ދިވެހިންގެ އާއިލާ އެއް އަވަށްޓެރި ސްރީލަންކާ އިން އިއްޔެ ހައްޔަރުކުރިއިރު އެ އާއިލާގެ މީހަކު ފިލައިގެން އުޅޭތީ އެމީހާ ހޯދުމުގެ މަސައްކަތް ލަންކާ ފުލުހުން ފަށައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ހައްޔަރު ކޮށްފައި ވަނީ މޯލްޑިވިއަން އަައިޑޮލް އިން މަޝްހޫރު ވި ލަވަކިޔުންތެރިޔާ ހުސައިން އިރުފާން (ޒަކިއްޓޭ)ގެ އާއިލާގެ ބައެކެވެ. ލަންކާ އިން ދިވެހި އާއިލާއެއް ހައްޔަރުކޮށްފައިވާކަން ފޮރިން މިނިސްޓްރީން "ވަގުތު"އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "ވަގުތު"އަށް ވިދާޅުވީ، ލަންކާއިން ދިވެހި އާއިލާއެއް ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށެވެ.

މިއުވާން ވިދާޅުވީ، އެފަދަ މައުލޫމާތެއް ލިބިގެން މިހާރު ބަލަމުންދާ ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ކޮން ކަމަކާއި ގުޅިގެންކަން އޭނާ ސާފުކޮށް ދީފައެއް ނުވެއެވެ. އޭނާ ވިދާޅުވީ، އެކަން ބަލަމުންދާ ކަމަށެވެ.

"މާބޮޑު ޑީޓެއިލްއެއް އަދި ލިބިފައެއް ނެތް، މިހާރު ބޭރުގައި އުޅޭ މީހުންގެ ވިސާ އިޝޫސް އެބަ ދިމާވޭ، ބޭރުގައި ތިބި ހުރިހާ އެންމެންނަށް އަހަރުމެން އެބަ އަންގަން ވިސާ ކަންތައްތަކުގައި ސަމާލުވާން" މިއުވާން ވިދާޅުވިއެވެ.

އެ މައްސަލާގައި ފިލައިގެން އުޅެނީ ފިރިހެނެކެވެ. ހައްޔަރުކޮށްފައި ވަނީ ދެ އަންހެނުންނާއި ތިން ކުޑަކުދިންނެވެ. ފިލައިގެން އުޅޭ މީހާގެ މައުލޫމާތު ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ލަންކާ ފުލުހުން ވަނީ ދީފައެވެ. އަދި ލަންކާ ފުލުހުންނާއި އަމިއްލަ އަށް ހަވާލުވުމަށް އެމީހާ އަށް ފޮރިން މިނިސްޓްރީން އެދިފައިވީ ނަމަވެސް އަދިވެސް އެމީހާ ފުލުހުންނާއި ހަވާލުވެފައެއް ނުވެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާ އިން ދިވެހިން ހައްޔަރު ކުރީ އެމީހުންގެ އަތުގައި އެއްވެސް ލިޔެކިޔުމެއް ނެތިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    އަންހެނުންނާ ކުޑަ ކުދިން ހައްޔަރު ކޮށްގެންނުވާނެ އިންސާނީ ހައްގާ ހިލާފު ކަމެއް ޝަހިންދާ އަޅާއިތިކޮށް ނުދުވަނީކީއްވެތަ އަޝްފިގުވެސް މަރުވީތަ އެމީހުން ދެފައިކުރިޔަށް ބާރުލާފަ ދުވެގަ ހުސްފޭކްދޯ އިބިލިސްތައް

    3
    1
  2. ތާކިހާ

    ނަޝީދު ބުނީ ކަންކަންވާނީ އެމްޑީޕީއަށޭ ތިމީހާވެސް ހޯދޭނީ ހަމަ އެމްޑީޕީއަށް . އަވަހަށް ނަންފޮނުވާ ކެނެރީގެއަށް

  3. ކާފަރު

    ބައްޕަ ކަން ނޭނގޭ..

  4. އަލީ ރަމީޒު ބުނީ

    ކޮން ޒަކިއްޓެ އެއްތަ؟

    2
    2
  5. ވާހަކަ

    ޒަކިއްޓެއަކީ މޯލްޑިވިއަން އައިޑަލްގެ ބައިވެރިވި މީހެއް