ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލާގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ފެންމަތިވި އެ މައްސަލައާއެކު،ގިނަބައެއްގެ ފާޑުކިޔުންތައް ފުލުހުންނަށް އަމާޒުވެގެން ގޮސްފައި ވަނީ އެ މައްސަލައިގެ ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލުމުންނެވެ. ފުލުހުން ވިދާޅުވީ، އެ މީހުން ދޫކޮށްލި ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެެވެ.

އެ މީހުން ދޫކޮށްލާފައި ވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށްް ކޯޓަށްވެސް ނުގެންގޮސްއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރް އަދި އައްޑޫ މީދޫ ދާއިރާޣެ މެންބަރު ރޯޒޭނާ އާދަމް ވިދާޅުވީ، ހުޅުމާލެ ސަފާރީ ރޭޕް ކޭސްގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލައި މިކަމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންއިން ކުރަމުންދާކަމެއް އޮތްތޯ ބެލުމަށް މާދަމާ ކޮމެޓީއަށް އެެޖެންޑާ ކުރެވިފައިވާ ކަމަށެވެ.

މި މައްސަލާގައި ހިމެނޭ ދެ މީހުންނަނީ ސަރުކާރުގެ ނުފޫޒު ގަދަ ދެ މީހެއް ކަމަށް ބުނާ އަޑުތަކެއް ވަނީ ގަދަވެފައެވެ. އަދި އެ މީހުން ދޫކޮށްލާފައި އެހެންވެގެންް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ނަމަވެސް ފުލުހުން މީގެ ކުރިން ވިދާޅުވީ، އެ މައްސަލަ ނުބަލަން ނުވަތަ މައްސަލައިގެ ތަހުގީގުގައި ވަކި ގޮތަކަށް އަމަލު ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ފަރާތުން އެއްވެސް ފުލުހަކަށް އަންގާފައިނުވާ ކަމަށެވެ.

އަދި ރޭ ފުލުހުން ވަނީ އެ މައްސަލައަކީ ރޭޕް ކޭސްއެއް ނޫން ކަމަށާއި، ފުލުހުން ބަލަމުންދަނީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް ވިދާޅުވެފަައެވެ.

އެ މައްސަލަ މިހާރު އެޗްއާރްސީއެމްއިންވެސް ވަނީ ބަލަން ފަށާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބަލަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ބޯގޯސް

  ތީ ގަވެސް ދެންނުބައިވާނީ އަނިޔާލިބުނު އަންހެންމީހާ ސަދޫމު ގަ އޮވޭތަ އިންސާފު މިވެރިން ވެރިކަމައް އައީ ވައްކަންކޮއްފަ ޔާމީން އައް އަނިޔާދޭން އެކަން ބަރާބަރައް ކުރިޔައްދޭއެބަ

  11
 2. ފުލުސް

  ކޯޗެއްތަ ބަލަން އޮތީ ތީގަ.. ކިހާ ދެރަ ކަމެއް

 3. އަނިޔާ

  ކުއްކުރި މީހާއެއްނޫން ކުއްވެރިވަނީ ޕޮލިހުންގެ އިހްމާލް ތޯއަދިވެސް ބަލަންވީ މާތްﷲއަށް ބިރުވެތިވެލައްވަވާ ޢަދުލަށް ކަންކަންކުރައްވާ އެޖަރީމާ ހިންގި މީހާ ހިފައްޓާ އިސްލާމް ދީނުގަ އަދަބު ދެއްވާ

 4. ދަވާލި19

  ތިކަމުގަ ފުލުހުންގެ އިހުމާލު ވަރައްވެސް ބޮޑު ސަބަބަކީ ސިޔާސީގޮތުން ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ދެމީހަކު ހައްޔަރުކުރުން ރިޕޯޓުކުރުމުން ކަހާތަން ހިރުވާކަމައްވެސް ނެހެދުނުނަމަ ފުލުހުންވަރެއްނުތިބޭނެ މިހާރު މިވީގޮތުން ދެތިން ފުލުހެއްގެ ވަޒީފާ ނުގެއްލުނިއްޔާ ކިތަމްމެހާވެސް ރަނގަޅު

 5. ސޯޕް ލައިޓް ބްރަދަރ

  އަދިވެސްބަލަންވީ ފުލުހުންގެ އިހުމާލެއްވޭތޯހެއްޔެވެ. އެކަންކުރިުމީހާ ހޯޖާކުރަން، މިހާރުންމިހާރަށް

  ޤާނޫނެއް ފާސްކުރަން ގޮވާލަން.

 6. އަންމަޑޭ

  ﷲ ވަޙީ ކުރައްވާފައިވަނީ:
  މާނައީ: "އަދި الله ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާމީހާ ދަންނާށެވެ!  ފަހެ، އެއުރެން އެއީ
  ހަމަ ކާފަރުންނެވެ."

  އަދިވެސް  ވަޙީކުރައްވާފައިވެއެވެ. މާނައީ: "އަދި ތިޔަބައިމީހުން އެކަމަކާމެދުގައި ޚިލާފުވާ ކޮންމެ ކަމެއްގެ ޙުކުމް ކުރެއްވުންވަނީ، الله އަށެވެ. އެއީ الله އެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއަށް ތިމަންކަލޭގެފާނު ވަކީލުކުރައްވައިފީމެވެ. އަދި ތައުބާވަނީ ހަމައެކަލާނގެ ޙަޟްރަތަށެވެ."

  އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.
  މާނައީ: "ނުވަތަ الله އިޛްނަ ދެއްވާފައިނުވާ ދީނެއް، އެއުރެންނަށް، ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟

  އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.
  މާނައީ: "އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި
  ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން އެ ނިޔާއަށްފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ."

  އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ. މާނައީ: "...އިބަރަސްކަލާނގެ އަޅުތަކުންގެ މެދުގައި، އެއުރެން ޚިލާފުވެގެންއުޅުނު ކަންތަކުގެ މައްޗަށް ޙުކުމް ކުރައްވާނީ ﷲއެވެ." ..."

  މައްކާގެ މުޝްރިކުންނާއި އަހަރުމެންނާއި ހުރި ތަފާތަކީ ކޮބަތޯއެވެ. މުޝްރިކުން ﷲ ސުބުޙާނަހޫ ވަތަޢާ އުޑުތަކާއި ބިން ހެއްދެވި ކަމަށް ޤަބޫލުކުރި ކަމުގައިވިޔަސް، އަޅުކަން ކުރުމުގައި އެއްކައުވަންތަ ނުކުރުމުގެ ސަބަބުން އެބައިމީހުންވީ ނަރަކައަށް ވަންނަން ޖެހުނު ބައެއް ކަމުގައެވެ. ހަމަ އެފަދައިން އަހަރުމެން ވެސް ޝަހާދަތް ދުލުން ކިޔުމަށްފަހު އޭގެ ރުކުންތަކައި ވަޖިބުތަކަށް އަމަލުކުރުން ދޫކޮއްލުމުގެ ސަބަބުން ތައުހީދުގެ  އުލޫހިއްޔަތުގައި އެބަ ޝިރުކުކުރަމުއެވެ.
  ﷲ ސުބުޙާނަހޫ ވަތަޢާލާ 07 އުޑުމަތީން ބާވައިލެއްވި ޝަރީއަތް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވޯޓު ދިނުމަކީ ﷲ ޝަރީއަތް ބަދަލުކުރުމަށް އެމީހުންނަށް ވެވޭ އެހީތެރިކަމެކެވެ. އެއީ އެނގިހުރެ ވިޔަސް އަދި ނޭނގި ނަމަވެސް މީހާ ކުފުރުވާ ފަދަ އަމަލެކެވެ. ނޭގުމަކީ އުޒުރެއް ނޫނެވެ. އެކަލާނގެ ވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވައި ޤުރުއާން ބާވައިލައްވާ ޝަރީއަތް ފުރިހަމަ ކުރައްވާފައެވެ. އެހެންކަމުން ނޭގުމަކީ އެމީހާ އެ ކުރި ކުށަކުން ސަލާމަތްވާން އޮތް ހުއްޖަތެއް ނޫނެވެ. އެންމެ ފުރަތަމަ ވެސް ހޯދަން ޖެހޭ އިލްމަކީ ތަޢުހީދެވެ.

  އެންމެ ބޮޑުވެގެންވާ ފާފައަކީ ﷲ ޝިރުކު ކުރުމުގެ ފާފައެވެ. އެއީ ﷲއާއި އެއްޗެއް ބައިވެރިކުރުމެވެ. ޝަރީކުކުރުމެވެ. އެއްވެސް ގޮތަކަށް ޝިރުކުކޮށްފިނަމަ އެހާލުގައި ހުރެ މަރުވެއްޖެނަމަ އެމީހެއްގެ ކިބައިން އެކަން ނުފުއްސެވޭނެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
  (إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ، وَمَن يُشْرِكْ بِاللَّـهِ فَقَدْ ضَلَّ ضَلَالًا بَعِيدًا) سورة النساء 116.

  މާނައީ: “ހަމަކަށަވަރުން اللَّه، އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެއެވެ. އެނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ. اللَّه އަށް ޝަރީކުކުރާމީހާ ބޮޑުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.”

  އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.

  (إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ) سورة المائدة: 72

  މާނައީ: “ހަމަކަށަވަރުން اللَّه އަށް ޝަރީކުކުރާ މީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ.”

 7. އެމަންޖެ

  ރޮޒީ ފުލުހުންގެ އިހުމާލެއް ތިކަމަކު ނެތޭ ތިކަމުގަ އުޅެނީ މޑޕ ގެ އަތެކޭ.

 8. އިންސާފް

  ސީޕީ އިސްތިއުފާ ދީ... ކުއްކުރި 2 މީހުންގެ ނަން ފޮރުވުމުގެ އިހުމާލުގަ.... ????

 9. މޮޔަސޮރު

  އަޅެ އަޖައިބެއް ނުވާނެތަ، އިޙްމާލެއް އޮތްތޯ ބަލާނެކަމެއް. ފާޅުގައި ފެންނަން އޮތްއިރުވެސް އަދި މިޖެހެނީ ބަލަން. މި ދައުރު ނިމޭއިރުވެސް ތި މައްސަލަ ބަލާ ނުނިމޭނެ.

 10. މޮޔަސޮރު

  މިއީ އެންމެ ނުބައިކަންތައް. ﷲތަޢާލާ ނަސާރާއިން އަދި ޔަހޫދީންނަށް ލައުނަތް ލެއްވި އެއްސަބަބު، އެބައިމީހުންގެ ބޮޑުން ﷲގެ ބަސްފުޅު ބަދަލުކޮށް ކަންތައް ކުރިއިރުވެސް މީހުން ހަނުތިބުން، ޢަދުލުވެރިކަމުގައި ތަފާތުކުރުން ބޮޑުންނާއި ނިކަމެތިން މެދުގައި، އާދައިގެ މީހެއްނަމަ ނޫހުގައި ފޮޓޯ ހުންނާނެ.

 11. މޮޔަސޮރު

  މަވާ ސާލާމް އެމް.ޑީ.ޕީއަށް އުމުރު ކޮޅުންސް ވޯޓެއް ނުދޭނަން. އަހަރެމެން ޖާހިލުންނަށް ހަދައިގެން ކަލޭމެންނަށް ވެރިކަމެއް ނުކުެރެވޭނެ

 12. ކެއްވާނީވަކިވަރަކަށް

  ރޭޕް ކުރުން ހުއްޓުވޭނީ އޮރިޔާން ކާޑު މީސްތަކުންގެ ފޯނުން ނުބެލޭ ގޮތް ހެދުމުން. ޢެކަމަށް ވެސް ސަރުކާރު ނުކުޅެދިފަ. ކުށްވެރިޔާ އަށް އަދަބުދިނުމަށް ނުކުޅެދިފަ. މީ އަޅެ އިސްލާހު ކުރަން އުޅޭ ބައެކޭ ބުނެވޭނެތަ. ކީއްވެފަތަ ތިޔަ ތިބެނީ.