ކޮވިޑް-19 އާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިފެށޭ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލާއިރު، ވެލާނާ އެއާޕޯޓަށް ޖައްސާ ޝެޑިއުލް ފްލައިޓްތަކުން ދައްކަން ޖެހޭ ފީތައް ދެއްކުމުގައި ބޮޑެތި ލުއިތަކެއް ދޭން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ނިންމައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ވަނީ މާރިޗް 27 ވަނަ ދުވަހުއެވެ.އެ ދުވަހުން ފެށިގެން ރާއްޖެއަށް ފަތުރުވެރިން އައުން އޮތީ ހުއްޓިފައެެވެ. އަދި ބައެއް ގައުމުތަކުގެ ބޯޑަރުތައްވެސް އެއިރު އޮތީ ބަންދުކޮށްފައެެވެ. އަދި މިހާރު ބައެއް ގައުމުތަކުން ފަތުރުވެރިކަމަށް ދަނީ ހުޅުވާލަމުންނެވެ.

އެމްއޭސީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޖުލައި 15 ވަނަ ދުވަހު އެމްއޭސީއެލްއިންވެސް ވެލާނާ އެއާޕޯޓުގެ އޮޕަރޭޝަންތައް ފަށަން ނިންމާފައިވާއިރު، އެ އެއާޕޯޓަށް ޖައްސަ އިންޓަނޭޝަަނަލް ފްލައިޓްތަކުން ދައްކަން ޖެހޭ ގްރައުންޑް ހޭންޑްލިންގ ފީ އާއި ލޭންޑިންގ ފީ އާއި ނެވިގޭޝަން އަދި ޕާކިންގއަށް ދައްކަން ޖެހޭ ފީތައް ދެއްކުމުގައި ޑިސްކައުންޓްތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.

އަދި މި ޑިސްކައުންޓްތައް ދޭ ގޮތުގެ ތަފްސީލް އެމްއޭސީއެެލް އިން ވަނީ އާއްމުކޮށްފައެވެ. ތިން ޕެކޭޖެއްގެ ދަށުން އަންނަ އަހަރުގެ މާރިޗް މަހާއި ހަމައަށް އެ ފީތައް ނަގާނެ ގޮތްތަކަށް ބަލާއިރު، ޖުލައި 15 އިން ފެށިގެން 31 އޮގަސްޓަަށް އެއްވެސް ފީއެއް ނުނަގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ސެޕްޓެމްބަރު އެކެއް އިން އަންނަ އަހަރުގެ އޮކްޓޯބަރުގެ 27 ނިޔަލަށް އަންނަ ފްލައިޓްތަކަށް 75 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ވަނީ ނިންމާފައެވެ. މީގެ އިތުރުން އަންނަ އަހަރުގެ އޮކްޓޯބަރު 28 އިން އަންނަ އަހަރުގެ މާރިޗް 26ގެ ނިޔަލަށް އަންނަ ފްލައިޓްތަކަށް 50 ޕަސެންޓުގެ ޑިސްކައުންޓް ދޭނެ އެވެ.

އެމްއޭސީއެލް ބުނެފައިވާ ގޮތުން އެއާޕޯޓް ހުޅުވާލާއިރު ޖައްސަން 10 ފްލައިޓަކުން ޖާގަ އަށް އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮބަޑި

    ފޫނެތްފަޔަށް ފެންފުރާކަށް ބަޔަކުނޫޅެ ލާރިޔާހެދި ބޫތުކައިފަ ހުންނަސަރުކާރަކަށް މަތިން ޑުރޯންއެއް ދިޔުުމުންވެސް ވަރަށް އުފާވާނެ........ބޯގޯސްސަރުކާރު.