ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގެ މައުލޫމާތު ދިނުމަށް ފުލުހުން ދެކޮޅު ހަދައިފިއެވެ. މީގެކުރިންވެސް މި މައުލޫމާތުތައް ދިނުމަށް ފުލުހުން ވަނީ ދެކޮޅު ހަދައިފައެވެ.

ނަމަވެސް ފުލުހުން މި މައްސަލާގައި ދެކޮޅު ހަދަނީ މައްސަލާގައި ކޮން ކަންތައްތަކެއް ހުރެގެން ކަމެއް ނޭނގެއެވެ. މީސް މީޑިއާގައި ތަފާތު އެކި ވާހަކަތައް ދެކެވެމުން އަންނައިރު އެ ވާހަކަތަކާއި ފުލުހުން އެ މައްސަލައާ ގުޅިގެން މައުލޫމާތު ދިނުމަށް ދެކޮޅު ހެދުމާއި ގުޅުމެއްވާ ކަމެއް ނުވަތަ ނޫން ކަމެއްވެސް ނޭނގެއެވެ.

ފުލުހުން މި މައްސަލާގައި ބަޔަކު ހައްޔަރުކުރިއެވެ. އެއީ ދެ ފިރިހެނުންނެވެ. ނަމަވެސް ފުލުހުން އެ ދެ މީހުން ކޯޓަށް މުއްދަތު ޖަހަންވެސް ނުގެންގޮސް ވަނީ ދޫކޮށްލާފައެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހިންގި އޮަޕަރޭޝަނެއްގައި ހައްޔަރު ކުރީ ދިވެހި ދެ ފިރިހެނުންނެވެ. ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށެވެ. އެ ދެ މީހުންގެ އުމުރަކީ ވެސް 39 އަހަރެވެ.

ދެފިރިހެނުން ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އެއީ ދޮގެއްކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިފައި ވެއެވެ. ފުލުހުން ސަފާރީއަށް ދިޔައިރު ސަފާރީގެ ތެރޭގައި ކުށުގެ އެއްވެސް އަމަލެއް ނުހިނގައެވެ. ނަމަވެސް ދެފިރިހެނުން އޭރު ތިބީ މަސްތުވެގެންނެވެ.

ކޮންމެއަކަސް މި ދެ މީހުން ދޫކޮށްލި މައްސަލަ ބޮޑުވެފައި މިވަނީ އެ މައްސަލާގައި ހިމެނޭ ދެ މީހުންނަކީ ސަރުކާރުގެ ނުފޫޒުގަދަ މީހަކާއި ގުޅުން އޮންނަ މީހުން ކަމަށް ބުނާ އަޑުތަކެއް ފެންމަތިވެފައިވާ ވަގުތެއްގައެވެ. ފުލުހުން ބުނި ގޮތުގައި އެމީހުން ދޫކޮށްލީ ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ވަޓްސްއަޕް ގްރޫޕުގައި ނޫސްވެރިން އަންނަނީ ތަކުރާރުކޮށް ފުލުހުންނަށް އެ މައްސަލައިގެ މައުލޫމާތުތައް ހާމަކޮށް ދިނުމަށް އެދެމުންނެވެ. އަދި އެ މައްސަލައާ ގުޅޭ އެތަކެއް ސުވާލުތަކެއް ވަނީ ކޮށްފައެވެ.

އެކަމާއި ގުޅިގެން ފުލުހުން މިއަދުވެސް ބުނީ ފުލުހުންނަށް ހުށަހެޅޭ ހުރިހާ މައްސަލައެއްގައި ވެސް ބަލަނީ ޖިނާއީ މިންގަނޑުން ހެއްކާއި ގަރީނާ ހުރިތޯ ކަމަށެވެ. އަދި އެއީ ތަހުގީގު ކުރާ ފަރާތްތައް ތަހުގީގުގެ އަލީގައި ނިންމާ ނިންމުންތަކެއް ކަމަށް ފުލުހުން ބުންޏެވެ. ތަހުގީގު ކުރުމުގައި ހިމެނެނީ ތަފްސީލް ކަންކަމާއި ގުޅިގެން ނޫސްވެރިން ސުވާލު ކުރަމުން ގެންދާތީ ފުލުހުން ބުނީ އެކަންކަން ހާމަކުރެވެން އޮތް މިންވަރަކުން ހާމަ ކުރަމުން ގެންދާނެ ކަމަށެވެ. އެފަދަ މައުލޫމާތުތައް ތަހުގީގުގެ އެހާ ކުރީކޮޅުގައި ހާމަކުރުމަކީ ތަހުގީގަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ. ފުލުހުން ބުނީ މައްސަލައިގެ މައުލޫމާތު ހާމަ ކުރުމަށް ވަކި ތަފާތެއް ނުގެން ގުޅޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މި މައްސަލަ މިހާރު އަންނަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ބަލަމުންނެވެ. އެޗްއާރްސީއެމްގެ އޮފިޝަލަކު "ވަގުުތު"އަށް ވިދާޅުވީ، އެ މައްސަލަ ބަލަމުންދާ ކަމަށާއި، ތަފްސީލް ލިބުނުހާ އަވަހަކަށް ހިއްސާ ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަމަހަމަ އިންޞާފު

    މީގެ ތަންކޮޅޅެއްކުރިން ތިޕޮލިހުން ބެލިމައްްްސަލަ އެއްގައި
    އެކުއްކުރި ކަމައް ތުހުމަތު ކުރިމީހާ ޕޮލިހައް ހާޘިރު ކުރި
    އިރުހުރީ އޭނަގެހުރިހާ ވަނަވަރެއް ނޫސްތަކުގެ ފަލަސުރުހީގަ
    މިވެސްއިންސާފް

    17
  2. އެކަމަކު

    އެެކަމަކު އެއްކަލަ އަހުމަދު ހިސާނުގެ އަބުރު ކަތިލައިލެވިއްޖެ ދޯ؟

    6
    9
  3. ޙައްގު

    ޢިހްތިޖާޖަށް ނިކުންނަންވީ ......

    28
  4. ދޮގު

    ދެން މާ އަވަހަކަށް ކުށުގެ ވެށިންނޭ، ރޭޕޭ، ފަތިހޭ، ހައްޔަރޭ، ފަޅޮލޭ ކާންތިބީ ކިޔާ ހުރިހާ ނޫހެއްގަ ލިޔުނުފަހުން މިބުނަނީ، ތަހުގީގަށް ހުރަސްއެޅިދާނެތީ، ހާމަކުރެވޭކަށް ނެތޭ. މިކަހަލަ ކިތައް ކަންތައް މިކުރަނީ މިމީހުން. ދެން މަޖިލީހުގެ 250ގެ ކޮމެޓީން ތަހުގީގުކޮށްފަ ބުނީމަ ޕީޖީވެސް ހޭލާނީ. އޭރުއްސުރެ އެންމެން ނިދައިފަ، ހޭލެވޭއިރު ވީ އެެއްވެސް ކަމެއް ހަނދާންވެސް ނުހުންނާނެ. މިކަހަލަ ކަންކަން ބަލަންވެގެން 250ނަންބަރު ކޮމެޓީއށް ބާރުތައް މި ޖަމާކުރަނީ. ހޭއަރާ ރައްޔިތުންނޭ. ނިދިން ހޭލާ ރައްޔިތުންނޭ

    20
    1
  5. ދޮގު

    ދެން މާ އަވަހަކަށް ކުށުގެ ވެށިންނޭ، ރޭޕޭ، ފަތިހޭ، ހައްޔަރޭ، ފަޅޮލޭ ކާންތިބީ ކިޔާ ހުރިހާ ނޫހެއްގަ ލިޔުނުފަހުން މިބުނަނީ، ތަހުގީގަށް ހުރަސްއެޅިދާނެތީ، ހާމަކުރެވޭކަށް ނެތޭ. މިކަހަލަ ކިތައް ކަންތައް މިކުރަނީ މިމީހުން. ދެން މަޖިލީހުގެ 250ގެ ކޮމެޓީން ތަހުގީގުކޮށްފަ ބުނީމަ ޕީޖީވެސް ހޭލާނީ. އޭރުއްސުރެ އެންމެން ނިދައިފަ، ހޭލެވޭއިރު ވީ އެެއްވެސް ކަމެއް ހަނދާންވެސް ނުހުންނާނެ. މިކަހަލަ ކަންކަން ބަލަންވެގެން 250ނަންބަރު ކޮމެޓީއށް ބާރުތައް ޖަމާކުރަނީ. ހޭއަރާ ރައްޔިތުންނޭ.

    11
  6. މޮޔަބެ

    ރާއްޖެ މިއީ ޤާނޫނު ނުހިނގާ ޤައުމަކަށްވީތޯ...ޕޮރޮސިކިއުޓަރ ޖެނެރަލް އަށް މަށްސަލަ ތަހުގީގު ކުރަން އެންގޭނެ.. އަދި ފުލުހުން ތަހުގީގު ނުކުރާނަމަ މިކަންވެސް ކުރެވޭނެ .މިއީ އެންމެ ލާއިންސާނީ އަމަލް...މިކަމުގެ ސަބަބުން ރާއްޖެ ބަދުނާމުވެ ޓުއަރިޒަމަށް ބޮޑް އަސަރުކުރާނެ ..އަންހެނަކު ހަމަ ރޭޕްކޮށްލީކީ ނޫންދޯ..ޗޯލްކް ހޯލްޑް ނުވަތަ ކަރުގައިހިފާ އަދަބުވެސް ދިނީދޯ .ބަލަ އެންމެ ފުލުހަކަށްވެސް ނުކެރުނީތަ ވަޒީފާ ދޫކޮށްލާ ހަގީގަތް ހާމަކުރަން... މިކަން ތަހުގީގުކޮށް ބައިވެރިވި އެންމެނަށް އަދަބުދޭނެ ދުވަސް މިޤައުމުގަ ފެންނާނެކަން ޔަގީން... މިހާރު ސަރ ބުނީމަ ޤާނޫނު އެއްކިބާކޮށް ތިބެވިދާނެ...

  7. އެމަންޖެ

    ޕޮލިހުން ކިހިނެއް އެމައުލޫމާތު ދޭނީ އެކަން ކުރެއްވީ މޑޕގެ ރޯޔަލް ސަރަފުގެ ބޭފުޅުން ކޮޅެކޭ.

  8. ޙަމަހަމަކަން

    ޙަމަހަމަކަން..
    ސަރީއަތްތަކާއި ތަހުގީގުތަކުގާ .. ޙަމަހަމަކަން ނެތުމީ އަދުލްއިންސާފު ކަސްތޮޅު އެޅުވުން ފަދަ އަމަލެއް...
    ..
    އޭރުންބެލެނީ ނުވަތަ ބަލާނީ ކުށުގެ ބޮޑު ކުޑަމިނަކައްނޫން..
    .
    އޭރުން އޮންނާނީ މީސްމީހުންނާއި
    މީސްމީހުން ނުފޫޒާ މަގާމައް ބަލާގެން ހުކުމް ކުރުމުގެ ސަގާފަތެއް.. މޮޅުމީހާއައް ހަމްދަރުދީއާ ލޫގޮތް .. ދެރަމީހާއައް އަނިޔާވެރިކަމާއި ނިކަމެތިކަން..
    ..
    އިސްލާމްދީން ﷲ ސުބުހާނަހޫ ވަތައާލާ ބާވާލެއްވީ މީސްތަކުންނައް އެބަމީހުން އުޅެންވީ ރަގަޅުގޮތް އަންގާދިނުމައް.. އަދި އެކަލާނގެ ރުހިވެޓިގެންވާ ގޮތާއި ގޮތްތަކާއި (ނުވަތަ އެކަލާނގެ ރުއްސަވާ ހެޔޮއަމަލްތަކާއި)
    އަދި އެކަލާނގެ ރުހިވެޓިގެން ނުވާގޮތްތަކާއި ކަންކަމާއި ކަންތައްތައް (ނުވަތަ އެކަލާނގެ ނުރުއްސަވާ އަމަލްތައް) ބަޔާން ކޮއްދޭ ރަހުމަތުގެ ދީނެއް ގޮތުގަ..
    ..
    ޢަދި މިދީނުގާވާ އިސްލާމީ ސަރީއަތް ބާވާލެއްވުނީ މީސްތަކުންގެ މެދުގާ އަދުލްއިންސާފާ ހަމަހަމަކަމާއި އަމާންކަމާއި ސުލްހަމަސަލަސްކަން ލިބިގެންދާ ރަހުމަތެެއް ކަމުގަ.. އަދި މީސްތަކުންގެ އަބުރާ އިއްޒަތާ ފުރާނައާއި ލެއާ އި މުދަލާ އަނބިދަރީންނައްވާ ހުރުމަތާއި ރައްކާތެރި ކަމެއްކަމުގަ..
    ..
    އަހަރެމެން މި އިސްލާމް ދީނުގާ މިވާ ފުރިހަމަ ސަރީއަތުގެ ނިޒާމު ދޫކޮއް އަމިއްލަގޮތްތަކެއް އިސްކުރަން ފަސާފިނަމަ އަހަރެމެންނައް އެދެވެނީ އަދުލް އިންސާފާ ހަމަހަމަ ކަމާ ދުރައް.. އޭރުން ދެންދާނީ އާމާންކަން ނެތެމުން އަދި ސުލްހަ މަސްލަހަތު ނެތެމުން (ސުލްހަމަސަލަސްކަން ނެތެމުން..) .. ދެން ފެތުރެމުން ދާނީ ނާމާންކަމާއި ބިރުވެރިކަން..
    ހަމަޖެހުންގެއްލި އަރާރުމާއި ރުޅިވެރިކަމާއި ނަފުރަތު
    ބާބާ ވުންތަކާއި ދެކޮޅުވެރިކަން..
    ..
    ( ވިސްނާ ފިކުރު ހިނގާ.. އިސްލާމީ މަތިވެރި އުސޫލުތަކައް ރުޖޫއަވޭ...
    ނާމާންކަމުން ދުރުވެ އަމާންކަމާއި ސުލްހަމަސަލަސްކަމާއި އަދުލް އިންސާފާ ހަމަހަމަކަން ބޭނުންވަންޏާ.. އެއްބާވަންތަކަމާއި އެކުވެރިކަމާއި ހިތްހަމަޖެހުން ބޭނުންވަންނާ.. )

  9. ޒާ

    އެމްޑީއެން ހަމީދު ގެއަށްދޭ. ލަދުކޮބާ؟

  10. ނަސީދު

    މަގުމައްޗައް ނުކުންނަންވީ ސައިޒް ދައްކާލަންވީ މީމާބާރުގަދަ ބަޔެކޯލަ

  11. ނަމް

    މަގުމަތިން ވެރިކަން ވެއްޓޭ ބައިގަނޑެއް މިވެރިކަމުކައި މިއުޅެނީ