ހުޅުމާލޭ ބަނދަރުގައި އޮތް ސަފާރީގައި އަންހެނަކު ރޭޕް ކުރި ދެމީހުން ކިތަންމެ ބާރުގަދަ ވިޔަސް އެމީހުންގެ މައްސަލަ ބަލައި އިންސާފް ހޯދައިދޭން ޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ފެންމަތިވި އެ މައްސަލާގައި ހިމެނޭ ދެ މީހުން ވަނީ ދޫކޮށްލާފައެވެ. އެ މީހުން ދޫކޮށްލާފައި ވަނީ، ކީއްވެގެންކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެމީހުންނަކީ ސަރުކާުގެ ނުފޫޒު ގަދަ ދެ މީހެއް ކަމަށް ބުނާ އަޑުތަކެއް ވަނީ ފެތުރެން ފަށާފައެވެ.

އަދި މި މައްސަލަ އޮއްބާލަން މަސައްކަތް ކުރަމުންދާކަމުގެ އަޑުތަކެއް ވަނީ ފެތުރެން ފަށާފައެވެ.

ރޭޕްގެ ގޯނާގެ ޝިކާރައަކަށްވި އެ މީހާއަށް އިންސާފު ހޯދައިދޭން ޖެހޭ ކަން ހާމަކުރައްވަމުން އުޝާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިމައްސަލަ ތަހުގީގުކޮށްފައިވާ ފުލުހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، މިކަން ހިނގައި ދިޔަ ގޮތް ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހޭ ކަމަށެވެ. އަދި މި ކުށް ކޮށްފައި ވަނީ ކިތަންމެ ބާރުގަދަ ފަރާތެއް ކަމުގައި ވީނަަމަވެސް މައްސަލަ ބަލައި ހައްގު އަދަބު ދޭން ޖެހޭ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

"‏ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލްެއަށް ލިބިދޭ ބާރުތަކުގެ ދަށުން މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގުކުރުމުގެ އަމުރެއް ނެރެދެއްވުމަށް ޕީޖީ ހުސައިން ޝަމީމަށް އަށްގޮވާލަން. ޤާނޫނު ތަންފީޒުކުރުމުގައި ހަމަހަމަކަން ގާއިމްނުކުރެވޭނަމަ އިންސާފެއް ނުލިބޭނެ"، އުޝަމް ކުރެއްވި ޓްވީޓުގައި ވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ފުރަތަމަ ވިދާޅުވެފައި ވަނީ އެމައްސަލަ ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

އަދި އެ މައްސަލާގެ ތުހުމަތު ކުރެވޭ ދެ މީހުންވެސް ހައްޔަރުކޮށްފައި ވަނީ ކުށުގެ ވެށިން ކަމަށްވާއިރު، ދެމީހުން ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ވެސް ނުގެންގޮސް އެމީހުން ދޫކޮށްލި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނު ވެފައެވެ

އެމައްސަލައިގެ ތަފްސީލް ހާމަކުރަން ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ފުލުހުން ފަހުން ވިދާޅުވަނީ އެ މައްސަލައަކީ ޖިންސީ މައްސަލައެއް ކަމަށާއި، އެއީ ރޭޕްގެ މައްސަލައެއް ނޫން ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސޮމެޮނެ

    ދަތްކޮޅު ނުވެރެނީސް އަގަ ލައްޕަވަން ޖެހިވަޑައި ގަންނަވާނެ.

    10
    1
  2. ހަސް

    ކޮންބައެއްކަން 'ލީކު' ކޮށްލަބަލަ!

    16
    • Anonymous

      މަޖްލިސް އެމްޑީޕީ މެންބަރެއްގެ ފިރިއަކާ އާއިލާ މީހެއްގެ މައްޗަށް ޝައްކުކުރަނީ. އެހެންވެ އެމީހުން ދޫކޮށްލަން ފުލުހުންނަށް މަޖުބޫރުވީ.

      6
      1
  3. ޚަރުން

    ޢެއަށްވުރެން ވަކި ބާރެއް ނެތް ބަޔަކު ތިބޭނެތަ މަސްތުވެގެން ރޭޕްކުރުން އެއީ އެންމެ ބޮޑެތި ކުހިންގެ ސިފައެއް...

    18
    • Anonymous

      ބާރުގަދައިގެ މިތާނގައި މާނައަކީ، "ނުފޫޒު ގަދަ" ވިސްނާ ފަހުމުވާންވެއްޖެ

  4. ނާޒިމް

    ހަރުކަށި މީހުން އެކަނި މިމީހުން ހައްޔަރު ކުރާނީ

  5. ދެރަކަމެއް

    ފޮރުވާނެކަމެއްނެތް. އިންސާފު ހޯދައިދީ.

  6. ކާފަބޭ2020

    އުޝާމްއެވެ. މައްސަލަބަލަންޖެހޭމީހާ ގެމައްސަލަބަލާ ނިންމާފަ އެހެރީޖަލަށްލާފަ އިންސާފްޤާއިމްކޮށްފައެވެ. ދެންއިތުރަށް ބަލަންޖެހޭ މައްސަލައެއްނޯންނާނެކަން އުޝާމަށްސާފުނުވެއޮތުމަކީ އެއީ އެހެންމީހުންނާބެހޭކަމެއްނޫން!

  7. އަންޖު

    ކިހިނެއް އުސާމު ބުންޔަސް މިމައްސަލަ މިސަރުކާރުން ބަލާނި؟ ފުރަތަމަ ވެރިކަމަށް އައިގޮތަށް އައިސްސަވެސް ކުޑަކުއްޖަކު ރޭޕްކޮށްގެން ޖަލަށް ލައިފަ ހުރި ހޯރައިއްބެ ދޫކޮށްލީ! އެހިސާބުން އަހަރެމެންނަށް އިނގިއްޖެ ވެރިކަމުގަ މިހުރީ ވިޔާނުދާ ގޮތެއް ފޮތެއް ނެތް ބޭބެއެއްކަން. ފުރަތަމަ ހޯރައިއްބެވެސް ހިފާ ހައްޔަރުކުރަންވި. މިބޭރުމީހާ ރޭޕްކުރި މީހުންވެސް ހިފާ ހައްޔަރުކުރަންވި؟ މީ ރޭޕް ސަރުކާރު! ކޮބާ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ކަމަށް ހެދިގެން އުޅޭ ބައިގަނޑު: އީވާ ކޮބާ؟ ރޮޒޭނާ ކޮބާ؟ މާރިޔާ ކޮބާ؟ އަނީސާ ކޮބާ؟ ނާދިރާ ކޮބާ؟ ޖީހާން ކީއްވެ އެއްޗެއް ނުބުނީ؟ އެބުނާ ގެމަތަ ޖަމުއްޔާ ކޮބާ؟ ކަމަކާ ޖެހުނީމަ މިއިނގެނި މިބައިގަނޑުގެ ގޮތްވެސް!

    5
    1
  8. އެމަންޖެ

    މޑޕ ގެ ރޯޔަލް ބޭފުޅުންނާ ބެހެންތަ ތިޔަގަސްތު ކުރައްވަނީ އަވަހައް ގޮނޑި ބަހައްޓާފަ ގެޔައް ދުރުވޭ.

    1
    2
  9. މަސް ރޮށި އައްޔާ

    ކަލޯ 800 މިލިޔަނަށް ވުރެ ރޭޕު މައްސަލަ ކުޑަ ކުޑަ ކަމަށް ބަލާފަައިތަ ދޫކޮށްލީ

    2
    1
  10. ޖީހާން

    މިމައްސަލަ ބެލި ފުލުހުންގެ މައްސަލަވެސް ބަލަންޖެހޭ.ތިގޮތަށް މައްސަލަނިންމާތީ މިގައުމު ހަމަ މަގަށް ނޭޅިގެން މިއުޅެނީ.ނަމަ ނަނަ ދެންވޯޓް ހޯދަން ނާންނާތި.އޮޅުވާލި ސަރުކާރު.ކީހާ ޅެމެއް ފަރިއްސަށް ބަދަލުވެއްޖެ.