ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ސުޕްރީމް ކޯޓުން 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8ވަނަ ދުވަހު ނެރުނު އަމުރަކާއި ގުޅިގެން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކުރި އޭރުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އޭރު ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
އޭރު ފާރިސް ހައްޔަރުކުރީ 2018ވަނަ އަހަރުގެ މާޗު މަހުގެ 21ވަނަ ދުވަހުއެވެ. ނަމަވެސް މި މައްސަލަ ހައިކޯޓުގައި އޮންނަތާ އެއް އަހަރާއި 9މަސް ވަނީ ވެފައެވެ. ކްރިމިނަލް ކޯޓުން އޭރު ފާރިސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކުރުމުން ހައިކޯޓުގައި އެ މައްސަލަ ރަޖިސްޓްރީ ކޮށްދީފައި ވަނީ 2018ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6ވަނަ ދުވަހުއެވެ،
ރިޔާސީ އިންތިހާބުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަލިވުމުން ފާރިސްވެސް ޖަލުން މިނިވަން ކުރިއެވެ. ނަމަވެސް ބަންދާއި މެދު ހައިކޯޓަށް ހުށަހެޅި މައްސަލައަށް ވަކި ގޮތެއް ނިމިފައެއް ނުވެއެވެ. އެ މައްސަލައަށް ހައިކޯޓުން ގޮތެއް ކަނޑައަޅާފައި މިވަނީ މިއަދުއެވެ.
ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަންޖެހޭ މާއްދާ އާއި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހުއްޓާލާފައި ވަނިކޮށް ކަމަށް ހައިކޯޓުން ބުނެއެވެ. މީގެއިތުރުން ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮއްވައި ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށްވެސް ހުކުމްގައިވެއެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން އެކަން ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތެދު

    މިހާރުދެން އެއްވެސް ކަމެއްނެތް ކުރީގަ ރަނގަޅައްކޮއްފަ...ދީނައް ފުރައްސާރަކުރަނީވެސް މިހާރު ރަނގަޅަށޭދެންބުނެފާނެ..؟! ގައުމުއަނދާ ހުލިވަނީ،،މުސީބާތަކައްފަހުމުސީބާބެއް...ސުބުހާނަﷲ

    11
  2. ކަނުމީހާ

    އިންޞާފް ޤާއިމް ކޮށްދެވޭނީ މިހާކަށްހާވަރަށް!

    11
  3. އެކުއްޖާ

    އެއްކޯޓުން މިބުނަނީ އަނެއް ކޯޓުން އަމަލުކޮށްފައިވަނީ ގާނޫނާއި ހިލާފަށޭ އެހެންވިއްޔާ ގާނޫނާއި ހިލާފުވި ބަޔަކަށް އެކަމުގެ އަދަމު ދެވޭތަން ބަލަން ވެސް ބޭނުންވޭ، ހަމައެކަނި ނިކަމެތި މީހާ ގާނޫނާ ހިލާފުވީމަކަ ނޫން އަދަބު ލިބެން ޖެހޭނީކީ..

  4. ޢަމަދު

    ޢެންވީޔާ! ޕޮލިހުންނާއިމެދު ފިތަވަޅުއަޅާ! ތާކުންތާކު ނުޖެހޭ ޕޮލިސިންއެއް އޮންނަގައުމެއް، ދެންއަވަހައްނުކުމޭ ރަތްޔަތުން ފެލަން،