ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލަ ހިއުމަަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބަލަން ފަށައިފިއެވެ.

އެ މައްސަލަ އެޗްއާރްސީއެމް އިން ބަލަމުންދާކަން "ވަގުތު"އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެޗްއާރްސީއެމްގެ އޮފިޝަލަކު "ވަގުުތު"އަށް ވިދާޅުވީ، އެ މައްސަލަ ބަލަމުންދާ ކަމަށާއި، ތަފްސީލް ލިބުނުހާ އަވަހަކަށް ހިއްސާ ކުރާނެ ކަމަށެވެ.

އެ މައްސަލަ އެޗްއާރްސީއެމް އިން ބަލަމުންދާއިރު، އެ މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލި މައްސަލަ މިވަނީ ވަރަށް ބޮޑުވެފައެވެ. އެ މައްސަލާގައި ހިމެނޭ ދެ މީހުންނަކީ ސަރުކާރުގެ ނުފޫޒުގަދަ މީހަކާއި ގުޅުން އޮންނަ މީހުން ކަމަށް ބުނާ އަޑުތަކެއް ދަނީ ފެތުރެމުންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އެޗްއާރްސީއެމްއަށް ހާޒިރު ކުރިތޯ ނޫސްވެރިއަކު ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިހާތަނަށް އެޗްއާރްސީއެމްއަށް ފުލުހުން ހާޒިރުވާން އަންގާފައި ނުވާ ކަމަށެވެ.

"މިނިވަން މުވައްސަސާތަކުން ފުލުހުންގެ މަސައްކަތަށް ފާރަވެރިވެރުމަށް ކުރާ މަސައްކަތްތަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ". ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މީގެ ކުރިން ވިދާޅުވީ، އެ މައްސަލަ ނުބަލަން ނުވަތަ މައްސަލައިގެ ތަހުގީގުގައި ވަކި ގޮތަކަށް އަމަލު ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ފަރާތުން އެއްވެސް ފުލުހަކަށް އަންގާފައިނުވާ ކަމަށެވެ.

އަދި ރޭ ފުލުހުން ވަނީ އެ މައްސަލައަކީ ރޭޕް ކޭސްއެއް ނޫން ކަމަށާއި، ފުލުހުން ބަލަމުންދަނީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަޑަފި

  މިހާރުވެސް ތިޔަ ތަނުގެ މެމްބަރުން ތިބީ ހޫނުފެނަށް ލާފައެވެ. ނަމަނަމަ މަޖްލިސްގެ ހިއުމަންރައިޓްސް ކޮމިޓީގައި އިންނަވާ ބޭފުޅާއާ ގުޅޭ އެއްވެސް ވާހަކައެއް، ތިޔަ ކަމާގުޅޭ ރިޕޯޓުގައި ނިހިމަނައްޗެއެވެ. ސަލާމަތްކަން ބޭނުންވާނަމަ، އަންހެން ކުއްޖާ ކުށްވެރިކޮށްފައި ރިޕޯޓު ލިޔާށެވެ.
  ތިޔަ ކަމާވެސް އެމްޑީޕީގެ މެމްބަރުން އެއްކޮޅަށާއި ދެކޮޅަށް، އަނގަތަޅާނެއެވެ. އެކަމަކު ވޯޓަކާ ހަމައަށް ދާއިރު، ދެކޮޅަށް ވާހަކަ ދެއްކިމީހަކު ނުފެންނާނެއެވެ. އޮތްގޮތަށް އިއްތިފާގުން ފާސްކޮށްލާނެއެވެ.

 2. ބަރުގޮނު

  މިމަސްއަލަ މަޖްލިސުން ބަލާގޮތަށް ހުށަހަޅާނެ މެމްބަރަކު ނެތްބާ.!! މިމަސްއަލަވެސް މީހަމަ ބަލާލަން ރަގަޅު މަސްއަލައެއް.

 3. ދުންތަރި

  ތީވެސް ބިރުދައްކާފައޮތް މުއައްސަސާއެއް ތިޔަ ތަނުންވެސް އިންސާފުން ކަމެއްނުކުރެވޭނެ ތިޔަ ހުރިހާކަމެއް ހަމަވީ ލާދީނީ އެމްޑީޕީ ކެނެރީ މަޖިލީހަކީ ހުރިހާކަމެއްކުރާ ހަމަ އެކަނިތަނަކީ ތަޙްޤީޤުކުރުމާ ޝަރީޢަތްކުރުމާ އަދަބު ކަނޑައެޅުމާ ޙުކުމް ތަންފީޒުކުރުމަކީ މިޤައުމުގަ މިހާރު ތިޔަ ޗަރުކޭސްކުޅޭތަނުން ކުރާކަމެއް ދެން ތިޔަ ކަން ނިމުނީ އެންމެފަހުން ރިރޯޓު ނެރޭއިރު ކުށްވެރިވާނީ ފުލުހުން ކަންނޭނގޭ މިހާރުވެސް ފުހުންނަށް ބިރުދައްކައި ހުރިހާ މިނިވަން މުއައްސަސާތަކަށް ބިރުދައްކައު ހުރިގާ ބާރެއް ތިޔަ ލާދީނީ ކެނެރީމަޖިލީހަށްނަގައި އަންނިގެ އަންބޮނޑިއަށް ޖަމާކޮށްފަވަނީ ވަރަށް އިންސާފުން މައްސަލަ ބަލާ ނިންމާވެ މިހާރު މިޤައުމަށް މިނިވަން މުއައްސަސާތަކެއް ޝަރުޢީ ކޯޓުތަކެއް ބޭޏުމެއްނުވޭ އެއީ އުވާލަންޖެހޭތަންތަން ކެނެރީމަޖިލިސް އޮތިއްޔާ ހުރިހާކަމެއް ކުރެވޭނެ

 4. އަބްދުﷲ ޝާނު

  ތިފަދަ ނުބައި ނުލަފާ ކަމެއް ކޮއްގެން އުޅެނީ އަނެއްކާ ކާކުބާ.. ޔަގީން ކޮންމެވެސް އެމްޕޯއެއްގެ ފިރިޔެއް ދަރިޔެއް ނޫނީ ތިމާގެ މީހަކު ކަމައްވާނީ.. އަވަހައް އެ ދެ މީހުންގެ ވަނަވަރާއި ނަން ހާމަ ކުރޭ.. އެމީހުންތިބީ އޭރު ބޮއެގެންނޭވެސް އެބަ ކިޔާ.

 5. އެމަންޖެ

  ތިކަމަކައް އިންސާފެއް ނުލިބޭނެ މޑޕ ގެ ރޯޔަލް ބޭފުޅުން ކޮޅެއް ކުރެއްވި ކަމެއް ތިޔަކީ.