ތިން ކިލޯގެ މަސްތުވާތަކެއްޗާއި އެކު ދެދިވެހިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިދިޔަ އެޕްރީލް 27 ގައި ހިންގުނު މި އޮޕަރޭޝަން ގައި 2 ދިވެހިން ބަލާފާސްކޮށް އެ ދެ ދިވެހިން މަސްތުވާތަކެތި ރައްކާކުރި ގ. ވެގާ ބަލާ ފާސް ކުރެވުނު ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގއ. ފަރެސްމާތޮޑާ ސަދޫހު ސާމިއު އަދި ގދ. ފަރެސްމާތޮޑާ މީނާޒު ވިސާމް ސަމީރުއެވެ.

މި ދެމީހުންނަކީ ވައްކަމާއި މާރަމާރީ އާއި މަސްތުވާތަކެެތި ބޭނުންކޮށް އޭގެ ވިޔާފާރި ކުރުމުގެ ރިކޯޑް އޮންނަ ފަރާތްތަކެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މި ދެމީހުންނާއި ގުޅުންހުރި ބަނގުރާ ބޭނުން ކުރުމުގެ މައްސަލަތަކެއް ވެސް އެބައޮތް ކަމަށާއި މި ދެ މީހުން މި ދެމީހުން ވެސް މަސްތުވާތަކެތީގެ ބާވަތެއްކަމަވާ ޑިއެޗްސީ އަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި ބަލާ ފާސްކުރެވުނު ގ. ވެގާ ގޭގައި ހުރި ފޮށިގަނޑަކުން ވަގުތީ ބަރުދަނުގައި ތިން ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އަދި އެ ފޮށިގަނޑުން ގިނަ އަދަދެއްގެ ފައިސާ ވެސް ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުން ވަނީ މއ. އަނޫމާ ގޭގައި މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރާ ކަމަށް މައުލޫމާތު ލިބުމުން އެ ގޭގެ ތެރެއިން މަސްތުވާތަކެތި ހުރި ބޮޑު ރަބަރު ޕެކެޓުތަކާއި އެތަކެތި ބަންދު ކުރަން ބޭނުން ކުރާ އާލާތްތަކެއް ފެނިފައިވާކަން ވެސް ހާމަކޮށްފައެވެ. އަދި އެ ގެއިން 530 ގްރާމްގެ ކެނަބިސް ފެނިފައިވާ ކަމަށާއި 9.9 ގްރާމްގެ ހެރޮއިން ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެއީ ފަސްލައްކަ ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަމަށް ފުލުހުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދުރުމި

    މާދަމާ ދޫކޮށްލާ ކުއްސާބިތު ނުވާކަމަށް ނިންމާފަ

  2. ާއަނބޭ

    ޔަގީންތަ ތީ މަސްތުވާ އެއްޗިސް ކަން.. އެހެންޔާ ވެސް ޝައްކު ވިއްޔަ ވަނީ...

  3. ދެކުނުތަރި

    މޮޅުވާހަކަ. އުމުރަށް ޖަލަށް ހުކުމްކޮށްފަ ތިބި މީހުން މިހާރުވެސް މާލޭ މަގުމަތީގަ އުޅޭއިރު މިސަރުކާރުގެ ސްޕޮންސަ ނޫން ދެން ކޯންޗެއް

  4. ނަސީމް

    މިތަކެތި ރާއްޖެ އެތެރެކުރަނީ ކިހިނެއްބާ އެކަމަކު އެއަރޕޯޓުން މީހަކު ޖީބުގަ ދަގަނޑު ރުފިޔާއެއްގެ މިންބަރު އޮތަސް އަތްކޮއްޕަްިގެން ނަގާ ފާސް ކުރޭ މިއީ އަޅެ އަޖައިބެއް ނުން!

  5. ރުޒާނާ ޗޮއްޕަޓު

    ކީއްކުރަން ހައްޔަރުކުރާ ބައެއް. ސިނަމާލެ ފްލެޓްތެރޭ މަގުމަތީ ބާޒާރު ހުޅުވާފަ އޮންނަތާ މަދަކަ ދުވަހެއް ނޫން. ހަމަ އެއްބަޔަކުވެސް ނުދެނަހުރި. އެތާ މިހާރު ދިރިއުޅެވޭ ވަރެއް ނޫން. މަސްތުވާ ތަކެތި ވިއްކާ ބޮޑު ކިއްލާއަކާ އެތަނަކާ ތަފާތެއް ނެތް.