ވެރިކަމުގައި ހުންނައިރު އަދުލުވެރިކަމަށްޓަކައި ކަނާއަތުން ވާއަތް ކަޑާލަން ޖެހިއްޖެ ނަމަ، އެކަންވެސް ކުރަން ޖެހޭނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ، ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލި މައްސަލައާ ގުޅިގެންނެވެ. އެ މައްސަލާގައި ހިމެނޭ ދެ މީހުންނަކީ ސަރުކާރުގެ ނުފޫޒުގަދަ މީހަކާއި ގުޅުން އޮންނަ މީހުން ކަމަށް ބުނާ އަޑުތަކެއް ދަނީ ފެތުރެމުންނެވެ.

އެ މީހުން ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ވެސް ނުގެންގޮސް އެވެ. ފުލުހުން ވިދާޅުވީ، އެ މީހުން ދޫކޮށްލި ނަމަވެސް މައްސަލަ ބަލަމުންދާ ކަމަށެވެ.

އުމަރު ވިދާޅުވީ، އަންހެނަކު ރޭޕްކުރި ކަމަށް އޭނާގެ ދުލުންބުނެ ސަރުކާރުގެ ތެރޭ ނުފޫޒު ގަދަ، ބަޔަކަށް ތުހުމަތު ކުރާއިރު، އެބަޔަކު ހައްޔަރުކުރަން ޖެހޭނެ ކަމަށެވެ. އަދި އެ މީހުން ހައްޔަރުކޮށް ޤާނޫނީ ހުކޫމަތު ނުހިންގޭނަމަ، އިންސާފާ މެދު މުޅި ރައްޔިތުން ކުރާނީ ކޮން އުއްމީދެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އުމަރު ވިދާޅުވީ، ބާރު ގަދަ މީހުންނަށް ވެސް ޤާނޫނުގެ ދިގުއަތް ފޯރަންވާނެ ކަމަށާއި، ދޭސީ އެއް ބިދޭސީ އެއް ނެތި އިންސާފު ލިބެންވާނެ ކަމަށެވެ.

"ވެރިއެއްގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކީ ހަމަހަމަ ކަމާއެކު އެންމެނަށް އިންސާފު ލިބިދިނުން". އުމަރުގެ ޓްވީޓުގައި ވެއެވެ.

އުމަރު ވަނީ މި މައްސަލައިގެ ފުރިހަމަ ތަހުޤީގެއް ދައުލަތުގެ ކަމާއި ބެހޭ މުވައްސަސާތަކަށް ގޮވާލާފައެވެ.

"އަދި ރާއްޖޭގެ ނޫސްވެރިން މިކަން ބައްލަވާ އިންސާފުން ރިޕޯރޓް ކުރެއްވުމަށް އިލްތިމާސް ކުރަން. މިއީ މި ޤައުމު ލަދުވެތިވާވަރުގެ މައްސަލައެއް". އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ރަބަރޭ

  ތިކަން ނިމިގެންދާނީ ހުދުކާފޫރުގެ އުސޫލުން ތިއަންހެން މީހާއަށް ލާރިކޮޅެއް ޖަހާލާފާނެ އޭރުން އޭނަބުނާނެ ތިމަންނާއަށް އެވާހަކަ ދެއްކުނީ “ އޮޅުމަކުން “ ނޭ
  ބޮޑުވަރު

  30
 2. އަލިބެއްޔާ

  ތި ސަފާރީއަށް އަންހެން ކުއްޖާ ގެންދިޔަ ފަރާތާއި މެދުވެސް ދަޢުވާ ކުރަން ވާނެ.. ބޮޑަށް ބެލެވެނީ ރާވައިގެން ގެންގޮއްސަ ޖެއްސި އެއްޗެއްހެން.

  17
  1
 3. ސުލޯބެ.......

  ހައްލަކީ ޢުމަރު؛

  16
 4. އަނިޔާވެރިލާއިންސާނީ

  އެމްޑީޕީ މަތީ ފަންތީގެ އަންހެނުން އަދިވެސް އިންސާނީ ހައްގުތަކޭ އަންހެނުންގެ ހައްގު ތަކޭ ކިޔަމުން ނިކުންނާނެ ، އެއްވެސް ރަހުމެެއް ހަމްދަރުދީއެއް ހުންނަ ބަޔެއް ނޫން ، އަނިޔާވެރި ސަރުކާރު ، މި އަންހެން މީހާ އަށް އިންސާފު ނުލިބިއްޖެއްޔާ އެހެން އަންހެނަކަށް އޮތީ ކޮން ރައްކާތެރި ކަމެއް ، މި ކަމާ ދެކޮޅަށް އެއްޗެއް ނުބުނާނެ ބާ ޖެންޑާ މިނިސްޓަރު ، ޖެންޑާމިނިސްޓަރު އިސްތިއުފާ.

  17
 5. އެރުން

  އެމްޑީޕި ގެ އަންހެނުން ނާހިފައިގެން ނުނުކުމޭބާ.

 6. ހަސަދު

  މިބޭފުޅާއަށް ވަޔަކުން ނަމަވެސް ވެރިކަން ލިބިއްޖެއްޔާ އަތް އޮންނާނީ ވަރަށް މަދު މީހެއްގެތާ!!. ޚުދު މިބޭފުޅާ ވެސް ވައްތަރީ އަތާ ނުލާ އުޅުއްވުމާ!!!

  1
  6
 7. ސެލްފީ

  ސަރުކާރުގެ އިސްފަޑީގައި ތިބީހުސް ކުއްވެރިން ދެން ރައްޔި
  ތުންނައް އިންސާފް ދެން ހޯދާނެ ގޮތެއް އަހަރެމެންޖެހޭ
  އެބަވިސްނަން ؛ރ އިބްރާހިމް އިސްތިޢްފާ

 8. ކުރޮޅި

  ކިހެނެއް އިންސާފުލިބޭނީ މިހާރުވެސް އެކިޔަނީ އެއަންހެންކުއްޖާއައް ބައިމިލިއަންޑޮލަރު ހުށަހެޅިވާހަކަ ދެންއެކުއްޖާވެސް ބުނެފާނެ ތިމަންނައައް މަސްތުގެހާލުގަހުރެގެން ދެއްކުނުވާހަކައެކޭ އެއީ

  3
  1
 9. ބަނާނާ

  ވަރަށް ދެރަ ގައުމުގެ ޙާލަތު ވަރަށް ދެރަ.ރައީސް ފިރިހެން ވާނީ ކޮން އިރަކު؟

 10. ޢަލީ

  ސާލިހުބޭ...އުމަރާ ހަވާލު ކުރޭ....ހިއްވަރު ހުންނާނެ....ކެރޭނެ....ކުރާނެ.

 11. ބަނާނާ

  ބޭނުމީ އުމަރު...މިކުދިންނަކަށް މިކަމެއް ނުވާނެ.

 12. ބަނާނާ

  ބޭނުމީ އުމަރު...މިކުދިންނަކަށް މިކަމެއް ނުވާނެ

 13. ޙިޔާލު

  އުމަރާ އެކަން ތި މަގުން ކުރެވުނުތަ ހޯމްމިނިސްޓަރު ކަމުގަ އުޅުނުއިރު. މަގާމުގަވހުރިއިރު އުމަރުވެސް އިސްކުރީ އަމިއްލަ މަސްލަހަތު ނޫންތަ.