ރޭޕްކުރާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ބަޔާނެއް ނެރެފިއެވެ.

އިއްޔެގެ ވަގުތެއްގައި ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ދެ ފިރިހެނަކުވެގެން ރޭޕް ކުރި ކުރުން ކުށްވެރިކޮށް އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކުށުގެ ވެށިން ކަަމަށްވާއިރު ތަހުގީގުގެ މުއްދަތަށް އެމީހުން ހައްޔަރުކޮށް، ބަންދުކުރުމަށް އެކަށީގެންވާ ސަބަބެއް ނެތްކަމަށްބުނެ ފުލުހުންގެ އިދާރާއިން އެދެމީހުން ދޫކޮށްލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެ މީހުން ދޫކޮށްލި ނަމަވެސް އެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ ކޯލިޝަނުން ބުނީ، ރޭޕް ކުރުންފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަކީ އެންމެ ނުބައި މުޖުރިމުން ކަމަށާއި، އެ މީހުންނަށް ޤާނޫނުލް ޢުޤޫބާތުގައި އެފަދަ ފަރާތްތަކަށް ދިނުމަށް ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދޭން ޖެހޭނެކަމަށެވެ.

"މިކަމުގައި ވަކި ޢާއިލާއަކަށް ނުވަތަ މަޤާމަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއްނެތި، ޤާނޫނު ތަންފީޒު ކުރެވެންޖެހޭނެއެވެ. މިފަދަ ލާއިންސާނީ، އަނިޔާވެރި ޢަމަލު ހިންގާ މީހުންނަކީ މުޖްތަމަޢުގެ ތެރެއަށް ދޫކުރެވިފައި ތިބެގެން އެއްގޮތަކަށްވެސް ތިބެގެންވާނެ ބައެއް ނޫނެވެ"، އެ ބަޔާނުގައި ވެއެވެ.

އެބަޔާނުގައި އިތުރަށް ބުނީ، ފަހަކަށް އައިސް ރާއްޖޭގައި ރޭޕްގެ ޝިކާރައަކަށްވާ މީހުންގެ ޢަދަދު އިތުރުވަމުންދާ ދިއުމަކީ އެކަމާއި ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި މިފަދަ ކަންކަން ހުއްޓުވޭނީ ކަމާބެހޭ ހުރިހާ ފަރާތްތަކުން، އެގޮތުން ސަރުކާރާއި ތަޙުޤީޤީ އިދާރާތަކާއި ޝަރުޢީ ދާއިރާއާއި ޙައްޤުތައް ހިމާޔަތްކުރާ މުއައްސަސާތަކުންވެސް ފުރިހަމަ ޒިއްމާ އަދާކޮށްގެން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވާގޮތުން ރާއްޖެ އައިސް އުޅޭ ފަތުރުވެރިންނަށް މިފަދަ ލާއިންސާނީ ޢަމަލު ހިންގުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އޭގެ ގެއްލުން ކުރިމަތިވާނެ ކަމެއް ކަމަށެވެ. އަދި ރޭޕްގެ ސަބަބުން ލިބޭ ޖިސްމާނީ، ނަފްސާނީ ގެއްލުމަކީ އެތައް އަހަރަކަށް ދެމިގެންދާ ގެއްލުންތަކެވެ. ރާއްޖޭގައި ނިރުބަޔާފަދަ ކޭސްއެއް ތިލަވުމުގެ ކުރިން މިކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

"އެހެންކަމުން، އެއްވެސް ތަފާތު ކުރުމެއް އޮޅުވާލުމެއްނެތި، ޖިންސީ ގޯނާލިބުނު ފަރާތުގެ ޙައްޤުތައް ޙިމާޔަތްކޮށްދީ އިންސާފު ހޯދައިދިނުމަށާއި، މިކަންކުރިބަޔަކަށް ޤާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް މިކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާއަށާއި ކަމާބެހޭ އިދާރާތަކަށް ގޮވާލަމެވެ"، އެ ބަޔާނުގައި ވެއެވެ.

އެ އެ އަންހެން މީހާ ރޭޕް ކުރި މީހުންގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޝިއުނާ މޮރިޝަސް

    މެންބަރު ޖީހާނުގެ ފިރިމީހާ އަދި އިބޫގެ ތިމާގެ ކުއްޖެއް ދޯ¿

    13
    3
  2. އިންކާރުނުކުރާށޭ

    ޖިންސީ ގޯނާ ކުރި މީހުން ދޫކޮށްލައިގެން ނުވާނެ ކަމަށް އިދިކޮޅު ޕީޕީއެމް އިން ގޮވާލުން ނުން ކަމެއް ނުވެއޭ ބަދަލުގައި މިފަދަ ކަންކަން ދިމާވާން މިޖެހެނީ ގުޅިފައިވާ އެތައް ފަރުވާ ކުޑަ ކަންކަމާއި ހެދި ކަން އެންމެން ވެސް ދަނެގެން ދަ ރާއްޖެެތެރޭގައި ދިރިއުޅޭ މީހުން ފަރުވާ ކުޑަ ކުރާ ގިނަ ކަންކަމަށް އެމެން ހޭލުން ތެރި ކުރުވުމަށް ޓަކައި އާބާދީގައި 5 ހާސް ހަމަނުވާ ރަށްރަށު މީހުން މާލެ ބަދަލު ކުރަން ވިސްނުން ގެންގުޅެންވީއޭ މިކަމަށް މަމެން ވެސް ތަމެން ވެސް އިންކާރުނުުކުރާށޭ އިންކާރުނުކުރާށޭ...

    1
    2
  3. ފެކްޓް

    ބުނަން ވާހަކައެއް! ރޭޕަކަސް ޒިނޭއަކަސް ޤަޛުފަކަސް ވައްކަމަކަސް ފޭރުމަކަސް މީހުން މެރުމަކަސް ރާބުއިމަކަސް ނުޙައްޤުމުދާ ކެއުމަކަސް ޚިޔާނާތްތެރިވުމަކަސް، އެންމެ އެކަށީގެންވާ ޢުޤޫބާތު (އެންމެ ހަރުކަށި ނުވަތަ އެންމެ ލުއި އަދަބު) ވަނީ ދީމުގައި ކަނޑައަޅާފައި. ތިބުނާ ދީނާއި ޤައުމުދެކެ ލޯބިވާ ކަމަށް ދައުވާ ކުރާ މީހުންގެ ދައުވާ ތެދުނަމަ، މިއައްވުރެ ފުރިހަމަ ޤާނޫނުލް ޢުޤޫބާއެއް އޮއްވާ ފެންނާނެތޯ! ޙަޤީޤަތުގައިވެސް މި މީހުންގެ ބޭނުމަކީ އިސްލާހުކުރުން ކަމުގައިވާނަމަ އަދި މިއީ (މި ސިޔާސީ މީހުން) ރައްތިތުންގެ މާޔޫސްތަކާއި މެދު ކަންބޮޑުވާ ބައެއް ނަމަ ކުށް ކުރުމުންނާއި އަނިޔާގެ ޝިކާރައަށް ވުމުން ހުއްޓުވެން އޮތް އަސްލުގައި ހިފާނެ.

  4. ސޮނިފުހޭ

    އާއިލާގެ އަސްލު ސޫރަ ބޮޑު މަން-ޒަރު ޖީހާން އަށްވެސް ސާބަސް އެވަރުގެ މުޑުދާރަކާ ހެދިތަ ތި ތެޅި ފޮޅެނީ ފިރިހެނުން ނަށް ވެސް ހުތުރު އަންހެނުންނަށް ވެސް ހުތުރު ހިޔުމަން ރައިޓްސް އަށް ވެސް ހުތުރު ބޯހަލާކު

  5. މޮޔަސޮރު

    ކަލޯމެންގެ ވެރިކަމުގަ ކީއްވެ ތިބުނާ އަދަބު ނުދިނީ

    4
    4
  6. ވަތަނީ

    ގުންޑާ މޑޕ އަށް ނިސްބަތްވާ އެއްވެސް ކުށްވެރިއަކު ކުރާ
    ކުށްތައް މިސަރުކާރުން ނުބަލާއެވެ އޭގެ ބަދަލުގައި ބަލާނީ
    ކުރީސަރުކާރުގައި ރައްޔިތުންނަށް އަގު ހުރި ޚިދުމަތްތަކެއް
    ކޮށްދެއްވި ބޭބޭފުޅުން ހިފާ ހައްޔަރުކޮށް ޖަލުގައި ތާށި ކުރުމަށެވެ މިނޫންކަމެއް އައްނި ސަރުކާރުން ނުކުރާނެއެވެ
    ނުވެސް ކުރެވޭނެއެވެ.

  7. ރާޅު

    އިސްލާމީ އަދަބު ދީފިއްޔާ އެކަން ހުއްޓިދާނެތަ؟

  8. ހިންނަވަރު

    ވައްކަން ކުރާ މީހުންގެ އަތް ސަލާމަތުން ހުންނަނީ ކޮން ގޮތަކުން އެހެންވީ އިރު؟

  9. އަހްމަދު

    ފިޔަވަޅެއްނޭޅޭނެ ރޭޕެއްކުރިޔަސް ވައްކަމެއްކުރިޔަސް ފޭރުނަސް ހިޔާނާތެއްވިއަސް އެއްޖިންސުން ގުޅުންހިންގިއަސް ހުރިހާކަމެއްގަވެސް މިހިމެނެނީ މިސަރުކާރުގެބޮޑުން ދެންކިހިނެއް ފިޔަވަޅުއަޅަނީ ހައްޔަރެއނުކުރެވޭނެ ޖެހޭނީދޫކޮށްލަން