ރާއްޖޭގައި ކަމެއް ދިމާވާ އިރަށް ފަޟީހަތްކޮށްލަން ކޮންމެ ކަމެއްވެސް ކުރަން ތިބެނީ ތައްޔާރަށް ކަމަށާއި އެކަން ރަނގަޅުވާން ޖެހޭކަމަށް ޖެންޑަރު މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ރާއްޖޭގައި މީސްމީޑިއާގައި މީހުންނަށް ހަނގާ ކުރުން ފަދަ އުނދަގޫތަކާ ދިމާވާ ކަމަށެވެ.

އެކަންކަމުގެ ސަބަބުން މީހުންނަށް ކުރާނެ އަސަރު އިހުސާސް ކުރެވޭނީ ތިމާއަށް ނުވަތަ ތިމާގެ ގާތް މީހަކަށް އެފަދަ ކަމެއް ދިމާވުމުންކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

އެހެންކަމުން ބުނާ ބަހަކުން ނޫނީ ކުރާ ކަމަކުން އަނެކާ އަށް ކުރާނެ އަސަރު ވިސްނާކަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޮންލައިންކޮށް ދިމާވާ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު މަދު ނަމަވެސް، މީސްމީޑިއާ އަށް ބަލާލުމުން އެއީ ރިޕޯޓް ކުރެވޭ ވަރަށް ވުރެ ގިނައިން ހިނގާ ކަމެއްކަން އެނގެން އޮންނަ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

އެފަދަ ކަންކަމާމެދު އާންމުން ހޭލުންތެރިވެ، މިހާރަށް ވުރެ ވިސްނުންތެރިކަމާއެކު ފާޑު ކިޔުންތައް ބަހައްޓަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އެބަ އޮވޭ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ހެރޭސްމެންޓާއި ބުލީކުރުމާއި މިކަހަލަ ކަންތައްތަކެއް އެބަ ހުރޭ. ކަމެއް ދިމާވާ އިރަށް އެބަ ހަނދާން ނެތޭ ފަޟީހަތްކޮށްލުމުގައި އަޅުގަނޑުމެން މިތިބެނީ ކޮންމެ ކަމެއް ކޮށްލަން ވެސް ތައްޔާރަށް. މިކަން ރަނގަޅުވާން އެބަ ޖެހޭ." ޖެންޑަރު މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނަފްސާނީ ބަލިތަކަކީ އެއީ އަމިއްލަ އަށް މީހާ ދާ ހާލަތެއް ނޫން ކަމަށާ އެފަދަ ކަންކަން ސީރިއަސްކޮށް ނަގަން އިލްތިމާސް ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ދިމާވާ ނަފްސާނީ ހާލަތެއްގެ ސަބަބުން އަމިއްލަ އަށް މަރުވުމުގެ ޚިޔާލް ހުންނަ މީހުން ތިބިކަން ފާހަގަކުރެވޭ ކަމަށާއި އެފަދަ ފަރާތްތަކަށް އެހީތެރިވުމަށް ވެސް މަސައްކަތް ކުރައްވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޖާހިލު ކިބުގަދު

    ބުނަން ރަނގަޅު ވާހަކައެއް. މީ ސަރުކާރަކީ ލާދީނީ ގުންޑާ ސަރުކާރެއްވީމަ މިކަހަލަ ކިތަންމެ ކަމެއްވެސް އަދި ކުރިއަށް އޮތް ތަނުގައި ފެންމަތިވާނެ. ރައްޔިތުން ނުކުމެ މިކަން މިންމަންވެއްޖެ. ވަގުތު ފާއިތުވެ ނުދަނީސް

    29
  2. ފެކްޓް

    އެހެންވަނީ ސަބަބެއް ނެތި އެއްނޫން. މީސްމީހުން އަނީޔާގެ ޝިކާރައަށްވެސް ދިރިއުޅުން ފާނާވާއިރު އިންސާފެއް ނުލިބޭ. އަދި އަމުދުން ނިކަމެއްޗަކު ކުށް ކުރީމަ އަދަބުލިބިފަ ނުފޫޒުގަދަ މީހާއަށް ކުށުން ރެކެވޭތީ.

    27
  3. ސަރުކާރުގެ ޑޯލް

    މި ބައިގަނޑު ރަނގަޅު އެހެންމީހުން ފަޟީހަތް ކުރަން .
    މިމީހުން ވީމަ ތިބެންވީ މަލަން އަޅައިގެން

    26
    1
  4. ޝާހް، ރ.ވާދޫ

    ތިޔަބޭފުޅާއަށް ކަމަކާ ދިމާވީމަ ސަލާމަތްވާން އަމިއްލަ ދިފާއުގަ ތިހެން ވިދާޅުވެވޭއިރު، މިސަރުކާރުން އެހެންމީހުން ފަލީހަތްކުރުމާއި، އަބުރު ކަތިލުމާއި، ނުރުހޭ ކޮންމެ މީހަކަށް ހިތުހުރި ގޮތަކަށް ކަންތައްކޮށް، ރުހޭމީހާ އުދުހިފަ އުޅޭއިރު ތިބޭފުޅާ ހަމައެއްޗެއް ވިދާޅުނުވެ ހަނުހުންނެވާއިރު ތިބޭފުޅާގެ ޒިންމާ ކޮބައިތޯ؟

    24
    1
  5. Anonymous

    އަދުލު އިންސާފު ނެތިގޮސް ވަލުޖަނަވާރުތަކަށް ވެގެން އުޅޭ ވެރިންތަކެއް ތިބި ތަނެއްގައި ކަންހިނގާނެ ގޮތަށް މިތާނގަ މިހިނގަނީ. ތިކަމުގައި މަތިޖަހަން އުޅުނަސް ތިއީ ވާނެ ކަމެއްނޫން. ހިސާބަށްވުރެ ނުލަފާ ބައެއް ވެރިކަމުގއި މިތިބީ.

    21
  6. ާއަފްލާ

    ހަނގާތަ؟މިކުރަނީ މީހުން ރޭޕް އަރުވަނީ ކުޑަކުދިން ރޭޕް އަރުވަނީ އަދިވެސ އުޅޭ އެހެން ކަމަކާ ކޮބާ ޝިދާތާ ބޭރު ނުވެގެން އުޅުނު ބައިގަނޑު އެމްޑީޕީ ޑޯގެއްވީމަ ހަމަ އަޅާވެސް ނުލާ ރިބީ

    21
  7. ާރަސީދު

    ތިޔަމެސެޖް ބުނެދެންޖެހެނީ މި ރާއްޖޭގަ މިއޮންނަ މ.ޑ.ޕ ޕާޓީއައް، އެއީ މިމުޖުތަމައުގެ އިންސާނީކަ ރާމާއް ފުނޑު ފުނޑު ކޮއްލި އަދި މިއަދުވެސް ކު ރަމުން ދާބައިގަނޑެއް

    22
  8. މަވަރި

    ތިޔަކަން މިއަދު އިޙުސާސް ކުރެވުނީތީ އުފާކުރަން! މިސަރުކާރު ވެރިކަމަށް އައީ ފިތުނަ ވިއްކައިގެން!ފިތުނަ ޔަކަުން ލިބިދާނެ ހެވެއް ނޯންނާނެކަން ކަނބުލޭގެޔަށް ވެސް އެނގިވަޑައި ގައްނަވާނެ! ރަންތިރީސް އަހަރުގެ ބާނީ ރައީސް މައުމޫނުގެ ވެރިކަމުގައި ތިބޭފުލާ ހަމަ ތިފަދަ މަޤާމެއްގައި ހުރެ ކުރެއްވި މަސަކަތުގެ އަސްލު އޮޅުވާލާ ރައްޔިތުންނަށް އޮޅުވާލިކަން ހަނދުމަނެތުމަކީ ގަރަހިތަޔަކަށް ވުން ފަދަކަމެއް !

    13
  9. އިބްރާހިމް

    ކެނެރީގޭ ނަޝީދު ރާއްޖޭގައި ހިންގާ ޖަރީމާއެއްތީ. އެއީޔޯލަ ޑިމޮކްރަސީއަކީ. ލަދުޙަޔާތެއް ނެތުން. ބިރަކާއިނުލާ މަޖާކުރުން. ބޮވެންޖެހުން ، ބޯންޖެހުން

    13
  10. ޅަތީފާ

    ކަލޭވެސް އިސްތިއުފާ ދީފަ ގެއައް ފެއްސިބަލަ

  11. މަރީ

    ބޮޑެތި ފިރިހެނުންނަށްވެތިބެ ދީން ހުއްދަ ނުކުރާ ކަންތައް ކުރީމަވެސް ކަލޭމެންގެ ސަރުކާރުން އެކަންތައް ބެލެނީކީ ނޫން. ވަކިބަޔެއްވީމަ ހަރާމް ކަންތައްކުރިޔަސް މިސަރުކާރަށް އޯކޭ. ސަރުކާރަށް އެމީހުން ކުރާ ކުށްތައް ނުބެލެންޏާ ދެންތިބޭ މީހުން އެކުށްވެރިން ބޭޒާރު ކުރަންވީހަމަ. ކަމަނާއަށް ވަރަށް އަސަރު ކޮށްފިދޯ ކަމަނާ ޕާޓީގެ މީހުންގެ އަގުވެއްޓުނީމަ. އަހަރެމެންދެން މިސަރުކާރަށް އެއްވެސް އިތުބާރެއްނެތް. ބޮޑެތި ކުށްވެރިން ހިމާޔަތް ކުރާ ސަރުކާރެއްމީ.

  12. Anonymous

    ކުޑަކުދިންގެ މައްސަލަ ތަކާ ބެހޭ ގޮތުން ބުނަން އޮތީ ސަރުކާރު ސަރުކާރު ކިޔުމުގެ ބަދަލުގައި ފަރުދީ ޒިންމާ ވެސް ނަންގަވާށޭ ތިބޭފުޅުންގެ ދަރިންނަށް ނުވި ރައްކަލެއް އެހެން ބަޔަކު ނުވާނެޔޭ ހަމަ އެގޮތައް މުދައްރިސުންނާ އެންޖިއޯ ތައްވެސް ކުދިންގެ ހާލަތު ދެނެގަންނެ އެހީވާށޭ ފައިސާއަކީ ހުރިހާ އެއްޗެއްނޫން ތިމާ ކުށްވެރިވިޔަސް ހައްގުބަސް ބުނުމުގައި މަލާމާތާ ފުރައްސާރަޔަށް ނުބަލާ ކުރިއަށްދާށެވެ

  13. ރަދީފް ހުސެން

    ތިމަގާމައް ކަމަނާޔައް އަދި ކަމަނާގެ ސަ ރުކާރައް އާދެވުނީ މީހުން ފަލީހަތް ކު ރުމާ އަބު ރުކަތިލުމާ އެކި މީހުންނާ އެމީހެއްގެ އަބިދަ ރިންނައް އެކިނަންނަމުންގޮވާ ބޮޑުތި ދޮގު އިލްޒާމް އަޅުވައިގެން އެސަގާފަތް މުޅިގައުމުގަ ރަން ރީދޫ ކުލައިއިން ފަތު ރައިގެން.. ﷲ ނިންމެވުން ނިކަން ދެކިބަލަ، މަދުދުވަސް ކޮޅެއް ތެ ރޭ ކު ރިން އެހެންމީހުނައް ގޮވި އެއްޗެހި ބަ ރިޔަކައް އެދިމާވަނީ ތިމާމެނާ. ތި މާޔައް އެކަން އަ ރާ ހަމަވީމަ ދެންއެއީ ކު ރަން ހެޔޮނުވާ ވަ ރުގެ ކަމެކޭ ކިޔާ މޮޅުވާހަކަ ނުދައްކާ. ލަދު ހަޔާތެއް ހު ރިއްޔާގެޔައްވަދޭ.

  14. ނަގޫރޯޅި

    ތި މާމެން މީހުނައް ކޮއްލިވަ ރޯ، ގޮވި އެއްޗިއްސޯ، ކު ރި ނޮހޮ ރޮއްޕާނޯ، އެސަގާފަތް ދި ރުވައިގެން ހޯދިފައިދާއިން ތިގޮނޑީގަ ތިމާމީވެސް ތިއިނީ. ދެން ނުހުއްޓޭ،

  15. ނާއިންސާފު

    ހެެއްވާކަމެއް، ކަލޭމެންގެ ޑިމޮކުރަސީގެ ބައްޕަ އަހަރެމެނައް ދަސްކޮއްދިން ގޮތޭ އެއީ، ކޮންބޭކާރު އަނގައެއް ތިތަޅަނީ، ފަޅީހަތް ކުރުން އަދި އޮތީ ކުރިޔައް، ބާރަތް އަތްޖަހާ