ޔުމްނާ މައުމޫން – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ޔުމްނާ މައުމޫން – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން، ގާނޫނީ ސަރުކާރު ބަޔަކު ރާވައިގެން ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން އަށް ވަކީލަކު ހަމަޖައްސަން އިތުރު މުއްދަތެއް ނުދޭން ފުލުހުން ނިންމައިފިއެވެ.

މި މައްސަލައިގައި ފުލުހުންގެ އިދާރާ އަށް ޔުމްނާ އިއްޔެ ހާޒިރުކޮށްފައިވާއިރު ފުލުހުން ވަނީ ވަކީލަކާއެކު މިއަދު ހަވީރު 4 ޖަހާއިރު އަނެއްކާވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ޔުމްނާ އަށް އަންގާފައެވެ.

ޔުމްނާ އިއްޔެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ފޮނުވާފައިވާ ސިޓީއެއްގައި ވަނީ އޭނާގެ އާއިލާގެ ތިން މެމްބަރަކު މިހާރު ވެސް ހައްޔަރު ކޮށްފައިވާތީ އާއި ގާނޫނީ ވަކީލުން އުޅުއްވަނީ ވަރަށް ބުރަކޮށް ކަމަށް ވާތީ، ވަކީލެއް ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް އެދިފައެވެ. ޖަވާބުގައި ފުލުހުން ފޮނުވި ސިޓީގައި ވަނީ ޔުމްނާ އެދިފައިވާ ގޮތަށް އެކަން ކޮށްދެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

ފުލުހަށް ހާޒިރުވާން މިއަދުވެސް ޔުމްނާ އަށް އަންގާފައިވާއިރު ޔުމްނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ފިރިކަލުން މުހައްމަދު ނަދީމް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލައިގައި ހައްޔަރުކޮށްފައެވެ. އެބޭފުޅުންގެ ޝަރީޢަތްތައް މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މައުމޫނުގެ ބޭފުޅުން ނާވެސް ގާނޫނު އަރާ ހަމަކުރާ މަންޒަރު ފެންނަމުން ދަނީ.. ބޮޑެއް ކުޑައެއް ބެލުމެއްނެތި. މިވަރުގެ އިންސާފު ލިބުނު ޒަމާނެއް ދިވެހިތާރީހު ދެކެފަނެތް..

    • އަދި ފެނިގެން ދާނެ މިހާރު ވެރިކަމުގަ ހުރިމީހާ ގެ މައްޗައް ޝަރިޔަތް ކޮށް ޖަލައް ލާ މަންޒަރު އިންތިޒާރު ކޮށްލައްވާ

  2. ޢެއްވެސް ތަނަކަށް ނުގެންގޮސް ގޭގަބައިންދާފަ ހުކުމް ކުރެވޭނެ ގޮތެއް ހަދާބަލަ ޔާމީނޫ.އޭރުން ތީތި އެއްޗަކަށް ވާނީ.