2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމަށައި، އެކަން ވަރަށް ބޮޑަށް ޔަގީންކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ "އަވަސް" ނޫހުގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިހާރު ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައި އޮތް ޖަލު ޙުކުމް މަތީ ކޯޓަކުން ބާތިލް ކޮށްފިނަމައެވެ.

ރައީސް ވަހީދު މިއަދު ވިދާޅުވީ "މީގެ ކުރިން މިތަނުގައި ކަންތައް ހިނގާފައިވާ ގޮތައް ބަލާއިރު" ރައީސް ޔާމީން ޖަލުން މިނިވަންވެ ވަޑައިގެން 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ "ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް" ކަމަށެވެ. އަދި ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ވެސް ކުރައްވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ޝައުގުވެރިކަމެއް އަދި ވިސްނުމެއް ވެސް ނެތް ކަމަށާއި، އެމަނިކުފާނަށް ޕީޕީއެމް އިން ރިޔާސީ ޓިކެޓް ހުށަހަޅަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެންމެން އެކަށްޗެއް ކިޔައި އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި މިއީ ރައީސް ޔާމީން ވެސް ޖަލުގައި ބަހައްޓަވަންވީ ވަގުތު ނޫންކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

"ރައީސް ޔާމީން ޖަލުގައި ބައިންދަންވީ ދުވަސްވަރެއް ނޫން މިއީ. އެމަނިކުފާނަކީ ވެސް ވަރަށް ރިސޯސްފުލް ބޭފުޅެއް. ވަރަށް ގިނަކަންކަން ރާއްޖޭގައި ކުރައްވާފައި ހުރި ބޭފުޅެއް. މިދަނޑިވަޅަކީ އެބޭފުޅާ ވެސް ނެރެގެން ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު." ރައީސް ވަހީދު ވިދާޅުވިއެވެ.

ދާދިފަހުން ޕީޕީއެމްގެ މުޝީރުކަމާއި ހަވާލުވެ ވަޑައިގެންނެވި ރައީސް ވަހީދު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ޕީޕީއެމް އިން ވަރަށް ވަރުގަދަ އަށް މަސައްކަތް ކުރާނެ ކަމަށާއި، މިހާރު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ސަރުކާރުގެ ސިޔާސަތުތަކާއި މެދު ހިތްހަމަނުޖެހިފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރައްޔިތުން

    ތިކަން ތިހެންވުން ވަރަށް ގާތް. އެކަން އެހެން އެވަނީ ރައީސް މުޙައްމަދު ނަޝީދަކީ ލިބޭ މިންވަރު ގަބޫލުނުކޮށް ތަންތައް އަދި ކަންކަން އަދި އިންތިޒާމްތައް ހާލި ކޮށްލަން ނުލާހިކު ފޯރި ހުންނަ މީހަކަށްވާތީ އެކަމުގެ ސަބަބުން ގެއްލިގެންދާ އެއްބަވަންތަ ކަމުގެ ނާޖާއިޒު އެހެން މީހުންނަށް ނެގުމުގެ ފުރުޞަތު އޮންނާތީ !

    17
    1
  2. ތައްޓް

    ޢެ އީ ބާގީ އެއ އް ބޮޑު ވަގެ އް ދުވަހަކުވެސް ވެރިކަމެ އް ނުލިބޭނެ.މީހިން މަގުފުރަންދަން ނޫޅެ

    16
    61
  3. އެކްޓަރ

    ރ.ވަހީދު ވެއަތުވެދިޔަ 78 މަސްދުވަހު ހުންނެވީ ސިޔާސީ ކަންތަކާއި ދުރު .. ރ މައުމޫނާއި ވަރަށް ތަފާތު ...އިޚުލާސްތެރި...ނަމަވެސް ރ.ވަހީދަކީ އިލްމީގޮތުން ޕޮރޮފެސަރުން ފެންވަރުގެ ޑރ.އަކަށްވެފަ ތަޖްރިބާގޮތުން ދުނިޔޭގެ ފެންވަރުގެ ލީޑަރަކަށްވީމަ ޤައުމު ފަނާވެ ނެތިދާ މަންޒަރު ބައްލަވަން ހުރުމަށް ޒަމީރު ޤަބޫލް ނުކުރީ..ޑރ. ވަހީދު ޕީޕީއެމްގެ ޕްލެޓް ފޯމްގައި ކުރައްވާ މަސައްކަތަކީ ވަރުގަދަ ޤައުމީ ޖިހާދެއް. . އަހަރަމެން އާދައިގެ ރައްޔިތުންގެ ދުރުމިން ދުރުފެންނަށްވުރެ ރ.ވަހީދު އަށް ޤައުމަށްވާގޮތް އެގިވަޑައިގަންނަވާނެ..އަބަދުވެސް ޕީޕީއެމް މެންބަރުންގެ ލޯބި ރ.ވަހީދަށް އޮވޭ... ރ ޔާމިން 2023 ގެ ރިޔާސީ ރޭހުގައި ނެރުމަށް ވާންވީ ޤުރުބާނެއްވުމަށް މަމެން ތައްޔާރު... އަދި ޑރ.ވަހީދު އާއި ޑރ.ޖަމީލް ކުރީސަފުގައި ތިއްބެވުމީ މިކަން ފަސޭހަ ނުވަތަ އުދަގުލާއި އެކު ނަމަވެސް ކާމިޔާބު ވުމުގެ މުހިންމު އަލިގަދަ ހެއްކެއް... ޑރ.ވަހީދަކީ އަދި ޑރ. އަކީ ބަޔަކު ދައްކާނެ ސިޔާސީ ބިރުތަކަށް ސިހުންވާނެ ލީޑަރުންނެއްނޫން... މިހާރުން މިހާރަށް ރ.ޔާމިން މިނިވަންކުރޭ....

    6
    2
  4. ޓުމޯރީ

    ހާދަ ޔަޤީންކަމާއެކު ތިބުނީ..ދިރިހުންނާނެ ކަން ޔަޤީންތ.........

    25
    12
  5. ސަސި

    މޮޅު މީހުން އއއއއއއ އުޅޭ

    19
    4
  6. މިއަދު

    ސަސީ: ރައިސް ނަޝީދުވަރުނުވިއަސް ރައިސްވަހަިދަށްވެސް ކޮންވެވެސް އެއްޗެއް އެނގިދާނެދޯ ރައިސްނަޝީދަށް އެނގުނުތަ ކޮވިޑް ބަލި ޖެހޭނެމީހުންގެ ޢަދަދާއި އެބަލީގައި މަރުވާނެމީހުންގެ އަދަވެސް ރައިސް ވަހީދު އރވިދާޅުވީ މޮގައުމުގައި ކަންކަން ޖިނގަމުންދާގޮތަށްބަލާއިރު އޮންނަގޮތަށް

    19
    1
  7. ނަޖީ

    އިންށާﷲ އެބުރިއަންނާނެ އަހަރުމެން އުމްމީދެކަޑައެއް ނުލަން

    5
    3
  8. ނަޖީ

    އިންށާﷲ އެބުރިއަންނާނެ އަހަރުމެން އުމްމީދެކަޑައެއް ނުލަން ޔާﷲ މިއަނިޔާވެރިންނައް ހެހޮވިސްނުންދެއްވާށީ

    6
    1
  9. ޜަބަރޭ

    ޥަހީދަށް ރިޔާސީ ތިކެޓް ނުލިބޭނެކަން ކަށަވަރުވީމަ ދެންބުނެވޭނީ މިކަހަލަ އެއްޗިހި ލޮލް

    1
    5
  10. ދަތްދޮޅި އާދަނު

    މަނިކުފާނު ކުރިމަތި ނުލައްވަނީތޯ؟ 2023 ގައި %5 ވެސްލިބޭނެހެނެއް ހިއެއްނުވޭ، ޖުމްލަ 10 ވޯޓް ލިބުނަސް އަހަރެން ލޮނުލައިގެން ދުވަހަކުވެސް ބަތެއް ނުކާނަން

    1
    3