ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 12 މީހަކު މިއަދު ބަލިން ރަނގަޅު ވެއްޖެއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 1875 އަށް ވަނީ އިތުރުވެފައެވެ.

މިއަދު ރަނގަޅުވި މީހުންނާއި އެކު ރާއްޖެއިން މިހާތަނަށް މި ބަލިޖެހުނު 2305 މީހުންގެ ތެރެއިން %81 އަށްވުރެ ގިނަ މީހުން މިވަނީ ބަލިން ރަނގަޅުވެފައެވެ.

އެންމެފަހުން އިއުލާންކުރި ފުރަބަންދުގެ މުއްދަތު މާދަމައަށް ހަމަވާއިރު، އިތުރު ލުއިތަކެއް ޖުލައި 1 ވަނަ ދުވަހުން ފެށިގެން ދިނުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނުތާ މިއަދަށް 112 ދުވަސްވެފައިވާއިރު ބަލިޖެހުނު މީހުންގެ ތެރެއިން ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 408 އަށް މަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު