ހުޅުމާލޭ ބަނދަރުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލަ ބަލާ ކަމުގައިވާ ނަމަ އެ އަންހެން މީހާ ހޮސްޕިޓަލަށް ނުގެންދިޔަ ސަބަބު އޮޅުން ފިލުވައި ދިނުމަށް ކުރީގެ ޖެންޑާ މިނިސްޓަރު އަދި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ކަނބަލެއް ކަމަށްވާ އަނީސާ އަހުމަދު ފުލުހުންނަށް ގޮވާލައިފިއެވެ.

އަނީސާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ ހާދިސާ އާއި ގުޅިގެން ނުހަނު ކަންބޮޑުވާ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ބަލާ ކަމުގައިވާ ނަމަ އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް މެޑިކަލް އެގްޒަމިނޭޝަނެއް ހަދައި ފޮރިންސިކް ހެކި ހޯދުމަށް މަސައްކަތް ކޮށްފައި ނުވަނީ ކީއްވެގެންތޯ އަނީސާ ވަނީ ސުވާލު އުފައްދާފައެވެ. އަނީސާ ވަނީ މިއީ ގަސްތުގައި ހެކި ފޮރުވަން ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެފިރިހެނަކު ވެގެން ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި ހިމެނޭ ދެމީހުން ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ވެސް ނުގެންގޮސް އެމީހުން ދޫކޮށްލި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނު ވެފައެވެ. އެމައްސަލައިގެ ތަފްސީލް ހާމަކުރަން ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

މި މައްސަލަ އާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކޮށް ފުލުހުންނަށް ގިނަ ތުހުމަތުތަކެއް ކުރަމުންނެވެ. މިކަމުގައި ބައިވެރިވި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަަމަވެސް އެކަށީގެންވާ ހެލި ނުލިބުމުގެ ސަބަބުން އެމީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވީނަމަވެސް ފުލުހުން މިކަމާއި ގުޅޭ އިތުރު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހިރާޕި

    ސަދޫމް!

  2. މުހަންމަދު އަނީސް

    ސަފާރީގެ އަންހެންމީހާ ރޭޕް ކުރި ދެ މީހުންގެ ވަނަވަރާއި ނަން ނޫސްތަކުގައި ހާމަ ކުރައްވާ.. އަޅުގަނޑުމެންނައް މިހާރުވެސް އެނގޭ އެއީ ކޮންބަޔެއް ކަމާއި އަދި އޭގެތެރެއިން ހަމަ ގައިމު އެކަކުގެ އާއިލާ އާއި އަނބި މީހާއަކީ ސަރުކާރުގެ އިސް ފަރާތެއްކަން. އަދި އޭނާ ގިނަބަޔަކައް މިހާރުވެސް އެނގޭ.. ހީވާގޮތުގައި ކިތަންމެ ފޮރުވިޔަސް ނިކަން އަވަހައް ސޯޝަލް މީޑިޔާގައި ފެތުރިގެންދާނެކަމީ މި ޒަމާނުގައި ނުވުމައް ވުރެ ވުން ގާތްކަމެއް. ވީމާ އޭގެ ކުރިންވިޔަސް އެމީހުންގެ ވަނަވަރާއި ނަން ހާމަކުރައްވާ.

  3. މުރޭ

    ޢެމަންޖެ ބަނޑު ބޮޑުވީމާ އިނގޭނެ އެއްނުން ކާކުގެ ކުއްޖެއްތޯ؟

  4. ބޯހަލާކު

    ރޭޕްމައްސަލަވެސް، ޕާޓީކުރިމައްސަލަވެސް، ކަލޭ އެތެމާ ގުރޫޕްކުދިންކޮޅާއެކުވާހަކަދައްކަން އަރާމައްސަލަވެސް..އައުރަނިވާނުކުރާން ބާރުއަޅާމަސަލަވެސް....

  5. ޝަރފު

    ފުލުހުންގެ ގާނޫނައް ބަދަލުގެނެސް ފުލުހުންގެ އާރާއި ބާރު ކެޑެމުންދާ މި ހީލައްތެރި ރޭވުމުގެ ސިގުނަލް ލިބެމުންދާ މި ދަނޑިވަޅުގައި ފުލުހުންގެ ވެރިންގެ ފުށުން ކުރެވޭ ޢައިރު ޤާނޫނީ އަމުރުތައް ފެންނަން ފެށީތޯ؟ ކޮބާތޯ ޝެއިޚް؟