ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް އިނގިރޭސިވިލާތަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ ގޯޑަން އެންޑްރޫ ސްޓުއަރޓް ހަމަޖައްސައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން އެމްއޭސީއެލްގެ ސީއީއޯގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ބޮޑުބޭފުޅު މޫސާ ޞާލިހެވެ.

އެމްއޭސީއެލްގެ ސީއީއޯގެ މަގާމަށް ބޭފުޅަކު ހޮވުމަށް އިއުލާނުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަސް ތެރޭގައެެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިއަދާއި ސީއީއޯއެއް ހަމަ ޖައްސާފައި ނުވާ ހަމައެކަނި ކުންފުންޏަކީ އެމްއޭސީއެލް އެވެ.

އެ ކުންފުނީގެ ސީއީއޯގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައިވާކަން އެ ކުންފުނީގެ އޮފިޝަލަކު ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

އެމްއޭސީއެލްއިން ނެރުނު އިންޓާނަލް މެމޯއެއްގައި ބުނެފައި ވަނީ އެކުންފުނީގެ ސީއީއޯގެ މަގާމަށް ހަމަޖެއްސި ގޯޑަން އަކީ ޔޫރަޕް، މެދުއިރުމަތި، އުތުރު އެފްރިކާ، އޭޝިއާ އަދި އުތުރު އެމެރިކާގައި އޭވިއޭޝަން އެންޑް ޓްރާންސްޕޮޓޭޝަން އިންޑަސްޓްރީގައި 30 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ އޭނާއަކީ 20 އަހަރު ދުވަހު އެގްޒެކެޓިވް އަދި ބޯޑު ފެންވަރުގެ މަގާމްތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

އޭނާ މަގާމާއި ހަވާލުވުމަށް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ރާއްޖެ ހުޅުވާލުމުންނެވެ.ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމާފައި ވަނީ އަންނަ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. Anonymous

  ދިވެހި ލޮބުވެތި ރައްޔިތުންނޭ. އަދިވެސް ނުވިސްނެނީތޯ. އެމްޑީޕީ އަކީ އަބަދުވެސް ދިވެހީނަށް ވުރެ އިނގިރޭސިނަށް ލޯބިކުރާ އެމީހުން މިރާއްޖޭގައި ވަޒަންވެރިކުރުމަށް ގަދަޔަށް މަސައްކަތް ކުރާ ބޭނުން ދީނަކަށް އަޅުކަންކުރަން އަދި އެއް ޖިންސުގެ ގުޅުން ހިންގުމަށް މަސައްކަތް ކުރާ ނުލަފާހަ ޖާހިލު ޤައުމަށް ގައްދާރު ބައިގަޑެއް.

  40
  • ނަމް

   ބީއެމްއެލްއަށް އިނގެރޭސި އެންޑްރޫ ހީލީ ގެނައީމަ ތިހެން ސުރުހީ ހަދައި ފިތުނަ އުފައްދާނެ ބަޔަކު ނުނިކުމޭ.. ނަތީޖާއަކީ ބޭންކަށް އެތަށްކުރިއެރުމެއް ލިބި ޒަމާނީ ޚިދުމަތްތައް ފުޅާވެ ބޭންކްވެސް ފުޅާވުން..

   3
   9
 2. އެމަންޖެ

  އެހެންވީމަ ތިޔަކަން ދެންތިޔަނިމުނީނުން ވަރައް މަސައްކަތް ތިޔަ ކުރެވުނީ މިވެރިކަމުގަ އިބޫއައް.

  28
 3. ސޮމެޮނެ

  ދޮންމީހެއް ވިއްޔާ 100 ދިވެހިންގެ މުސާރަ ދޭންވާނެ.

  30
 4. އަޙްމަދު

  އަނެއްކާ ހަޑިމްހަމްގެ ބޭބޭނޫންބާ!

  29
 5. Anonymous

  ޖީ އެމް އާރަށް އެއަރޕޯޓް ދިނުމު ގެ ފުތަތަމަ ފިޔަވަޅު.

  70
  1
 6. ހަސަނު

  ދިވެހިން ނެތީތަ

  80
 7. Anonymous

  ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.
  ޤައުމުގެ މައިދޮރުއަށްޓަށް ފާރަވެރިވާނެ ފެންވަރުގެ ދިވެހި ދަރިން ހުސްވީތޯ ސޯލިޙޫ.
  ދިވެހިންގެ ފަޚްރު ވެއްޔާ މޮޑެ ލަމުން ތިޔަގެން ދަނީ. ފާޑުފާޑުގެ ލާދީނީ ރިޕޯޓް ތައްނެރެން ފުރުޞަތު ދޭކަށް ނޫން ސޯލިޙް ވެރިއެއް ހޮވީ. މިހާރު އުޤެއިލްމެންފަދަ ބޭފުޅުންގެ އަޑުފުޅެއްވެސް ނީީވޭ.

  31
 8. ބަތް ކައްކާ

  އެ ބޭފުޅާ ގެ ސަބަބުން އެއަރ ޕޯރޓަށް އެހީ ހޯދުމުގައި ލުއި ރާސްޓަސް ފަހިވެގެން ދާނެ

  11
  15
 9. ށުކުރު

  ދިވެހިންގެ އަގު ވައްޓާލުން

  30
  1
 10. މަބޭ

  މިހާރުގައުމު އޮތްހާލަތައްބަލާއި ތިޔަކުރި ރަންގަޅުލަމެއްނޫން ސަބަބަކީ އަދި ޓާމިނަލްނިމެން ނިމެން 2 އަހަރުއިތީމަ

  19
 11. ޙިޕޮ

  ޖީއެމްއާރުގެ ކުރީގެ ސީއީއޯ

  26
 12. Happy

  ތި ޑޮލަރުކޮޅުވެސް ބޭރަށްތި ދުވާލީ..މިހާލަތުގަވެސް!

  25
 13. ބޯކިބާ

  ތިވަރު އެއާޕޯޓެއް ހިންގާކަށް އިނގިރޭސިއަކަށްނޫނީ ނޭނގޭނެ. ހީތުރޯ ހިންގިމީހާ ގެނައިނަމަ.

  27
  2
 14. ޝާޝާ

  ޢަންނި ވެރިކަމު ގަވެސް އެކި ނަންނަމު ގަ ގައުމު ގަގަޔާ ގައުމުން ބޭރު ގަ ދޮން ކުދިންނަށް ވަޒީފާ ތައް ވަނީދީފަ މިހާރު އަނެއްކާ ވެސް މިފެންނަނީ އެމަންޒަރު އަޅެ ތިޔަ ލާރި ގަނޑު ރާއްޖޭން ބޭރުކުރުމު ގެ ބަދަލު ގަ ރާއްޖެއިން ބޭރުނުވާ ގޮތަށް ތިޔަ ވަޒީފާ ދިވެއްސަކަށް ދިންނަމަ ރަ ގަޅު ވީސް ، ރަ ގަޅަށްވިއްޔާ ތިޔަވާނީ އަންނި ގެ ގާތް މީހަކަށް ، ކުރިން ވެސް ވަޒީފާދީފަހުރި ބިދޭސީން ގެ ތެރޭ ގަ ތިބި ކްރިސްޓިއަން ދީން ފަތުރަން މަސައްކަތް ކޮށް ގެން ޑީޕޯޓްކޮށްފަ ތިބިމީހުންވެސް އަނެއްކާ މިމީހާ ކިހާވަރަކުން ދާނެބާ!

  22
 15. Anonymous

  ގުންޑާ ސަރުކާރު

  29
  1
 16. އަބުސީ

  އެއީ މި ސަރުކާރުން ދިވެހީންނަށް ކުރި މަލާމަތެއް. ވަރަށް ވިޔާނުދާ ސަރުކާރެއް. މި ސަރުކާރު ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކޮށް ވޯޓް ދެވުނީތީވެސް ހިތާމަކުރަން.

  28
 17. ވިސްނާ

  ޢަހަރެން ހަމަ އަޖައިބުވެއްޖެއަިން. ޥަރަށް ހިތާމަހުރި. މިސަރުކާރު އިސްތިއުފާ

  11
 18. ހެޔޮނުވާނެއޭ

  ކޮބާތޭ މަޖްލީހުގެ އިކޮނޮމިކް ކޮމެޓީ ތަމެންނަށް މިތަން ނުފެނޭދޯ މާލޭގައި ވިޔަފާރި ކުރާ ކުންފުންނެއް ފުނޑާލި ބިދޭސީން ތަކެއް ފުރުވާލުމުން އެތަން ދޯ ތަމެންނަށް ފެނުނީ 6 ހާސް ދިވެހިންގެ މުސާރަ އެކަކަށް ދީގެން އެމްއޭސީއެލްގެ ސީއީއޯ އަކަށް ޔޫކޭގެ މީހަކު ގެނައަަސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ފުރަތަމަ އެފަދަ މީހަކު ޖެހޭނެއޭ ދެ އަހަރު ދުވަސް ނަގަން ރާއްޖެ ދަސްކުރަން އެއިރުން އެމީހަކު ހުންނާނީ މުއްސަނދި ވެފައޭ ތިޔާއީ ކުރަން ހެޔޮވާވަރުގެ ކަންކަންނޫނޭ ކަންކަން ނޫނޭ ނޫނޭ ނޫނޭ ނޫނޭ...

 19. Safiru

  ރައްޔިތުން ނޭވެ! ހާސްވެ ކަންބޮޑުނުވޭ!! މާޔޫސް ނުވޭ! އެފަހަރުވެސް 3 އަހަރު ކިރިޔާ ވީ އޮތީ އިސްތިއުފާ ދީފައި މިފަހަރުވެސް

  10
 20. މިގައުމު

  ކުދިންނޭ މިއަދު މިއޮތް ސަރުކާރަކީ ރަށްޔަތުންނަށް ދުއްޕާން ކުރާ ނަމެއްގަ އޮތް ޖާހިލް ސަަރުކާރެއް ރަށްޔަތުން ހޭއަރަންވެއްޖެ .

 21. މޯދި

  ގާނޫނީ އިމުގެ ތެރޭން ވީހާވެސް އަވަކަށް މިސަރުކާރު ނިމުމަކަށް ގެއްނަން އެބަޖެހޭ ނޫން ނަމަ މިގައުމުގެ ދުވަސް ދުއްވާލަފާނެ.

 22. ދަރަނި ދަންތުރަ

  ދިވެހިންނަށް ވަޒީފާތަށް ތިއޮށްލިބެނީ ބާރަށް އަތްޖަހާ ، މިހާތަނަށް ދިވެހިން އިސްމަގާމުތަކުގައި ތިބެގެން އެއަރޕޯޓު ތިފެންވަރަށް ގެނައީ ވަށްކަންކުރަން ވެގެން ފަރަންޖީ އެއް...

 23. ސަނީ

  މިރާއްޖޭގައި ހުސް އެންޑްރޫ! ބެންކްގައި އެންޑްރޫ، ތިތާގައިވެސް އެންޑްރޫ.

 24. ދަރަނި ދަންތުރަ

  ބަލަންތިއްބާ ގައުމުގެ ދުވަސްދުއްވާލަނީ ، ދިވެހިންހޭއަރާ މިސަރުކާރަށް ނޫނެކޭ ބުނަންވެއްޖެ އިބޫސޯލިހުގެ އިސްތިއުފާޔަށް ގޮވަންވެއްޖެ އިބޫސޯލިހު އިސްތިއުފާ އިސްތިއުފާ

 25. ބުއްޅަދައްޖާލު

  އިނގިރޭސި ކާފަރުންނާއި އިންޑިޔާގެރިތައް މި ލާދީނީން ގާތްކުރާނީ ރައްޔިތުން އަތްޖަހަންތިބޭ