ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި އަމިއްލައަށް މަރުވުމުގެ ވިސްނުން ގެންގުޅޭ މައްސަލަތައް އިތުރުވެފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
މިކަން ހާމަކުރައްވާ ޖެންޑަރ މިނިސްޓަރ، އާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، އެ މިނިސްޓްރީއަށް މިދިޔަ މާރިޗު މަހާއި އޭޕްރިލް މަހު ހުށަހެޅުނު މައްސަލަތަކަށްވުރެ، ނިމިދިޔަ މޭއި މަހު ފަހުކޮޅު ހުށަހެޅުނު މައްސަލަތައް ގިނަވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ގިނައީ ޖިނާޢީ މައްސަލަތަކާއި ނަފްސާނީ މައްސަލަތައް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ފަހުގެ މަޢުލޫމާތުތައް މީޑިއާތަކާއި ޙިއްސާކުރުމަށް މިރޭ ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، ފަހަކަށް އައިސް މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި "ސުއިސައިޑާ ގުޅޭ ގޮތުން، އެ ވިސްނުމާއި އެ ފިކުރާއި އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކާލަން ބޭނުންވެގެން ގުޅާ މީހުން" ފާހަގަކުރެވޭ ކަމަށެވެ.
މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، މިފަދަ ވޭދަނަ (ކޭސް) ތަކުގައި އެހެން ޤައުމުތަކުގައި ޤާއިމްކުރެވިފައިވާ ޚާއްސަ ނިޒާމުތަކެއް ރާއްޖޭގައި ނެތްނަމަވެސް، މިނިސްޓްރީން ޤާއިމްކޮށްފައިވާ ހޮޓްލައިން (1412) އަށް ގުޅުމުން ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމަށެވެ. މިގޮތުން ރިޕޯޓްކުރާ ފަރާތްތަކަށް ޑޮކްޓަރުންގެ އެހީތެރިކަންވެސް ލިބެމުން އަންނަކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ، ދިމާވާ ހާދިސާތަކާއި ގުޅިގެން ޑިޕްރެޝަނަށްގޮސް އެމީހާ އަމިއްލަ ނަފްސަށް ދެވެން އޮންނަ އެންމެ ބޮޑު އަނިޔާދޭން ތައްޔާރުވާ ހިނދު، އެހީއަށް އެދޭ ވަގުތުގައި އެ އެހީތެރިކަން ލިބެންޖެހޭ ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި ވަގުތުން އެފަރާތްތަކަށް ލިބެންޖެހޭ އެހީ ނުދެވިއްޖެ ނަމަ ހިތާމަވެރި ހާދިސާތައް ދިމާވުމުގެ ފުރުސަތު އޮންނަ ކަމަށް ވެސް މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ނަފްސަށް ގެއްލުމެއްދީ މަރުވުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ދިމާވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދުމަކީ މުޙިންމު ކަމެކެވެ.
ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި:
1. ދަމަނަވެށި: 3318901
2. ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ): 3318804 / 7976325
3. ޔޫތް އެންޑް ސްޕޯޓްސް ސެންޓަރ: 3313755 / 3323860
4. ޖުވެނައިލް ޖަސްޓިސް ޔުނިޓް: 3306691
އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ، ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ.
އީމާންތެރިކަން ވަރުގަދަކޮށް ﷲ ގެ މިންވަރަށް ޝުކުރުވެރިވާންޖެހޭ..އެހޒިތެރިކަން އެންމެ ބޮޑަށް ފޯރުކޮށްދެވޭނީ އާއިލާއަށް.މިފަދަ މައްސަލަ ތަކަށް ވަރަށް ގިނައިން އެހީތެރިކަން ފޯރު ކޮށްދެވިފަ ވާނެ އަލްހަމްދު ﷲ މިހާރު އެމީހުން އުޅެނީ ދީންވެރި އަބުރުވެރި ދިރިއުޅުމެއް.މީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއަކަށް ހަދަމާތޯ....ނަތީޖާ ފެންނާނެ ....
އަމިއްލައަށް މަރުވުމުގެ ވިސްނުން ގެންގުޅޭ "މައްސަލަ" އޭ؟؟؟؟
އުތެމަ ފިކުރު (ސެކިއުލަރ) ފިކުރު ފަތުރަން ފެށިފަހުން މިކަންކަން މި ގިނަވަނީ
ކަންކަމުގަ އިންސާފް ލިބޭނެކަން ޔަގީން ނުވުމުންވެސް މިކަިހަލަ ހާދިސާތައް ގިނަވާނެ
ލާދީނީ މީހުން ގިނަވުމުން އަމިއްލައަށް މަރުވާމީހުން ގިނަވޭ!