ދާދިފަހުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރައްވާފައެވެ. އެމަނިކުފާނު އެތަނަށް ޒިޔާރަތް ކުރައްވާފައި ވަނީ ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ތެލެސީމިއާ ސެންޓަރާއި ގުޅޭ ގޮތުން ތެލެސީމިއާ އެސޯސިއޭޝަންގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރެއްވުމުން ގިނަ އަދަދެއްގެ ތެލެސީމިއާ ކުދިން ވަނީ ނަޝީދާއި ބައްދަލުކޮށްލުމަށް ބޭނުންވެފައެވެ. އެކުދިންގެ ކަންބޮޑުވުންތައް އޮއްސާލުމަށް އެކުދިން ތިބީ ތައްޔާރަށެވެ. ނަމަވެސް އެ ނަސީބު މިފަހަރުވެސް އެކުދިންގެ އަތުން ބީވެގެން ދިޔައީއެވެ. އެކުދިންގެ ކަންބޮޑުވުންތައް ހަމައެކަނި ހިއްސާ ނުކުރެވި ހުރި ރައީސަކީ ވެސް ރައީސް ނަޝީދެވެ. އެހެންކަމުން އެކުދިން ތިބީ ރައީސް ނަޝީދާއި ބައްދަލުކޮށްލުމުގެ ފުރުސަތަކަށް އެދިއެދިއެވެ.

ރައީސް ނަޝީދު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތާއި ގުޅިގެން ތެލަސީމިއާ ޒުވާނަކު މިވަނީ ސޯޝަލް މީޑިއާގައި އޭނާގެ ޝަކުވާތައް ބަންޑުން ކޮށްލާފައެވެ. އޭނާ ބުނީ ރައީސް ނަޝީދު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރުމުން އެކަން ބަލައިގަންނަ ކަމަށެވެ. ނަމަވެސް އޭނާގެ އެހެން ތެލެސީމިއާ ރަހުމަތްތެރިން ފަދައިން ރައީސް ނަޝީދަށް ޝުކުރު އަދާ ކުރެވެން ނެތް ކަމަށާއި އެކަމުގައި އެތައް ސަބަބުތަކެއް އެބަހުރި ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ރައީސް ނަޝީދު އެކުދިންނާއި ބައްދަލުކުރުމަށާއި ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރުން މާ ބޮޑަށްވެސް ލަސްވެއްޖެ ކަމަށެވެ. އެމަނިކުފާނު ވަޑައިގަންނަވަން ޖެހޭނީ މީގެ 12 އަހަރު ކުރިން ވެރިކަމުގައި އެމަނިކުފާނު ހުންނެވި ދުވަސްވަރު ކަމަށްވެސް އެ ޒުވާނާ ބުންޏެވެ. އަދި އޭރުވެސް [ވެރިކަމުގައި ނަޝީދު ހުންނެވިއިރު] ތެލެސީމިއާ ކުދިން ނަޝީދާއި ބައްދަލުކުރުމަށް ވަރަށް މަސައްކަތް ކުރި ކަމަށާއި ނަޝީދު ބުރަކޮށް އުޅުއްވާތީ އެކަން ނުވެ ދިޔައީ ކަމަށް އޭނާ ބުންޏެވެ.

ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުން ތެލެސީމިއާ ކުދިންނާއި ގުޅޭ ހާއްސަ ބިލެއް ފާސް ކުރުމުން އެ ބިލު ނަޝީދު ތަސްދީގު ކުރައްވާފައި ނުވާކަން އެ ޒުވާނާ ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ރައީސް ނަޝީދަށް ތަފާތު އެކިފަހަރު މަތިން ތެލެސީމިއާ ކުދިންގެ ކަންބޮޑުވުންތައް ހިއްސާކޮށް ސިޓީތައް ފޮނުވި ނަމަވެސް އަދި އަދަށް ދާންވެސް އެއްވެސް ސިޓީއަކަށް ޖަވާބު ދެއްވާފައި ނުވާ ކަމަށްވެސް އެ ޒުވާނާ ފާހަގަކުރެއްވިއެވެ.

އޭނާ ބުނީ މިދިޔަ ބުރާސްފަތި ދުވަހު ނަޝީދު ތެލެސީމިއާ ސެންޓަރަށް ވަޑައިގަތުމުން ނަޝީދާއި ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމަށެވެ. ނަޝީދަށް ފެނިވަޑައިގަތީ އެތަނުގެ އަސްލު ހާލަތު ނޫން ކަމަށާއި ނަޝީދު އެތަނަށް ވަޑައިގަންނަވަން ވާއިރަށް އެތަނުގެ އިސް ވެރިން ކަންކަން ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް އެ ޒުވާނާ ބުނެއެވެ.

އޭނާ ވަނީ ދެން ފަހަރަކުން ތެލެސީމިއާ ސެންޓަރަށް ކުއްލި ޒިޔާރަތެއް ކުރެއްވުމަށް ނަޝީދުގެ ކިބައިން އެދިފައެވެ. އަދި އޭރުން އެތަނުގެ އަސްލު ހާލަތު ނަޝީދަށް ފެނިވަޑައިގަންނަވާނެ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ބެއްޔާ

  ތިޔަބުނީ ނަޝީދު ވެރިކަމުގައި ހުރިއިރު ތެލަސީމިޔާ ކުދިންނާބެހޭބިލް ތަސްދިގު ނުރކުރިކަމާ، ބައްދަލުކުރަން އެތައްފަހަރަކުއެދި ބައްދަލު ނުވިވާހަކަ. ދެން ކޮންމެހެން މިހާރު ތެލަސީމިޔާކުދިން ނަޝީދު އާ ބައްދަލުކުރަން ބޭނުންވަނީ ކީއްވެބާ؟ ކޮންކަމެއް އޭނާއަށް ކޮށްދެވިދާނެ ނޫނީ ކޮށްދީފާނެކަމަށްބާ؟ މިހާރުއެއީ އެހާ މުހިންމު މީހެއްބާ؟

  26
  2
 2. އައިމަން

  މުޅިން ގޮތް ދައްކަން އެތަނަށް އެދިޔައީ! ކޮންމެހެން ތެލިސީމިއާ ކުދިންނަށް ހެވެއް ރަހުނެއް ކުލުނެއް ހުރެގެނެއްނޫން! ތީކީ އިންސާނުންނަށް ހެވެއް އެދިގެން އުޅޭނެ މީހެއް ނޫން!

  33
  3
 3. ނަޖީ

  އަހަރުމެންގެ ދަރިއެއް ތީނަޔާބައްދަލެ ނުކުރާނެ ތީކާކު ބަޔަކުބައްދަލުކުރަން

  29
  4
 4. ޙަަރުން

  ރައީސް ޔާމީން މިނިވަންކުރޭ..ދިވެހިންގެ ކުރިމަގު އެމަނިކުފާނަކީ...

  29
  5
 5. ތާކިހާ

  ނަޝީދާއޭ، މާތްކަލާކޯ

  12
  1
 6. ައެޑްވަޑް ބާމުންޑޭ

  ރައީސް ޔާމީންގެ ޒައާމަތުގަ ޒަކާތުފަންޑުން ބޯންމެރޯ ހަދައިދޭން ފަށާފަ އޮންނާނީ.

  24
  1
 7. ތެލެއްސެމިޔާ

  މިދެންކާކު މީހުން ބައްދަލުކުރަން ލާދީނީ ކަލޭގެ

  21
  2
 8. ބޯގޯސް

  ނަސީދުގެ ގައިން ނަގާފަތަ ލޭއަޅަނީ ތިޔަކުދިން ތިޔަކުދިން ސިޔާސީނުވެ ބަސްއަހައިގެން ތިބޭ

  8
  1
 9. އަލިނާ

  ތިޔަތަން ރަނގަޅެއް ނުވާނެ. ބޯހަރު ތަނެއް ދޮރެއް ނުދަންނަ ސިޔާސީ އެ ކްޓިވިސްޓްއަނީލް ހުރިއްޔާ