ކޮންމެ މަހަކު ފީ ދައްކާގޮތަށް ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް މާލޭ ކާނިވާ ސަރަހައްދުން ޖާގަ ދޫކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މި ޖާގަތައް ދޫކޮށްފައި ވަނީ މަހަކު 3000 ރުފިޔާ ކުލީގެ ގޮތުގައި ނެގުމަށް އެއްބަސްވެގެން ކަމަށާއި، އެގޮތުގެ މަތިން 52 ޖާގައެއް މިހާތަނަށް ދޫކޮށްފައިވާ ކަމަށެވެ.

އަގު ދީގެން ކާނިވާ ސަރަހައްދުގައި ޕާކު ކުރުމަށް ފުރުސަތު ހުޅުވާލުމުުން 146 މީހަކުޝައުގުވެރިކަން ފާޅުކޮށްފައި ކަމަށް އެކައުންސިލުން ވިދާޅުވިއެވެ.

އެ ޖާގަތައް ދޫކުރުމަށް ހުޅުވާލައިފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް މިހާރު ފެތުރެމުން އަންނަ ކޮވިޑް-19އިގެ ބަލިމަޑުކަމާއި ގުޅިގެން ޖާގަތައް ދޫނުކޮށް ކައުންސިލުން ވަނީ މަޑުޖައްސާލާފައެވެ.

މާލޭގެ ކެޕޭސިޓީއަށްވުރެ ވެހިކަލް ގިނަވުމުގެ ސަބަބުން، ޕާކު ކުރާނެ ތަންތަން ނެތް މައްސަލައަށް ހައްލެއް ގެނެސްދިނުމަށްމި ސަރުކާރުން ވަނީ ވައުދުވެފައެވެ. އައެގޮތުން މި މައްސަލަ ހައްލު ކުރުމަށް އިތުރު ޕާކިންގ ޒޯންތަކެއްވެސް ވަނީ މާލޭގައި މިއަހަރުގެ ތެރޭގައި ހަދާފައެވެ.

މި ސަރުކާރުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދަުރުގައި ގާއިމްކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތައް ނަގާފައެވެ. މި ސަރުކާރުން އެ ޕާކިންގ ސިސްޓަމްތައް ނަގާފައިވަނީ އެ ސިސްޓަމްތައް މަސައްކަތް ނުކުރާ ކަމަށާއި، އެކަމަކީ ކުރީގެ ސަރުކާރުން ކޮށްފައިވާ ބޮޑު އިސްރާފެއް ކަމަށް ބުނެއެވެ.

އެ ތަންތަނުގައި ދަނީ އަލުން ޕާކިން ޒޯން ގާއިމްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖާނު

    ގަރާޖުތައް ނެތް ވެހިކަލްތައް ނައްތާލާ

  2. އަލިބެއްޔާ

    ރަނގަޅު ޕޮއިންޓަކަށް ވާނެ.. ކޮންމެ ދެ ޕިކަޕެއްގެ ދޭތެރޭގަ އަނދިރިވާނެ.. ހެހެހެ

  3. އައްޗި

    އެކްޓިވިސްޓަކު ގޮސް ހަޅޭލައިގަތީމާ އަމީނީ މަގުގަ ގަލޮޅުގަ ހިންގަން ހުއްދަދިން ގަރާޖު ކައިރީގައި މަގުމަތީގައި އެމީހުން ވެހިކަލް މަރާމާތުކުރަން (ގަވައިދާ ހިލާފަށް) އަމީނީ މަގުގެ އެހިސާބުގައި ދާދި އިހަކަށްދުވަހު ދެމި ރީނދޫ ދެރޮނގުވެސް ގާބަދަލުކުރާށޭ ކިޔާފައި ފޮހެލިގޮތަށް ދޯ ތިކަންވެސް ދާނީ؟ ސިނަމާލެޔާ އެވިޑާ ދޭތެރޭ އެތަން ހުންނާނެ. މުޅި އަމީނީ މަގުގައި ޑަބަލް ރީނދޫ ދެރޮނގު ދަމާފައި އެއްކަލަ ގަރާޖު ކުރިމަތިން ފޮހެލީ. މީހަކު ބުނީމާ ގަބޫލު ނުކޮށް ނޫހުން ގޮސް ބަލާބަލަ. އެވަރު ކައުންސިލެއްގެ ވާހަކަ ތިދައްކަނީ