ދިވެހި ސިފައިންނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް އަށް އަމިއްލަ ހެލިކޮޕްޓަރެއް ހޯދައި ދިނުމަށް ގޮވާލައްވައި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

ޑީއާރްޕީއިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ސިފައިންގެ އަތުގައި އަމިއްލަ އެއާޕޯޓެއް އޮތް އިރު، ސިފައިންނަށް އަމިއްލަ ފްލައިޓަކާއި ހެލިކޮޕްޓަރެއް ހަމަޖެއްސުމުގެ މަސައްކަތް މިހާތަނަށް އައި އިރު ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން ސިފައިންނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް ޖާބިރުގެ ގަރާރުގައި ގޮވާލައްވާފައިވާ ކަމަށް ވެސް ޑީއާރުޕީގެ ޓުވީޓުގައިވެއެވެ.

އެ ގަރާރުގައި ދިވެހި ފުލުހުންނަށް ބޭނުންވާ ހުރިހާ ވަސީލަތެއް ވެސް ހަމަޖައްސައިދިނުމަށް ވަނީ ގޮވާލައްވައިފައެވެ. އަދި ފުލުހުންނާއި ސިފައިންގެ އިއްޒަތާއި ކަރާމާތް ގެއްލޭ ގޮތަށް ބަސް ނުބުނެ، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ޖާބިރުގެ ގަރާރުގައި ވަނީ ގޮވާލައްވައިފައެވެ.

މިހާރު ދިވެހި ސިފައިން ބޭނުން ކުރަމުން ދަނީ އިންޑިއާއިން ދީފައިވާ ދެ ހެލިކޮޕްޓަރެވެ. އެ ހެލިކޮޕްޓަރތައް ބޭނުންކުރަނީ އިންސާނީ ޚިދުމަތްތައް ދިނުމަށެވެ. ޚާއްސަކޮށް ސިއްހީ ފަރުވާ ބޭނުންވާ މީހުންގެ ތެރެއިން އެމަޖެންސީގައި މާލެ ގެންނަން ޖެހޭ މީހުން ގެނައުމަށް އެ ހެލިކޮޕްޓަރުތައް ބޭނުން ކުރެއެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރެއް ފުރަތަމަ ގެނެސްފައި ވަނީ ކުރީގެ ރައީސް އަދި ރައޔްިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަކުރަމް

    ޖާބިރު ވެރިކަމަށް ގެންނަން ފެނޭ. ގެއްލިފަ ހުރި ވެރިއެއްމީ.

    13
    1
  2. ކޮމެންޓު

    ޖާބެ މިހާރު ހެލިކޮޕްޓަރު ވިއްކަން ފެށީތަ

    11
  3. ބްރޯ

    މޯދީޖީ ތިކަމަކައް ރުހުމެއް ނުދޭނެތޯޗެ

    16
  4. Anonymous

    ތި ގަރާރު ބޭރުކޮއްލާނެ. މިތާ އޮތީ ހިންދޫންގެ ގޮނޑި ކޮއްކޮ ސަރުކާރެއް.

    17
  5. މޯދީ ޖީ

    މިސަރުކާރުގެ މަޖްލިސް މެންބަރުންސިފައިންނާއި ފުލުހުންގެ އަބުރު ކަތިލަމުންދާއިރު ބަސްބުނެލަން މިކެރުނީ ހަމައެކަނި ޖާބިރުއަށް. ޖާބިރަކީ ޤައުމުދެކެ ލޯބިވާ ދަރިއެއް. ހާބަހޭ ޗެއަރމަން ޖާބިރު

    10
    1
  6. ޙHd

    ޖަބެ ގަދަ . އެން މެންޑިއެފް ަަަަަ އަ މިއްލަ އެެއްޗެެއް ގެނަން ޖެހެ އަދި އެރފޮސް އެއްވެސް ގައިމް ކުރަން ޖެހެ ދުނިޔެގަ އެގައުމެއްގެ އަސްކަރިއްޔަގަ އެހެން ގައުމެއްގެ ބަޔަކު އެއްޗެހި އޮޕަރޭޓް ކުރަން ތި ބޭތަ؟؟؟

    10