ކުރީގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަފައިވާ "ކޮތަރު ކޮށި" ކަމަށް ގިނަ ސިޔާސީ ބަޔަކު ބުނަމުން އަންނަ "ހިޔާ ފްލެޓްތައް" ނިމިފައި ހުންނައިރު ހުންނާނެ ގޮތުގެ ކުރެހުމެއް ދައްކާލައިފިއެވެ.

މީސްމީޑީއާގައި އާންމުންގެ މީހަކު މިފަދަ ކުރެހުމެއް އާންމު ކޮށްފައިވަނީ ގިނަ ބަޔަކު މި ފެލްޓްތަކުގެ ޖާގަ ކުޑަ ކަމަށާއި ފާހަނާ ކުޑަ ކަމަށް ބުނެ އެތަނަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މިއީ ހިޔާ ފްލެޓްގެ ހުރި ޖާގައަށް ބަލައިގެން ތައްޔާރު ކޮށްފައިވާ އެނިމޭޝަނެކެވެ. މި ކުޑަ އެނިމޭޝަނަށް ގިނަ ބަޔަކު ތާއިދު ކުރާއިރު، މަދު ބަޔަކު ނަމަވެސް އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ދެ ކޮޓަރި ފެނިގެންދާއިރު، އެއް ކޮޓަރީގައި ހުންނަނީ ޑަބަލް ސައިޒްގެ އެނދަކާއި ކަހާލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އަލަމާރިއެކެވެ. އަދި ޑްރެސިން ޓޭބަލެއްވެސް ހުރެއެވެ. އަނެއް ކޮޓަރީގައި ބަންކު އެނދެއް ހުންނަ އިރު އެކޮޓަރީގައި ހުންނަނީ ހުޅުވޭ ގޮތަށް ހަދާފައި ހުންނަ އަލަމާރިއެކެވެ. އަދި މި ކޮޓަރީގައި ކުދިން ކިޔެވުމަށް ވަކިން ހާއްސަ މޭޒެއް ބެހެއްޓޭކަން ވެސް ވަނީ ދައްކުވާފައެވެ.

އެނިމޭޝަނުން ދައްކުވައިދޭ އެއް ކޮޓަރި-- ފޮޓޯ: އިންސްޓްރާމް ޔޫޒާ

ސިޓިން ރޫމުގައި ސޯފާ، ކާ މޭޒު އަދި ބަދިގޭ ސެޓް ހަރު ކޮށްފައި ހުރެއެވެ. މީގެ އިތުރުން ދޮންނަ މެޝިން މެލްކަނީގައި ރީއްޗަށް ބެހެއްޓޭކަން ވަނީ ދައްކުވާފައެވެ.

ބެލްކަނީގައި ދޮންނަ މެޝިން ބަހައްޓާފައި-- ފޮޓޯ: އިންސްޓްރާމް ޔޫޒާ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ފެށި މިމަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ފހޖ

    ބެލްކަނީގައި ދޮންނަ މެޝިނު ބެހެއްޓީމާ ވެހޭހާ ވާރޭއެއްގައި ދިއްލާހައި އަތްވެއްގައި އެވާނީ ހަލާކެއްނޫންތަ؟ މެޝިނު ބަހައްތާނެ ޖާގައެއް ނެތްދޯ އިންތީރިއާރ ނިންމިއިރު؟

    24
    66
    • ބައްޔެއްނުން

      ކަލޭމެން ބޮޑު އަގުގަ ކުއްޔަށް ދޭ ތަންތަން ހުންނަނީ ކިހިނެއްތަ؟

      56
      5
      • ރަދީފް ހުސެން

        10' * 25' ސިޓިން ރޫމެއް އޮންނައިރު ދޮންނަ މެސިނު ބަހައްޓާނެ ތަނެއް ކަލެއައް ނުފެނިއްޖެޔާ ކަލެއައް ތިހިރީ ރީނދޫ ބޮވިފަ. މަމިއުޅެނީ 10' * 11' ކޮޓަރިއެއްގަ މަށާ އަނބިމީހާޔާ 8 އަހަރުގެ ދަރިއަކާ 11މަހުގެ ދަރިއެއް ގޮވައިގެން.

        31
        3
        • ވނވ

          ބޭފުޅާ... ތިއީ ފްލެޓް ތަކެކޭ... ފާރެއްގައި އިސްކުރެއްވެސް ޖެހުމުގެ ހުއްދައެއް ނޯންނާނެ. އަދި ކިހިނެއް ސިޓިންގ ރޫމްގައި ފްލޯރ ޑްރެއިން އެއް ބަހައްޓާނީ.

          6
          1
      • ރަންނަމާރި

        ދެން ހިލޭ އުޅެން އަމިއްލަ ރަށަށް ފެއްސެންވީނުން ކޮންމެހެން މާލޭގަ އުޅެން ޖެހޭތަ ރަށުގަ ގޯތި އޮތަސް ހިތްނުފުރޭ

        20
        14
        • ފހޖ

          ބަލަ ކަލޭގެ އަމިއްލަ ގެދޮރު ރަށުގައި އޮތަކަސް މަ މީ މާލެ ދަފްތަރުގައި ހިޔާވައްސެއް ނެތް މީހެކޭ..ކަލޭ ފެއްސެންވީނު ރަށަށް؟

          5
          1
      • ފހޖ

        ބްރޯ މަ އުޅެނީ ކުއްޔައް! ބޮޑު އަގުދދީގެން ހުންނަތަން ތިޔައްވުރެއް ސަޅިއޭ!!

        1
        3
  2. ގުޑުގުޑާ

    ކޮތަރު ކޮށްޓަކަސް މީދާކޮށްޓަކަސް ކިނބޫކޮށްޓަކަސް ގެރިމޯދީކޮށްޓަކަސް ތިތަން މަށަށް ހަވާލުކުރަންވާނީ ނިންމާފަ މި ސަރުކާރުން ކޮންމެހެން ރަށްޔަތުންގެ ކުރިމަތީގަ ވަށްތަރުޖައްސާނެކަމެއް ނެތް .

    110
    7
  3. Anonymous

    ވައްކަން ކުރިއަސް ޔާމީން ސަރުކާރުން ވަނީ ތަރައްޤީ ގެނެސްފަ! މިސަރުކާރަށް ކުރެވެނީ ހުސް ވައްކަން، ދެން ހެދެނީ ހުސް ދޮ ގު، ނިމުނީ

    131
    6
  4. އަމީދު

    ތިއީ މޮޑާރން ކޮތަރު ކޮއްޓެއް.. އެމްޑީޕީ މީހުންނައް އެޅޭނީ ޚިޔާލީ ކޮތަރު ކޮއްޓެއް..

    115
    6
  5. ބެގީ ރަޝީދު

    އޯ ސަޅިއޭ..އަވަހަށް ގެނޭ މަގޭ ހާލި

    97
    4
  6. ކިއާން

    އެމްޑީޕީގެ އިސް ނިފޫޒްގަދަ އެކްޓިވިސްޓުންނާ އެ މީހުންގެ އާއިލާ އަށް އެކަނިތަ ތި ކޮތަރުކޮށިތައް ލިބެންވީ... އެއްޗެކޭ ކިޔާފަ އެކްޓިވިސްޓުންނަށް ދޭން ތިއުޅެނީ... އެމްޑީޕީގެ އާންމު މެމްބަރުންނަށް އެކައްޗެއް ވެސް ނެތް... ވޯޓް ހޯދަން ވީމަ އެކަނި ފެންނަނީ... 😡

    104
    4
  7. ދަރަނި ދަންތުރަ

    މާލޭގަ ކުއްދޭ ތަންތާގައި ދޮންނަމެސިން ބަހައްޓަށް ހުންނަނި ހާއްސަކޮޓަރިއެއް އެއަރކޯން ވެސް ކޮއްފައި އަނެއްކާ އެހާ އަގުހެޔޮ...

    27
    1
  8. ފިޓްފާޒިލް

    ކޮތަރު ކޮށްޓެއްވެސް ތިޔަށްވުރެ ބޮޑުވާނެ

    12
    33
  9. މަސްނާ

    ޔާމިނުގެ ސަޕޯޓަރުން ހަޖަމްކުރަން ދަސްކުރަންވެއްޖެ. މަށަކީ އެމްޑީޕީ ސަޕޯޓަރެއްވެސް ނޫން އެކަމަކު ފޮޓޮތަކުން ބަލާލާފަ އިނގޭ ތީ އިންސާނުން އުޅެން ހެޔޮވާވަރަށްވުރެ ވެސް ހަނިކޮށް ހަދާފަ ހުރި ތަނެއްކަން. ބޭނުންހާ ވައްތަރެއްގަ ފަރުނީޗަރެއްވެސް ނުވެއްދޭނެ އަދި ކުޑަކުދިން ގޮވައިގެން އުޅޭނީ ކިހިނެއް؟ ހުޅުމާލޭގެ އެހެން ފްލެޓުތަކާ ބަލާފަ ހާސްގުނަ ކުޑަ. .ދަރިން ގޮވައިގެން ފްލެޓަށް ވަންނާނީ ދެން ދަރިން ބޮޑެތިވެގެން މީހުންނާ އިންނަން ބަލާއިރު އުޅެންޖޭހީ ހަނިހަނި ޗިލްޑްރަންސް ރޫމެއްގަ 😏 ގަދަ ވިއްސާރައެއްގަ ދޮންނަ މެޝިނު ބޮލަށް ލައިގެން ތިބޭ . އެވަރުންވެސް ރާއްޖެތެރޭ މީހުން އުޅެންވަނީ މާލޭގަ މާލެ މީހުންނާ އެއްފަންތީގަ ކިތަންމެ ބޮޑު ގޯއްޗެއް ރަށުގަ އޮތަސް.

    7
    32
    • ޙާލަތު

      މާލޭ އެއްޗެހިން މާލެވެގެން ފިއްތަވާލައްވައިގެން ތިއްބަވަން ޖެހިވަޑައިގަންނަވާނީ... ރާއްޖެތެރެއަށް މާލެ މީހުން އައިސް ކޮޓަރިއަކަށް ކެއުމާއެއްކޮށް 500ރ ދައްކާލަން ބޮޑުވެފަ ތިބެނީ. ތީ މާލެ ވެގެން އުޅުއްވާ ބޭފުޅިމެންގެ ފެންވަރަކީ

      9
      8
  10. ވާނުވާ

    ބަލަ ރަށުގަ ގޯތިނެތިގެން ނޫނޭ މާލެ އަންނަނީކީ..ޚިދުމަތްތައް ދީބަލަ ރާއްޖެތެރޭގަ..އޭރުން ނުދާނަން މާލެއަކަށް

    23
    2
    • ހަބީބު

      މަވެސް މާލޭން ރައްކާވާނަން، ހިދުމަތްތައް ދީބަލަ! ނުކެރޭނެ ދޭކަށް. އޭރުން ހަމަ މާލޭ ބޭފުޅުން ވިއްޔަ ބަނޑަށް ޖެހޭނީ

      21
      2
    • Anonymous

      ހިދުމަތްތައް ދިނަސް މާލޭއަށް އަންނަޖެހޭ ކޮންމެހެން ހަދާފަވެސް ކުޑަ އަލިފާން ފޮއްޓެއް ވަރުގެ ތަނެއްގަ އުޅެން ޖެހުނަސް ދެން މާލޭގެ ލައިފްސްޓައިލް އެފޯޑު ނުކުރެވުނީމަ ކުލި ބޮޑޭ އަނެކައްޗެކޭ ކިޔާ

      7
      5
  11. އަލީ

    ޔާމީން ސަރުކާރުން ކުރި ތިމަސައްކަތް އަހަންނަށް މާގޯހެއް ނޫން. އެކަމަކު އަހަރެންވެސް ތިއަށްވުރެ ސައިޒުން ބޮޑުވާން ބޭނުން. އަހަންނަށް މައްސަލައަކަށް ވަނީ ބިން އޮވެގެން ޕްލޭންކޮށްގެން ތަންތަން ހަދާއިރު އެހާ ކުޑަކުރަންޖެހޭ ސަބަބަކީ ކޮބައިބާއެ؟

    10
    2
    • ކާފަބޭ2020

      ސަބަބަކީ ތަންބޮޑުވިވަރަކަށް ދައްކަންޖެހޭއަދަދުބޮޑުވާނެ ! ހެދިމީހަކުހަދާފަތިޔަހުރަި އާދައިގެމުސާރައެއްލިބިގެން ހިތްހަމަޖެހިގެންއުޅެވޭނެވަރަކަށްބަލައިގެން! އެކިފެންވަރުގެ ތަންތައްހެދީމަ އެމީހެއްގެތަނަވަސްކަންއިތުރުވީވަރަކުން ބޮޑެތި ތަންތަނަށްބަދަލުވާގޮތަށް މިއީ އަޅުގަނޑަށްގެޓުވާގޮތް ޝުކު ރިއްޔާ!

      17
      1