ކޮވިޑް-19 ފެތުރެމުން އަންނާތީ އާއްމު ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ އުސޫލާއި ހިލާފަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ގެއަކަށް ވަޑައިގެން، ކެއުމެއްގައި ބައިވެރިވެއްޖެއެވެ.

އެޗްޕީއޭ އިން އާއްމު ކޮށްފައި އޮންނަ އުސޫލުގައި ބުނާ ގޮތުގައި ކޮވިޑް-19 ފެތުރެމުން އަންނާތީ ދިރިއުޅޭ ގެ ފިޔަވައި އެހެން ގެތަކަށް ޒިޔާރަތް ކުރުމަކީ މަނާ ކަމެކެވެ. ހާއްސަކޮށް ރަހުމަތްތެރިންނާއި އާއިލާ މެންބަރުންގެ ގެތަކަށް ޒިޔާރަތް ކުރުމަކީ މަނާކަމެއް ކަން އެޗްޕީއޭގެ އުސޫލުގައި ފާހަގަ ކޮށްފައި ވެއެވެ.

ނަމަވެސް ރައީސް ނަޝީދާއި އާޒިމް ގެއަކަށް ޒިޔާރަތްކޮށް ކެއުމެއްގައި ބައިވެރިވަމުންދާ މަންޒަރު ފެންނަ ފޮޓޯއެއް އެމްޑީޕީގެ މެންބަރު ފާތިމަތު ޝިއުނާ ވަނީ މިރޭ ޓްވީޓް ކޮށްފައެވެ. ޝިއުނާ ބުނީ އެއީ މިހާރު ހިނގަމުންދާ ކަމެއް ކަމަށެވެ. ފޮޓޯ އިން ޝިއުނާގެ އިތުރުން އިތުރު އެހެން މީހަކު ވެސް ފެނެއެވެ.

ފޮޓޯ އާއްމު ވުމާއި އެކު ގިނަ ބަޔަކު އަންނަނީ ރައީސް ނަޝީދާއި އާޒިމް، އެޗްޕީއޭގެ އުސޫލާއި ހިލާފު ވުމުން އެބޭފުޅުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

ރައީސް ނަޝީދު މީގެ ކުރިން ވެސް އެޗްޕީއޭގެ އެންގުމާއި ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވެސް ބާއްވަން ނިންމަވާފައެވެ. އެމަނިކުފާނުގެ ނިންމެވުމާއި ގުޅިގެން ފިޔަވަޅެއް އެޅުމުގެ ބަދަލުގައި އެޗްޕީއޭ އިން ވަނީ އުސޫލު ބަދަލުކޮށް ޖަލްސާ ބޭއްވުމުގެ ހުއްދަ ފަހުން ދެއްވާފައެވެ.

ރައީސް ނަޝީދު ވަނީ ކޮވިޑް-19 ފެތުރެމުން ދިޔަ ނަމަވެސް ގޭބަންދުގައި ނުތިބެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅު ހައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

  1. ރަބަރޭ

    ބޮޑުން ކުރުމުން އޯކޭ ނިކަމެތި މީހާ ކުރުމުން ގާނޫނު ތަންފީޒު ކުރެވޭނެ. ގައުމުގެ ހަލާކު

    292
    2
  2. އަމްރިޝްޕޫރީ

    ދެން އެޗްޕީއޭއިން މާދަމައިން އަންގާނެ ގޭގެއަށްދެވޭނެއޭ! އެނިމުނީނުން! ބަތާހަރާމީން!

    265
    2
  3. ޖުހާ

    ބޭކާރު ގޮތުގައި ޓޭކްއަވޭ ތަންތަނަށް ގޮސް ކޮފީ ބޯން މާސްކް ނާޅާ، 3 ފޫޓް ވެސް ނުހުންނަަހާ ކައިރީގަ ތބޭ މީހުނަށްވެސް ފިޔަަވަޅު އެޅުމަށް ރައްޔިތުން ގޮވަންޖެހޭ.. އެގޮތަށް ކޮފީ ތަކަށް ގޮސް މީސް މީޑިޔާ އަށް ފޮޓޯލާ މީހުންގެ ޚަބަރުވެސް ވަގުތު ނޫހުގަ އެބަ ލިޔަންޖެހޭ...

    134
    50
    • ަައަމީރާ

      އެހެން ދޯ. ކަލޭ ކޮފީ މޭޒުމަތީ ހުރެ ކޮމެންޓު ނުކޮށްބަ !

      24
      3
  4. ޖަބަލްޕޫރު

    އެއްދިވެއްސަކު އެޗްޕީއޭގެ ގަވައިދާއި ޚިލާފްވެން 8 ފަހަރު ޖުރުމާނާ ކޮށްފަވޭ. ރައީސްނަޝީދާއި އާޒިމް އަށް ވަކި ގާނޫނެއްނޯވޭ. ވަގުތުން ޖުރުމާނާ ކުރައްވާ.

    117
    1
    • ކާފަބޭ2020

      ހައްހައްހާ 1 ރުފިޔާއިންޖޫރިމަނާވީ ތަންފީޒުވީނުދޯ!

      13
  5. ދިވެހިސޮރު

    ކޮބާ މައިމޫނާ ؟ ކޮބާ ފުލުހުން.. އެމީހުން ޖުރުމަނާކޮށޤހައްޔަރުކުރޭ..އެއޮތީ އެޗްޕީ އޭއަށް އަދި ފުލުހުންނަށް ގޮންޖަހާފަ ދެ ބޭޅާ

    87
    2
  6. ކުއްވެރިން

    އެމީހުންގެ ކަށީގަ ހިފާފަހުރިކަމެއް ނުކެނޑުވޭނެ އެއީކުއްކުރުމައް އާދަވެފާތިބި ބައެއް އެއީ އަސްލުކުށުގެވެރިންނަކީ

    85
    2
  7. ދަރަނި ދަންތުރަ

    ކެފޭ ހޮޓާ ތަކުން މިގޮތަށް ހިދުމަތްދީފި ނަމަ ޖޫރިމަނާ ކުރޭ އެއުސޫލުން މި 4 މީހުން ޖޫރިމަނާ ކުރޭ ، އެހެންނޫނީ ކެފޭ ރެސްޓޯރަންޓު ހޮޓާތަށްވެސް މިގޮތަށް ހިދުމަތްދޭން ފަށާ ޖޫރިމަނާ އެއްނުކުރެވޭނެ މިފުޓޯއިން ތިޔަފެއްނަނީ ކޮވިޑު އާއްމުކުރަން އުޅެ 4 މުޖުރިމުން ރީދޫ މުއްލާއިންނަކީ ގާނޫނަން ގަވައިދަށް ކިޔަމަންވާ ބައެއްނޫން ބޮޑެތި މުޖުރިމުން...

    73
  8. ފިއަލަ

    ލޮކްޑައުންގެސަބަބުން ކާންނުލިބި ބަނޑައްޖެހިފަތިބި ބައެއް ކޮންމެތާކުން އެއްޗެއްލިބުނަސް އެދިމާލަކައްދާނެ

    68
    2
  9. ޢަފްލާ

    ބުއްޅަބޭ

    53
    2
  10. ައަހުމަދު

    ތީއެއްވެސް މައްސަލައެއް ނޫން ، އެކަމަކު އަހަރެމެން ކަހަލަ ނިކަމެތި މީހަކުތިހެން ގޮސްބަލަ އެއިރުން ނާލާނެ ފިޔަވަޅެއް ނޯންނާނެ ، މިޤައުމަކީ އިންސާފެއް އޮންނަ ޤައުމެއް ނޫން ބޮޑުންނަށް ވަކިގޮތެއް ނިކަމެތިމީހާއަށް ވަކިގޮތެއް އެޔައް ނުކިޔާނެ އިންސާފެކޭ، ކޮންމެވެސް އެހެން އެއްޗެކޭ ކިޔާނީ . 100% މުސްލިމު ޤައުމެކޭ ކިޔިދާނެ އެހެންޤައުމަކަށްމެސް ހަމަ ކިޔަނިކޮށް ، އެނޫންނަމަ މިޤައުމުގައި އޮންނާނެ އަޑުލުވެރި ކަމާއި އިންސާފް.

    65
  11. ބުއްޅަ ހުއްތުގެ ކޮތަރު ކޮށި

    ކެނެރީގެ ބުއްޅަބޭ އަކީ މި ޤައުމުގެ ހަލާކު. ދިވެހީން ނަށް ޖެހިފައިވާ ބޮޑު ވަބާ ބަލާ އަފާތެއް.

    79
    1
  12. އަހާ

    އެޗުޕީ އޭ އަށް ވުރެމަތީގަ އުޅޭބަޔަކު ކުރާކަމެއް އެޗުޕީ އޭ އިން ބަލާނީލިހިނެއް

    71
    2
  13. ޚާލިދު

    ބުނަން ވާހަ ކައެއް މިރާއްޖެއަށް ކުރިމަތި ވެފާއޮތް .އެންމެ ބޮޑު ބަލި މަޑު ކަމަ ކީ ތިމާ ތާއީދު ކުރާ މީހަ ކު ކަމެއް ކުރީމަ އެ ކަން ރަނގަޅު ކަމަ ކަށް ދުށުމުގެ ބަލިމަޑު ކަން .

    76
  14. އިބްރާހީމް

    ތިޔަ ނަޝީދަކީ، މިޤައުމުގެ ހަލާކު ހެޔޮ ނުވާނެ އޭނަ ހައްޔަރުކުރޭ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ނުހިތުމުގެ ސަޤާފަތެއް ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އަށަގަންނުވަން އޭނަ އުޅެނީ، މަޝްހޫރުވާންވެގެން.

    68
  15. އޭނާ

    ނަޝީދުވެއްޖެއްޔާ އޯކޭ ކަމަށް ބަލާ. ވަކަރުގަނޑު މާ ވަޑިޔާހިތައް ނިޔާ ފަނޑިޔާރާ ހިތައް ދާ އުސޫލް މި އޮންނަނީ ރާއްޖޭގައި. ދެރަ ނިކަމެތިންނަށް ވަކިގޮތެއް ޖާހާ ބާރުގައި ހުރި މީހާއަށް ވަކި ގޮތެއް...މީ ބަނީ އިސްރާއިލް ބާގައިގެ މީހުން ހަލާކު ވުމުގެ އަސްލު

    57
  16. ރަންނަމާރި 19

    މީ ހަމަ ބޮޑު ވެގެންވާ ބަލާ ވެރިކަމެއް. މީކީ ގާނޫނެއް ގަވައިދެއް އޮންނަ އެއްޗިހިން ތަކައްނޫން.

    62
    1
  17. ނަބީހް

    އޭ ނަޝީދޫ...
    ކަލޯ އެހެން މީހުންނަށް މަލާމާތްކޮށް ފާޑުކިޔާ ހެދުމުގެ ކުރިން ކަލޯ އެހެންމީހުންނަށް ފާޑުކިޔާ ކަންކަން ކަލޯ އަށް ކުރެވޭ މިންވަރު ނުވަތަ އެ ސިފަތައް ކަލޯގެ ގައިގައި ހުރި މިންވަރު ދެނެގަންނާށެވެ.. މީހުންނަށް ފާޑުކިޔާ ނެތިމޮށުމުން ލިބޭނީ ހުސް ޢަޒާބޭ..... މިއަދު ވެސް ކަލޯ ކުރި ކަންތައް ބަލާ ބަލަ ...ކަލޯ ތީ ރައްޔިތުންނަށް ނަމޫނާ ދައްކާން މަޖިލިހަށް އަރާ ހުރި 'ޢިއްޒަތް' ތެރި މަނިކުފާނެއް ނުވަތަ ތިމަން ސޮރަކީ ޢަދުލު ވެރިއެއް ނަމަ ތިޔަކަން ތިޔަ ގޮތައް ވެސް ނުކުރީހެވެ.......
    ބައިވަރު ވާހަކަ......

    56
  18. ޕްރިޕެއިޑް ވަގު

    ވަގުންގެ ޖާފަތް...އެއްވެސް ކަހަލަ ސިފައެއް ނެތް ބައެއް ....ވަރަށް އަވަހަށް ﷲ ގެ ރަހއމަތާއެކު އަނިޔާވެރިން ބަލިކުރައްވާށި.ގިނަގިނައިން ﷲ އަށް ވަކީލު ކޮށް ދުއާ ކުރޭ މި ނޫން ބަޔަކު މި ދިވެހި މުސްލިމް އުންމަތުގެ ވެރިންގެ ގޮތުގައި ލައްވާތޯ..

    57
    2
  19. ނަޖީ

    ކޮބާތޯ މައިމޫނާ ދެން ކީކޭބާ މައިމޫނާބުނާނީ ނިކުންނަންވީ ދެންބަލަން ތިބެގެން ނުވާނެ ނަމޫނާދައްކާފަ އެވަނީ

    43
    1
  20. ޅަލަލަލަލލަ

    ޢާންމުން ނަށް އޮތް ގޮތް ތަފާތު ގެރިންނަށް އޮތް ގޮތް ތަފާތު

    34
  21. gamaaru

    Dr.jameel muizu mengeyah goss beyvi haflaa okay dhw

    6
    16
  22. ބޯޖަލީލު

    މަޖިލީހުގެ ރައީސް އަދި ރީދޫގުރޫޕުގެ ލީޑަރު ރައްޔިތުންނަށް ނަމޫނާ ދައްކައިދެނީ ގޮތެއްފޮތެއްނެތް ލަދުހަޔާތްކުޑަ ބައިގަނޑެއްތީ..

    42
    2
  23. ހަސަން

    ގޮތެއްފޮތެއްނެތްބައެއް

    39
  24. ޝިއުނާ

    އެޗްޕީއޭގެ ޕްރެސް ކޮންފެރެންސްގަ ވާނެ ސުވާލުކުރަން ހެތްކާއެކު??

    42
    • ވަޒީރެއާލާ

      މަބުރޫކު ބުނީ އަދި ތިމައުލޫމާތު ލިބިފައެއްނެތޯ. ޕްރެސް ނިންމާލާފާ ޖަވާބެއް ހޯދާދޭނަމޯ.

      • ޝިއުނާ

        ?? އަބަ ޖަވާބު އަރުވާނަން ދެންއަންނަ ރެއަކު

  25. އެމަންޖެ

    ނަސީދު ހުރިހާ ކަމެއްވެސް ކުރީ ޕޮރޮޓެކްސަން ބޭނުން ކޮއްގެނޭދޯ ޝިއޫ. އެއްވެސް ކަހަލަ ބައްޔެއް ނާރާނެކަން 100 %.

    32
  26. ޕޯސްޓްޕެއިޑް

    މީރު ދޯ ކެއުންގަނޑު... މިރޭ އޮތީ ޝިއު ސްޕެޝަލް

    32
  27. ތާކިހާ

    ސަރުކާރުން ކަންކަން ފޮރުވަން ދެބޯގެރި ދުއްވަނީ. ރައްޔިތުންނަށް އެނގޭ ތިކުޅޭ ކުޅިގަނޑު.

    17
    1
  28. ޓައްޕު

    ހެއްހެއްހޭ އިޖްތިމާއީ ބޮކްސާ ލަދުން ބޯހަލާކު

    13
    1
  29. އަންނާރު

    އެމީހުން އެކަންޏެއްނޫން. އުސޫލާ ހިލާފަށް އެތަށްބަޔަކު އެކިގޭގެއަށްދޭ.

    4
    8
  30. ޖާބެ

    ޢެއްވެސް ޤާނޫނެއް އުސޫލެއް ނުހިގާނެ ތާ

    13
    1
  31. ބަޑުއަޅާ

    ހައްހައްހާ މިއާޒިމް މިހާވަރަ ކުން އަންނިޔާއި އަވަލައިގެން މިއުޅެނީ ކެއުމާއިގެންދޯ މިފަދަހާލަތެއްގައި ވެސް އެމީހުން އެދުވަނީ ހެވިލާފައި ކެއުމައިގެން ރައްޔިތުން އަނގަޔާއި އަތާތިމާނުވެގެން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އުޅޭއިރުވެސް އެބައިގަނޑު އުޅޭގޮތް ރައްޔިތުނަށް އެބަފެނެއެއްނު!

    13
  32. ޢާސީ

    ސާބަހޭ ތީދެން ބޮޑުވަރު ޕޮލިހައް ގޮންޖެއްސަސް..

  33. އާއްޓޭ

    ބަނޑަށް ޖެހިފަ ހުންނަ މީހެއްދޯ ނަޝީދު މީ

    12
  34. ޕުރީހިރުވާލީ

    މި ދެމީހުން ކޮންގަނޑެއްގަންނަންބާ ދެ އަންހެނުން ކައިރިކޮއްގެން މިތިބީ.

    14
  35. ތާކިހާ

    މިސަރުކާރުގެ ވައްކަން އޮންބަން ކުރާ ކަންތައް ދެބޯގެރި

    17
  36. ރައްޔިތުމީހާ

    ތީ މިގައުމުގެ ހަލާކު ހަމައެއްލަމައެއްނެތް .

  37. ައަލީ

    އެޖެންޑާ 19 ގައި ހުރިހާ އެއްޗަ ކީވެސް ލީޑަރު. ލީޑަރު އުޅޭ ގޮތަ ކަށް އުޅުނީމާ ނިމުނީ.. ކަލްޓުންނަށް އޮންނާނީ އޭނާއަށް އެއިރަ ކު ފެންނަ ގޮތް. ގާނޫނެއް ގަވާއިދެއް ދީނޭއް ނޯންނާނެ

  38. ސަޅި

    ކޮބާ ޕީޖީ.؟ ދައުވާ އަމިއްލައަށްކުރާ. ތަހުގީގުކިރަން ޕޮލިހަކަށް ނާންގާތަ؟ ކުރެއްދޫމައްސަލަ އެކަނޮދޯ އެ ބުރާންޗަށް ފެނުނީ

    7
    1
  39. ބެއްޔާ

    ރޭގަނޑު ގޭގެއަށް ހިނގަނިކޮށް މިތިބީ ބަސްޓުވެފަ. އެމްޑީޕީގެ ޕްރިޕެއިޑް ޝިއުނާ. ބުޅައްބޭގެ ސިއްރު އެޖެންޓް. ސިޔާސީގޮތުން އޭނައާ ދެކޮޅު މީހުން ބްލެކްމެއިލްކުރާ އެޖެންޓް

  40. މޫސާ

    ރައީސް ސޯލިހު ވިދާޅުވި އެންމެންނަށް ހަމަހަމަ ގާނޫނީ ސަރުކާރު މި ހިންގަނީ.!!

  41. އަލީބަލީ

    މިހާރު ލޮކްޑައުން އޮތީ އުވާލާފަ. އަހަރެންވެސް ތިމާގެ ގާތް މީހުންގެ ގޭގެއަށް ގޮސް ކަން.

  42. ނަޝީދު

    އަޅުގަނޑުމެން ދިޔައީ ހުއްދަހޯދައިގެން. މައިމޫނާ ގާތު އަހާބަލަ.

  43. Anonymous

    މިކަލޭގެ ކުރިމާ ޤަވާއިދު ބަދަލުކޮށްލާނީ! އެހެންނޫނީ ބިރުދައްކާނެ!

  44. ޙަސަން

    ތީ ބޮޑު ނުފޮރުއްޕާނެއް

  45. ޯކމމ

    އުސޫލާ އެއްގޮތަށް ކަލޭމެން ތިބެނީ ގެއިން ނުނިކުމެ ބާ،