ހުޅުމާލޭ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެފައިވާ އިރު އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންގެ ތެރެއިން އެކަކީ މަޖިލީސް މެމްބަރެއްގެ ފިރި މީހާއެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަކީ ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިބި މީހުންނާއި ގާތް ގުޅުމެއް އޮންނަ ބައެއް ކަމަށް ވާއިރު، މި މައްސަލަ އޮއްބާލަން މަސައްކަތް ކުރާކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

އަދި ރޭޕްގެ ޝިކާރައަކަށްވީ މީހާއަށް ހޯދަން ޖެހޭ އިންސާފު ހޯދާ ނުދެވި އޭނާ އިތުރަށް ނުރައްކަލަށް ހުށަހެޅޭ ފަދަ ކަންކަން ދަނީ ހިނގަމުންނެވެ.

ރޭޕްގެ ޝިކާރައަކަށްވީ ރާއްޖޭގައި މަސައްކަތް ކުރަމުން އައި ކެންޔާގެ ޒުވާން އަންހެނެކެވެ.

އޭނާ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "މެންދުރު"އަށް ކިޔާދިން ގޮތުގައި އޭނާ ސަފާރީއަށް ދިޔައީ އިތުރު އެކުވެރިންތަކަކާ އެކު ޕާޓީއަކަށެވެ. އަދި އެތަނުން އޭނާ ރޭޕް ކުރި މީހުންނާއި ބައްދަލުވީ، އެ ޕާޓީ ނިންމުމަށް ފަހު އަނބުރާ ހުޅުމާލެ ގެންދަން ޑިންގީ ބަލާ އަންނަން ދެން މަޑުކޮށްގެން ހުއްޓާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ އާއި އެކު ޕާޓީއަށް ދިޔަ އެހެން މީހުން ހުޅުމާލެ ދިޔަ އިރު އޭނާއަށް ޑިންގީގައި ނުދެވުނީ، ޑިންގީއަށް އެއްފަހަރާ ދެވެނީ ތިން މީހުންނަށް ވާތީކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އޭރު އެ ދެ ފިރިހެނުން ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި އެ ދެ މީހުން އެދުނީ އެމީހުންނާ އެކު ޖިންސީ ގުޅުން ހިންގަން ކަމަށް އޭނާ ބުންޏެވެ. އަދި އެކަމަށްޓަކައި ފައިސާ ވެސް ހުށަހެޅި ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އޭނާ އަކީ ހަށިވިއްކާ މީހެއް ނޫން އެމީހުންގެ ގާތުގައި ބުނި ކަމަށްވެއެވެ. ނަމަވެސް ތަކުރާރުކޮށް ނޫނެކޭ ބުނުމުންވެސް އޭނާގެ ގައިގައި އަތްލާ އޭނާ އަށް ޖިންސީ ގޯނާ ކުރިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އެ ދެ މީހުންގެ ތައާރަފުގައި އެއީ ސަފާރީގެ އޯނަރުންކަމަށް ބުނެފައިވާ ކަމަށާއި އެ ދެމީހުންނާއި އެކު ޖިންސީ އަމަލެއް ހިންގަން ދެކޮޅު ހަދަމުން ދަނިކޮށް، އެ އަންހެން މީހާ ސަފާރިގެ ސަންބެޑް މައްޗަށް ވައްޓާލުމަށް ފަހު ހެދުން ވީދާލާ، އޭނާ ރޭޕްކުރިކަމަށް ވަނީ ބުނެފައެވެ. އަދި ރޭޕްކުރި އިރު އެތަނުން އެކަކު ހުރީ އޭނާގެ ކަރުގައި ހިފަހައްޓައިގެން (ޗޯކް ހޯލްޑް)ކޮށްގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަދި އެގޮތަށް ރޭޕް ކުރި އިރު އޭނާގެ ކަރުގައި ހިފުމުން ނޭވާލާން އުނދަގޫވި ކަމަށް ވަނީ ބުނެފައެވެ.

އަދި އޭގެ ތެރެއިން އެކަކު ރޭޕްކުރުމަށް ފަހު އޭނާގެ ކަރުން ވީއްލި ވަގުތު، ރޭޕްކުރުމަށް ވުރެ މަރުވުންވެސް ހެޔޮކަމަށް ވިސްނާފައި މޫދަށް ފުންމާލިކަމަށް އޭނާ ވަނީ ބުނެފައެވެ. މޫދަށް ފުންމާލުމަށް ފަހު ފާލަމާއި ދިމާއަށް ފަތަމުން ދަނިކޮށް އޭނާ ރޭޕް ކުރި މީހުން އައިސް ވަލަކުން އައްސައިގެން އޭނާ ޑިންގީއަށް ނަގައިގެން ގޮސް އޭނާ ފާލަމާއި ދިމާއަށް ގެންދިޔަ ކަމަށް ވެއެވެ.

ފާލަމަށް ދިޔަ އިރުވެސް އެތަނުން އެކަކު އޭނާ އަށް ޖިންސީ ގޯނާ ކުރަން އުޅުމުން އޭނާ ހަޅޭއްލަވަން ފެށި ކަމަށާއި އެ ޑިންގީ ހުލުމާލެ އާއި ކައިރިވި ވަގުތު ފުލުހުން އައިކަމަށް އެ އަންހެން މިހާ ވަނީ ކިޔާދީފައެވެ.

މި މައްސަލައިގައި ފުލުހުން ދެ މީހަކު ހައްޔަރު ކުރި ނަމަވެސް ފަހުން އެ މީހުން ވަނީ ދޫކޮށްލައިފައެވެ. ސަބަބެއް ކަމަށް ފުލުހުން ބުނަނީ ހެކި ނެތިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޢާސީ

  ޥަރައް މުހިއްމު ކަމެއް ފުލުހުންގެ އަތެއްވޭތޯ ބެލުމަކީ

  44
  1
 2. ވަންޖޭ

  ފުރަތަމަ ވެރިކަމަށް އައިގޮތަށް އައިސްސަވެސް ކުޑަކުއްޖަކު ރޭޕްކޮށްގެން ޖަލަށް ލައިފަ ހުރި ހޯރައިއްބެ ދޫކޮށްލީ! އެހިސާބުން އަހަރެމެންނަށް އިނގިއްޖެ ވެރިކަމުގަ މިހުރީ ވިޔާނުދާ ގޮތެއް ފޮތެއް ނެތް ބޭބެއެއްކަން. ފުރަތަމަ ހޯރައިއްބެވެސް ހިފާ ހައްޔަރުކުރަންވި. މިބޭރުމީހާ ރޭޕްކުރި މީހުންވެސް ހިފާ ހައްޔަރުކުރަންވި؟ މީ ރޭޕް ސަރުކާރު! ކޮބާ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ކަމަށް ހެދިގެން އުޅޭ ބައިގަނޑު: އީވާ ކޮބާ؟ ރޮޒޭނާ ކޮބާ؟ މާރިޔާ ކޮބާ؟ އަނީސާ ކޮބާ؟ ނާދިރާ ކޮބާ؟ ޖީހާން ކީއްވެ އެއްޗެއް ނުބުނީ؟ އެބުނާ ގެމަތަ ޖަމުއްޔާ ކޮބާ؟ ކަމަކާ ޖެހުނީމަ މިއިނގެނި މިބައިގަނޑުގެ ގޮތްވެސް!

  57
  1
 3. ޯފުލޯއިޑް

  މިހާރު މި މެންބަރުގެ ފިރިކަލުންގެ މައްސަލަ ބަލަނީ ރައްޔިތުންގެ މަޖިލީހުގައި އުޅޭ އެކުވެރިން .

  62
 4. މަހުދީ

  ހީވަނީ ފިލްމެއް ހެން.

  39
  1
 5. އެމަންޖެ

  މޑޕ ރޯޔަލް ބޭފުޅުން ކޮޅެއް ކުރެއްވި ކަމެއްތިޔަކީ.

  46
 6. Anonymous

  އެ މީހުން ބުނި ކަމަށް ވޭ " އަހަރެމެން މީ ކަލޭޔަށް ވުރެ މާމަތީ ބައެކޭ. ސިޔާސީގޮތުން ބާރުގަދަ ބައެކޭ" މިހެންވީމަ ފުލުހުން ދައުވާ ނުކުރީ

  58
 7. ޕޮޓް

  ރާއްޖޭގައި ލީޑިންގ ނޫހަކަށް ވެގެން އުޅޭ "މިހާރު ނޫސް" ސަރުކާރާ ގުޅުންއޮންނަ ފަރާތްތަކުގެ ކަންތައްތައް ފޮރުވަން ހާދަ ވަރެއް އެބަހުއްޓޭ!! ސަރުކާރަށް އެ ނޫސް ވިކިފަތަވަނީ؟

  17
 8. ސަމީ

  އަދި ވސް ފާޑު ފަަޑުގެ ތަން ތަނަށއ ދާތި ޕާޓީ ކުރާށޭ ކިޔާފަ. ކުރި މީހުން ވެސް ނުބައި އފަދަ ޕާޓީ ތަަ ކަށް ދިޔުން ވެސް ނުބައި.

  6
  2
 9. ސުމާ

  މުސްކުޅި މާމަ މެން ރޭޕް ކުރަނީ އެމީހުން ބުރުޖަން ގޮސް ކުރު އެއްޗެސް ލައިގެން އުޅޭތިތ؟؟؟ ކުޑަ ކުދިން ވެސް؟ ހަމަ ފިރިހެނުން ނުބައި ނުލަފާ ކަމުން. ބޮލައް އަރާފަ ހުންނަނީ 24/7. އައުރަ ނިވާ ކޮއްގެން ހުއްޓަސް އެކަލަ ފިރިހެނެއް ވީއްޔާ ކުރަނެ. ނުލަފައީ، ބިރެއް ވެސް ނެތީ ހެއްދެވި ފަރާތައް

  17
  2
 10. ޖީހާން

  މަޖިލީސް ޖީހާނު ގެ ފިރިމީހާ ހިމެނޭ ތުހުމަތު ވި ދެމީހުން ތެރޭ. މަޖިލީސް އަށް މައްސަލަ ލާ އޮއްބާލާ އަވަހަށް

  13
 11. ގިނިކަނދު

  ނަސީބެއް އެ ސަފާރީ ކުށްވެރި ނުކުރިކަން ތިޔަކަން އޮށްބަން ފުލުހުންލައްވާ ވެރިކަމުގެ ކޮއިލުތެރެއިން ކުރިމަސައްކަތަށްބެލުމުންވސް އެނގޭ ތިޔަކްނވާނާީ ހަމަ ތިހެންކަން ލާދީނީ އެމްޑީޕީ ކެންޔާގެ މެދު ޢުމުރުގެ އަންހެނެއްގެ ދަށުވެ ކުޑަކަކޫމައްޗަށް ތިވީ ނިކަން ވިސްނަ ބަލަ ފުލުހުންނަށް ރަތްމަހަށްނުވަބާ ވަރަށް މަޖިލީސް މެމްބަރުބަވާ ފުލުހުންގެ މުޅި މުއައްސަސާއަށް ބިރުދައްކައި ބިރުގަންނަވާފަ ބައިތިއްބާފަ މިހާދިސާ އޮށްބާލުމަށް ފޯނުކޮށް ތަކުރާރުކޮށް އަންގައި އެކަން އޮޅުވާލީ ފުލުހުންގެ އަގު އިތުރަށް ރައްޔިތުންކުރިމަތީ ވައްޓާލީ އެމްޑީޕީ ސަރުކާރުން ފުލުހުން މިހާރު ތިބިހާލަތުން އެމްޑީޕީ ސަރުކާރު ބަދުނާމުވާފަދަ ބަހެއް ބުނަން ނުކެރޭނެ އެހާ ބޮޑަށް ފިތިގަ އަނެއްކޮޅުން ސީޕިއަކީ ލާދީ އެމްޑީޕީ މުއްލާއެއް ދެންވާނެ ހަތަރެތި މިވަނީ އެންމެފަހުން އެމްޑީޕީސަރުކާރު ވެއްޓޭނީ މިކަހަލަ މުޑުދާރުގޮތަކަށްކަމަށް ބެލެވެނީ

 12. ޢަގީލަންބާ

  ކުޑަ އިންޑިއާގަ މިކަހަލަ ކަންތައް ހިނގާނެ. މަންތިރީ އިން ނާ އެމީހުންގެ ތިމާގެ މީހުން މިކަހަލަ ކަންތައް ކުރާނެ. ހަމަ އެމީހުންދޭކަހަލަ އިންޒާރު އެ އަންހެންމީހާ އަށްވެސް ދިނީ. މޯދީ ވަރަށް އުފާވާނެ.

 13. ޙުކުމް

  ބަޔަކަށް މިއޮތީ ހަމަރަނގަޅަށްވެސް ވެރިކަން ކުރެވިފަ..

  14
 14. ހުސެން

  ބުރާވޯ!!!!! މަޖިލިސް ގެ ކޮމަޓީ ގަ ޖީހާން އާއި ނަޝީދު ތިމަސްސަލަ ބަލާ، މިދުވަަސް ކޮޅު އެމްއެމްޕީއާރުސީ މަސްއަލަ ނުވަތަ ގެއްލުވާލާފައިވާމީހުނގެ ވާހަކަ ވަރަށް ބާރަށް ކުރިއަށް ދާނެ.

  10
 15. ީހިޔާލު

  ރޭފު ކުރީމަ ބުނާނެ ކޮއްފިއޭ...ރޭޕް ވާހިތުން ނުއް ސަފާރިޔަށް އަރާނީ

  4
  13
 16. ވިސްނޭ

  ތިކަމާ ގުޅިގެން މުޅި ހުޅުމާލެގަ މިހާރު ޓްރެފިކް.. ކޮންމެ ގޯޅިއަކު ފުލުހުން... އެކަންކުރި މީހުން ހައްޔަރުކޮށް އިސްލާމްދީނުގައިވާ އަދަބު ދީބަލަ.. ކޮން ގާސިމެއް ކާސިމެއް ކިޔާކަށް.. ކޮބާ ޕާރޓީ ކުރި ޕޮލިސް ކޮމިޝަނަރު...ސަރުކާރު އިސްތިއުފާ....