އަންހެން ކުއްޖަކު ގެސްޓްހައުސްއެއްގައި ރޭޕްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ އުނައިސް އަޙްމަދު (25އ)ގެ މައްޗަށް ހަތަރު ދައުވާއެއްކޮށް، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

އުވައިޝްއަކީ ޝަޚްޞު އޮޅުވާލައިގެން އެ ކުއްޖާއާ ރައްޓެހިވެ، އެކުއްޖާގެ ބައްޕަގެ އަތުން މަކަރާޙީލަތުން ފައިސާ ހޯދައި، އެކުއްޖާ ޑޮކްޓަރަށް ދެއްކުމަށްކަމަށް ބުނެ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހުގެ ވަގުތެއްގައި އެކުއްޖާ މާލެ ގެނެސް ޖިންސީ ގުޅުން ހިންގުމަށް ހިތްވަރުދީ، އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މީހެކެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ، އުނައިސް މައްޗަށް ކުރެވެނީކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާއާއި، ޝަޚްޞު އޮޅުވާލުމުގެ ކުށުގެ ދަޢުވާއާއި، މަކަރާއި ޙީލަތްހެދުމުގެ ކުށުގެ ދަޢުވާއާއި، ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދަޢުވާ ކަމަށެވެ.

އަދި މި ހަތަރު ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް ޝަފީއު ވިދާޅުވިއެވެ.

މީގެ ކުރިން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޔަހުޔާ

  ކޮބާހޭ ސަފާރީއަކަށް ރާއްޖޭގައި އުޅުނު ގެސްޓެއް ގެންގޮސް ރޭޕްކުރި މީހުން. އެމީހުން ރެއިން ރެއަށް ދޫކުރެވޭ. ހައްޔަރު ވީމަ އިއްޒަތްތެތި މެންބަރުގެ 2 ކުދިންގެ ހައްގުގައި ދޫކޮށްލެވޭ. ގެވަޅު ހޯދަންވީމަ އިއްޒަތްތެރި މެންބަރުގެ 2 ކުދިންގެ ހައްގުގައި ޕޮއިންޓް ދެވޭ އުސޫލު ބަދަލުވޭ. ގޭތެރޭ ވެރިކަން. ގޭތެރޭ ޑިޒިޝަން މުޅި ރާއްޖޭގެ ވެރިކަން ހިންގަން ކަމަކު ނުދޭ. އުނައިސް އަށް ވެސް، ސަފާރީގައި ރޭޕްކުރި މީހުންނަށް ވެސް ދައުވާ އުފުލެންވާނެ. ވަލިއްޔުލް އަމްރާ، މަޖުލީހުގެ ރައީސާއި ނައިބް ރައީސާ، ޕޮލިސް ކޮމިޝަނަރާއި އިންޓެލްޖެންސް ހެޑް ގޭތެރޭތިބެ ވާހަކަ ދައްކާލާފައި ރާއްޖޭގެ ނިޒާމްތައް ފުޑާލުން ބަލައެއް ނުގަންނާނެ މިރާއްޖެއަކުން

  33
  2
  • މާމިގިލީ މީހާ

   ބިދޭސީ އަންހެނުން ރޭޕު ކުރިޔަސް ހައްޔަރެއް ނުކުރާނެ، އެކަމު ދޭސީ އަންހެނުން ރޭޕް ކޮއްފިޔާ ހައްޔަރު ކުރާނެ. މީ ދިވެހި ގާނޫނުގަ އޮތް ގޮތް.

   1
   3