ފަހަތަށް!!.
ހިތަށް އެރިއްޔާ ވަރަށް ސީރިއަސް ، ކިހާ ސީރިއަސް ތިޔަދޫކޮށްލީ
އެމީހުންގެ ޑީއެންއޭ ނަގާބަލަ ދިމާނުވޭތޯ ބަލަން
ސުވާލަކީ، އެ އަންހެންމީހާ ތިބުނާ ސަފާރީއަކަށް ދިޔައީ ކިހިނެއްތޯ؟ ގަދަކަމުންތޯ؟ އަމިއްލަ އިހުތިރާގަތޯ؟ މާލީ މަންފާއެއް ހޯދުމުގެ ބޭނުމުގަތޯ؟ ރައްޓެހިންނާ އެކީ ސަކަރާތް ޖަހާލާ މަޖާކޮށްލަންތޯ؟ ބުލެކްމެއިލް ކޮށްގެންތޯ؟ ހޭނެތިފަ އޮއްވާ އެބްޑަކްޓް ކޮށްގެންތޯ؟ ގޭގަ ހުއްޓާ ޖާދުލަކުންތޯ؟
ތި ސުވާލަކަށްވާންޖެހޭ ސަބަބެއްނެތް. ކޮންމެ ކަމެއް ކުރަން ކޮންމެ ތާކަށް ދިޔަޔަސް ރޭޕްވާނީ ރޭޕްއަށް. ނިމުނީ، މާ ސުވާލުގިނަކުރާނެ ކަމެށްނެތް.
މެމްބަރ ޖީހާންގެ ފިރިމީހާ ވީމާ ރޭޕް އޯކޭ.އިރު ކޮޅަކުން އެޔައް އެހެން ނަމެއްކިޔާނީދެން.