މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައާއި ގުޅިގެން ދެކެވޭ ވާހަކަތަކާއި އެކު ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ ބަހުގެ ހަމަލާތަކެއް ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދަށް ރައްދު ކޮށްފިއެވެ.

ޝިދާތާ ވިދާޅުވީ، އޭނާ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވިއިރު، ކުޑަކުދިންނާއި އަންހެނުންނާއި އިންސާނީ ކަރާމާތަށް ގުޅުން ހުރި މައްސަލަތަކުގައި ޖަވާބު ދާރީ ކުރުވުމަށް މަޖިލީހުގެ ޖެންޑާ އަދި ހިއުމަން ރައިޓްސް ކޮމެޓީގެ މުގައްރިރު، ޖީހާން މަހުމޫދު "ދެފައި އެއްތާ ނުޖަހާ" ކަމަށެވެ.

"5 ފެބްރުއަރީގައި އޮތް ރައްޔިތުން މަޖިލިސް ޖަލްސާގައި މިފަދަ މައްސަލަތަކުގައި މެމްބްރުންގެ އުދާސްތަކާއި ރުޅިވެރިވެރިކަން ހިފެހެއްޓުމެއް ނެތި ބަންޑުންކޮށްލިތަން ފެނިގެން ދިޔަ" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ، އޭރު ކަންބޮޑުވުން ފާޅުކުރި މައްސަލައިގައި ހިމެނޭ ޑިސެބިލިޓީ އެމްބެސެޑަރު ވެސް މިހާރު ދޫވެއްޖެ ކަމަށެވެ.

"އެފަދަ އެތައް މައްސަލައެއް މައްސަލައަކަށް ނުވެ ހިނގައްޖެ. މިހާރު އަޑު އިވެނީ ރޭޕްގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ނުފޫޒުގެ ސަބަބުން ގާނޫނު އަރާ ހަމަ ނުކުރެވިގެން އުޅޭ ވާހަކަ. ޖިންސީ އަނިޔާ ކުރާ މީހުން ކުރާ އަމަލު ކުށަކަށް ނުވެގެން ދޫވެގެންދާ ވާހަކަ." ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ، އޭނާ މަގާމުގައި ހުންނެވިއިރު، އޮފީސް ކައިރީ މުޒާހަރާ ކުރި މީހުން މިއަދު ފެންނާކަށް ނެތް ކަމަށާއި މިހާރު މީޑިއާތަކުގެ މި މައްސަލަ ހޫނުވެ ކުކެނީ ވަރަށް މަޑުކޮށް ކަމަށެވެ.

"އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާމީހުން ޝިދާތާގެ އިސްތިއުފާ ޔާ އެކު ނިދިއްޖެ. ހެޔޮ ނިޔަތުގައި އެދުވަހުވެސް ތެދުވެ ތިބިނަމަ މިއަދުވެސް އެމަންޒަރު އެގޮތަށް ފެނުނީސް" ޝިދާތާ ވިދާޅުވިއެވެ.

މުޖުތަމައުގެ މިފަދަ މައްސަލަތަކަކީ ވަކި މީހަކު ފުޑާލަން ނުވަތަ ސިޔާސީ ގޮތުން ހަމަލާދޭ ހަތިޔާރަކަށް ހަދައިގެން އުޅޭހާ ހިދަކު ހަޤީޤީ ހެޔޮ ބަދަލެއް ނާންނާނެ ކަމަށާޢި މިއަދުވެސް މި ފެންނަނީ އޮޑީގެ މިސްރާބު ގޯހުން ގޯހަށް ދާތަން ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގައި މިހާތަނަށް ސަރުކާރުން އަމަލު ކޮށްފައިވާ ގޮތުގެ ސަބަބުން ގިނަ ބަޔެއްގެ ފާޑު ކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. މިކަމުގައި ޝާމިލުވާ ފަރާތްތަކުން ދޫކޮށްފައިވާތީ ގިނަ ބަޔަކު ވަނީ އެމީހުންނަކީ ސިޔާސީ އިސް ބޭފުޅުންނާއި ގުޅުން އޮތް ބައެއްކަމަށް ތުހުމަތު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ާއަބޫ

    ޖީ ހާނު ތިމަގާމަކަށް އިންތިޚާބުވި ދުވަ ހުން ފެށިގެން ހަތަރެސް ފަޔަށް ހިނި އަރައިގެން އުޅޭހ ހެން އެކި މުއައްސަސާ ތަކާއި ވަޒީރުންތައް ގެންގޮސްގެން އެއިން މީ ހަކަށް އަނގަ ހުޅުވައިލަން ފުރުސަތު ނުދީ "ޒިންމާ ނުނެގޭ" ކަމަށް ގޮވަގޮވާ ހުއްޓައި ފިރިމާ އެވަރުގެ ޖަރީމާއެއް ހިންގި ކަމަށް އަޑު ފެތުރުނީމަ ދެން ލަދެއް ހަޔާތެއް ހުރިއްޔާ ތިމަގާމުން އިސްތިއުފާ ދޭނެ.

    79
    1
    • ބޭބެ

      ޖީހާން މީ ވަރަށް ނުލަފާ އަންހެނެއް!! އަމިއްލައެދުން ބޮޑު އަންހެނެއް!! މުޅިން ދޮގާއި މަކަރު!! މީނާ ހީކުރަނީ މީނާއަށްކަމަށް ހުރިހާ އެއްޗެއް އެގެނީ!! ވަރަށް ފޮނި ބޮޑު ބޮޑާ އަންހެނެއް!! މަޖްލީހަށް ވަދެވުނީމަ އަދި މާކަންތައް ބޮޑު!! މިދޭތެރެއިން ލ.އަތޮޅުން ގޯއްޗެއް ކައްވާލަން އުޅެނިކޮށް ފަޅާއަރާފަވީ!!

      60
      2
  2. ހާލް

    ސިދާތާ މިބުނީ ހަމަ 100 ވާހަކައެއް?

    77
  3. ަމަހުޖަނު

    ސިދާތާ އަށް ތިޔޮތީ ތެދުފުޅެއް ބުނެވިފަ

    58
    • ޑަރޭ

      ވިދާޅު ވެވިފަ....

      11
  4. ކޮތަރު ގުއި

    ޖީހާން ޓީވީގަ ބުނި ތިމަންނަ ފިރިމީހާ ބުންޔޭ ބަދިގެއަށް ނުވަދެ މަސައްކަތު ދާށޭ. ގައިމު ގޭގަ ފިރިމީހާގެ ކަންތައްތައް ކޮށްދޭން އޮތްނަމަ އޭނަ ސަފާރީތަކަށް މީހުން ގޮވައިގެން ނުދިޔައީހެންނު.

    66
  5. ރައްޔިތުމީހާ

    ޝިދާތާ ތި ދެއްކެވީ ރަނގަޅުވާހަކައެއް.. އެދުވަހު މަންޖެ ގޯސްކުރީ އެންމެންވެސް...މިއަދު ސިޔާސީ މީހުންގެ ނުފޫޒުން މައްސަލަ ހިންދާލަން އެ އުޅެނީ.. މި ގައުމަކީ ވަކި ބަޔެއްގެ ހައްގަކަށްވެ ނިމިއްޖެ..ނިކަމެތިވަނީ ބިކަހާލުގައި މި ޖެހެނީ ސިޔާސީ ބައިގަނޑާ ނުވާ ނިކަމެތި ރައްޔިތުން... މިކަމާ ގުޅިގެން އަޑުއުފުލާނެ ބަޔަކުނުވާނެ.. އެޖެންޑާ 19 ސަޅިވާނެ!! ސިޔާސީބައިގަނޑަށް މަ ސަލާން... އަންނި އަކަސް ޔާމީނަކަސް ހެޔޮ އެދެނީ ވަކި ބަޔަކަށް.. ބާކީމިވަނީ އަހަރުމެން ކަހަލަ ވަކި ކޮޅަކައް ނުޖެހޭ އިންސާފަށާއި ދީނަށާއި ގައުމުދެކެ ލޯބިވާ ރައްޔިތުން! މީ ވަރަށް ވާހަކަ!!! ސަލާން!

    43
  6. ރައްޔިތުމީހާ

    ލަދުކުޑަ އައުރަ ނިވާކޮށްބަލަ ފުރަތަމަ.

    44
  7. ނަން ނުބުނަން ސަރުތުކޮށް

    އެކަކަކީ ޖީހާން މަހުމޫދުގެ ފިރިމީހާ އަނެއް މީހާ އަކީ ޅ ހިންނަވަރު މީހެއް ރައީސް ސޯލިހު ތިމާގެ މީހެއް

    48
  8. ތިބުނީ

    ޙަމަ ބެސްޓު ވާހަކައެއް

    32
  9. ޛީޒާ

    ލޮލް ގޯތި ވަ ގު

    31
  10. މުހަންމަދު

    ފިރިކަލޭގެ އަދި އެހެން މަޖާކޮއްލިޔަސް އެއީ ނިޒަމާނުގެ ބަޔެއް ހިއުމަންރައިޓުސް މީހުން ބުނާގޮތުގަ މާބޮޑެ މައްސަލައެއްނޫން.. 24 ގަޑި އިރު އެއްވެސް ފިރިޔަކު ހަމަހޭގަ ތިބެން ނުޖެހޭކަމައަވެސް ބަޔެއް އަންހެނުން ދެކެފާނެ.

    44
    • ?

      ތި ދެމަފިރިންގެ ގޮތް ވަﷲ އަޢުލަމް. ވަފާތެރި ޕުލަސް ވަފާތެރި؟ އެކުގަ އުޅެވޭނެ އިންޝާﷲ.
      ބޭވަފާތެރި ޕުލަސް ބޭވަފާތެރި؟ އުޅެވިދާނެބާ؟
      ވަފާތެރި ޕުލަސް ބޭވަފާތެރި؟ އެކުގަ މާ ގިނަ ދުވަހު އުޅެވޭނެހެން ހީނުވޭ

  11. އ

    ސަރުކާރުގެ ކިތަންމެ ނުފޫޒް ގަދަ ބަޔަކަސް އަދަބްދީ... ކޮބާހޭ މި ރޭޕިސްޓުންގެ ނަން... ނަން ޖަހާބަލަ... މީހުސް ސީޕީގެ ކަންތައް... ???... ނަން ހާމަ ކުރޭ... ނޫނީ އިސްތިއުފާ ދީ...

    48
  12. ހަމަހަމަ ކަން ނެތިއްޔާ ސަރީއަތުގެ ބޭނުން ކޮބާ

    ޙަމަހަމަކަން..
    ސަރީއަތްތަކާއި ތަހުގީގުތަކުގާ .. ޙަމަހަމަކަން ނެތުމީ އަދުލްއިންސާފު ކަސްތޮޅު އެޅުވުން ފަދަ އަމަލެއް...
    ..
    އޭރުންބެލެނީ ނުވަތަ ބަލާނީ ކުށުގެ ބޮޑު ކުޑަމިނަކައްނޫން..
    .
    އޭރުން އޮންނާނީ މީސްމީހުންނާއި
    މީސްމީހުން ނުފޫޒާ މަގާމައް ބަލާގެން ހުކުމް ކުރުމުގެ ސަގާފަތެއް.. މޮޅުމީހާއައް ހަމްދަރުދީއާ ލޫގޮތް .. ދެރަމީހާއައް އަނިޔާވެރިކަމާއި ނިކަމެތިކަން..
    ..
    އިސްލާމްދީން ﷲ ސުބުހާނަހޫ ވަތައާލާ ބާވާލެއްވީ މީސްތަކުންނައް އެބަމީހުން އުޅެންވީ ރަގަޅުގޮތް އަންގާދިނުމައް.. އަދި އެކަލާނގެ ރުހިވެޓިގެންވާ ގޮތާއި ގޮތްތަކާއި (ނުވަތަ އެކަލާނގެ ރުއްސަވާ ހެޔޮއަމަލްތަކާއި)
    އަދި އެކަލާނގެ ރުހިވެޓިގެން ނުވާގޮތްތަކާއި ކަންކަމާއި ކަންތައްތައް (ނުވަތަ އެކަލާނގެ ނުރުއްސަވާ އަމަލްތައް) ބަޔާން ކޮއްދޭ ރަހުމަތުގެ ދީނެއް ގޮތުގަ..
    ..
    ޢަދި މިދީނުގާވާ އިސްލާމީ ސަރީއަތް ބާވާލެއްވުނީ މީސްތަކުންގެ މެދުގާ އަދުލްއިންސާފާ ހަމަހަމަކަމާއި އަމާންކަމާއި ސުލްހަމަސަލަސްކަން ލިބިގެންދާ ރަހުމަތެެއް ކަމުގަ.. އަދި މީސްތަކުންގެ އަބުރާ އިއްޒަތާ ފުރާނައާއި ލެއާ އި މުދަލާ އަނބިދަރީންނައްވާ ހުރުމަތާއި ރައްކާތެރި ކަމެއްކަމުގަ..
    ..
    އަހަރެމެން މި އިސްލާމް ދީނުގާ މިވާ ފުރިހަމަ ސަރީއަތުގެ ނިޒާމު ދޫކޮއް އަމިއްލަގޮތްތަކެއް އިސްކުރަން ފަސާފިނަމަ އަހަރެމެންނައް އެދެވެނީ އަދުލް އިންސާފާ ހަމަހަމަ ކަމާ ދުރައް.. އޭރުން ދެންދާނީ އާމާންކަން ނެތެމުން އަދި ސުލްހަ މަސްލަހަތު ނެތެމުން (ސުލްހަމަސަލަސްކަން ނެތެމުން..) .. ދެން ފެތުރެމުން ދާނީ ނާމާންކަމާއި ބިރުވެރިކަން..
    ހަމަޖެހުންގެއްލި އަރާރުމާއި ރުޅިވެރިކަމާއި ނަފުރަތު
    ބާބާ ވުންތަކާއި ދެކޮޅުވެރިކަން..
    ..
    ( ވިސްނާ ފިކުރު ހިނގާ.. އިސްލާމީ މަތިވެރި އުސޫލުތަކައް ރުޖޫއަވޭ...
    ނާމާންކަމުން ދުރުވެ އަމާންކަމާއި ސުލްހަމަސަލަސްކަމާއި އަދުލް އިންސާފާ ހަމަހަމަކަން ބޭނުންވަންޏާ.. އެއްބާވަންތަކަމާއި އެކުވެރިކަމާއި ހިތްހަމަޖެހުން ބޭނުންވަންނާ.. )

  13. Mahujanu

    އެސޮރު އަންހެނުން ރަގަޅު ނުވީމަ ކަސްރަތަށް ނުކުތީ. ޕާޓީކުދިން ބުނިއެތި ބައިކޮޅަށް ވަނީ.

    27
  14. މަގޮލާ

    މާތް ﷲގެ ނިޔާ އަންނާނީ މީހަކު ހިތަށްވެސް ނުގެނެވޭނެ ފަދަ ގޮތަކަށެވެ.

    12
  15. ނަައީމް

    ބަލަ މިއަދު ސިދާތާއަށް ބުނެވިއްޖެ ވަކިމީހަކު ފުޑާލާވާހަކަ ބަލަ އޭރުވެސް މަމެން މިގޮވަނީ ތިޜީޑު އަންނިއާ ވައި ވޭޅޭށޭ ރަނގަޅެއްނުވާނޭ ތާހިރުވެއްޖެނު

    14
    1
  16. ޖުއްލާބު

    ބަލަ ސިދާތާ ހުރިއިރު އެކުރަނީ ރޭޕު މިހާރަކު ރޭޕެއްނުކުރޭ. މިހާރިމިއުޅެނީ ޖިންސީގޯނާ އާއި ޖިންސީއަރާރުމާއި ޖިންސީހޯއްގޮވުމާއި މިޒާތު ކުއްކުނި ކަންތަކެއްނު.

    13
  17. Anonymous

    މިއީ ލާދީނީ އެމްޑީޕީގެ ލާދީނީ ކުދިންގެ ފެންވަރަކީ. އަދިވެސް ހައްގޭކިޔާ އަނގަފުޅާ ކުރާތި ތަނެއް އޮތިއްޔާ.

  18. ދަވާލި19

    ޖީހާން ތިރި ޔަޅުލީމާ ފިރިސޮރު އެހެންމީހުން ހިފާ ހައްޔަރުކޮއްފަ ތިރިފަޅަނީ މީތޯ އެވިދާޅުވި އިންސާފަކީ