ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އުވާލުމަކީ ހައްލެއް ނޫން ކަމަށާއި ހައްލަކީ ހުޅުމާލެ ވަކި ސިޓީއަކަށް ހެދުން ކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު މިގޮތަަށް ވިދާޅުވެ ޓުވިޓް ކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް އެޗްޑީސީން ނިންމާފައިވާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައެއްގައި ބަހުސް ކުރަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެޗްޑީސީ އުވާލަންޖެހޭ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ބޮންޑޭ ވިދާޅުވީ އެޗްޑީސީ އަކީ ރައްޔިތުންގެ މާލިއްޔާއިން އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އަދި ހުޅުމާލެ ތަރައްގީ ކުރަމުން ގެންދަނީވެސް ރައްޔިތުންގެ ފައިސާ އިން ކަމަށާއި އެހެންކަމުން ހުޅުމާލެ އަކީ އެޗްޑީސީގެ މިލްކެއް ނޫން ކަމަށެވެ.

އެޗްޑީސީ އުވާލުމަށް ބޮންޑޭ ގޮވާލައިފި

ސައުދު ކޮށްފައިވާ ޓުވިޓުގައި ވިދާޅުވީ، ހުޅުމާލެ އަކީ ދިވެހި ރާއްޖޭގެ ހުރިހާ ރަށަކުން ރައްޔިތުން ދިރިއުޅެން ފަށާފައިވާ އަދި ބޮޑު އާބާދީ އެއް ކުރިއަށް އޮތްތަނުގައި ވަޒަން ވެރިވާނެ، ބޮޑު އާބާދީއެއް އެކުލެވޭ ރަށަކަށް ވެގެން ދާނެ ކަމަށެވެ.

އެހެންވީމާ ހައުސިން ޑެވެލޮޕްމަންތް ކޯޕަރޭޝަން (އެޗްޑީސީ) އުވާލުމަކީ ހައްލެއް ނޫން ކަމަށާއި ހައްލަކީ ހުޅުމާލެ ވަކި ސިޓީއަކަށް ހެދުން ކަމަށް މެމްބަރު ސައުދު ވިދާޅުވިއެވެ.

ބޮންޑޭގެ އިތުރުން ކޮމިޓީގައި ބައިވެރިވި ބައެއް މެމްބަރުން ވަނީ ހުޅުމާލެއަކީ އެޗްޑީސީގެ މިލްކިއްޔާތެއްތޯ ބަލަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަބަރޭ

    ހައްލަކީ ބޮޑު ގެރި ވެވަށް ވެއްޓުމުން ކަންތަކުރިގޮތް ދައުރު ނިމެންދެން ހިޔާލީ ފޮލާ ކަށްކާލަ ކަށްކާލާ މަޝްވަރާ ކޮށްލަ ކޮށްލާ ތިބޭ އޭރުން ފިސާރި ސާފުކޮށް ބޮޑުމަންޒަރު ފެންނާނެ
    ބޮޑުވަރު

  2. ނަސީދު

    ޙަދާނެގޮތެއް ނޭނގިގެންތަ ތިއުޅެނީ ވިއްކާލާ އިންޑިޔާ ގެ ކުންފުއްޔަކައް

  3. ާައަހުމަދު

    އެހެން ތަންތަށް ސިޓީއަށް ނުހެދިގެން އުޅުމަށް ވުރެ ރަނގަޅުވާނެ ތިމާގެ ރަށް ސިޓީއަކަށް ހަދަން އުޅުނިއްޔާ. ހަމަ ނޫހުގެ ހެޑްލައިނަށް އެރޭތޯ