ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގެ ތަފްސީލީ މައުލޫމާތު ފުލުހުން އާއްމުކޮށްފިއެވެ.

ފުލުހުން އެ މައްސަލައާ ގުޅޭ ތަފްސީލީ މައުލޫމާތު އާއްމުކޮށްފައި ވަނީ، އެ މައްސަލާގައި ފުލުހުންގެ އިހުމާލު ވަރަށް ބޮޑު ކަމަށް ބުނެ އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ. އަދި ޖިންސީ ޝިކާރައަކަށްވި މީހާ އޭނާ ރޭޕްކޮށްފައިވާ ކަަމަށް ބުނެފައެވެ.

އަދި މި މައްސަލަ ފުލުހުން އޮއްބާލަން އުޅެނީ އެއީ ސަރުކާރުގެ ނުފޫޒު ގަދަ މީހަކާއި ގުޅުން އޮންނަ ދެ މީހުންކަމަށް ވާތީކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

ފުލުހުން މީގެ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް (27އ) ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށްވަނީ ހުށަހެޅިފައިވާ ކަމަށެވެ.

އަދި މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ ހުކުރު ދުވަހުގެ ފަތިހު 5:00 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެއީ ހުޅުމާލެ، ލަކުޑި ޖެޓީ ހައްދުގައި އެ އަންހެންމީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މަޢުލޫމާތު އޮޅުން ފިލުވުމުން ކަމަށް ފުލުުން ވިދާޅުވިއެވެ.

އެގޮތުން، އެސަރަހައްދުގައި އެމީހުން ތިއްބާ ފުލުހުން ގޮސް މަޢުލޫމާތު އޮޅުންފިލުވުމުން އެ އަންހެންމީހާގެ ފަރާތުން ފުލުހުންނަށް މަޢުލޫމާތު ދީފައިވަނީ އެރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދަޢުވަތަކަށް، މިމައްސަލާގައި ތުހުމަތުކުރެވޭ ދެ މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި ޖިންސީ ގޯނާކުރިކަމަށް އެ އަންހެން މީހާ ބުނި ކަމަށް ފުލުހުން ވިދާޅުވިއެވެ.

"އެމީހުންގެ އަމަލުތައް ހުރި ގޮތުން އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވުމުގެ ގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެނެސް ޖެޓީއަށް ބޭލީކަމަށެވެ". ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.

ފުލުހުން ވިދާޅުވީ، އެކަން ފުލުހުންނަށް ހުށަހެޅުމުން، އެތަނުގައި ތިބި ދެ މީހުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށެވެ.

އަދި އެ އަންހެން މީހާ 26 ވަނަ ދުވަހުގެ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 39 އަހަރުގ ދެ މީހުން ބަންދުން ދޫކޮށްލާފައިވަނީ
އެވަގުތާ ހަމައަށް ލިބިފައިހުރި މަޢުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށެވެ.

މި މައްސަލައިގެ ތަފްސީލީ މައުލޫމާތުތައް ފުލުހުން އާއްމުކޮށްފައިވާއިރު، މި މައްސަލަ މިހާރު ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމެޓީއަކުން ބަލަން ވަނީ ނިންމާފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އާފުބެ

  އެއްދޮގު ފޮރުވަން 7 ދޮގު ހަދަން މަޖުބޫރު ވާނެ ދެއަންގައިން ވާހަކަ ނުދެއްކުމައް ޕޮލިހުން ނައް ނަސޭހަތްތެރިވަން ވަރައްވާހަކަ

  38
  2
 2. ޢެޑްމުންޑޯ

  ކިހާރީތި ކިހާއޮމާން ސަޅިބަޔާނެއްދޯ

  33
  1
 3. ބަލަންހުރެ

  އެންމެފަހުން ތިކަމުގައި ކުއްވެރިވާނީ އެއަންހެންކުއްޖާ ތިދެމީހުން ގަޔައްއޭނަ ގަދަކަމުން އަރަންއުޅުނުކަމައްވާނީ

  22
  2
 4. ދުންތަރި

  ފުލުހުންގެ ވާހަކައިގެ މައިގަނޑާ އަންހެން މީހާ މީޑިޔާއަށް ދީފައިވާ ވާހަކަތަކާ ދިމާވޭ އެކަމަކު ފުލުހުންނަށް ސަރުކާރުން ޕުރެޝަރުއޮތްލެއް ބޮޑުކަމުން ސަރުކާރު ފަޟީހަތްވާފަދަ ޙަޤީޤަތްތައް ހާމަނުކުރާކަން ވާހަކަތަކުން ހާމަވޭ

  14
 5. ޢަމަދު

  ޙާދަފޭކު ބައެކޭ! ޕޮލިހުންގެ މުއައްސަސާ ދުވަހަކު ރަގަޅެއްނުވާނެ، ދިވެހިންޖެހޭނެ ފެލިފެލި ތިބެން، އިނަސާފް ހަދާންނައްތާލަންޖެހޭނީ، އެ ސަރުކާރުވެސް މި ސަރުކާރުވެސް، ކޮރޮޕްޓެޑް، މީ އަދި އިންސާފޭ ކުޔައިގެން އައިބައެއް ކޮބާ އިންސާފު އިބުރާހިމާ!

  14
  1
 6. Anonymous

  މިކަން އޮއްބާލިއަ ދީގެން ނުވާނެ އެމްޑީޕީ ފަލީހައްކުރަމާބަހީ

  14
  3
 7. މަރިޔަމް

  ޜޭޕިސްތާނުގެ އަވަށެއްވިއްޔާމީ އެހެންވީމާ ރޭޕްކުރާނެއްނު.މިތާގައި އަމަލުވެސް ކުރަނީ އިސްލާމީ ޝަރީއަތާއި އެއްގޮތަކަށްނޫން.ނަސާރާއިން ހުކުމް ކުރާގޮތަށް އަމަލުކުރީމާ އެނިމުނީ.ނަމަކަށް ސައްތައިންސައްތަ އިސްލާމީ ޤައުމެއް.???

 8. ޢަބްދުﷲ

  ޢިއްފަތް ފޭރުން ނުވަތަ ރޭޕް ވަކި ބަޔަކު ވީމަ ޖިންސީ ފުރައްސާރައަށް ބަދަލުވެ، އެމީހުންގެ ވަނަވަރު ހާމަނުކޮށް، އެމީހުން ހައްޔަރުވެސްނުކޮށް ދޫކޮއްލީ!! ދިވެހި ފުލުހުން އެއްވެސް އިރެއްގަ ޢަމަލުކުރާ ގޮތެއްނޫންމީ! ފުލުހުންގެ ވާޖިބަށް ހުރަސްއެޅި އަދި ޤާނޫނުގެ ހަމަހަމަކަން ނަގާލުމަށް އަމުރުކުރި ހުރިހާ މީހުން މިހާރުން މިހާރަށް ބޭރުކުރޭ!!!!

  9
  1
 9. ޖަސްޓިސް

  ކީކޭބުނާނީ ދޯ ދެން، ރޭޕް ވެސް ކުރުން ހައްދުން ނައްޓައިފި މި ކުޑަ ދިވެހި ރާއްގޭގައި ވަކި އުމުރެއް ނުބަލަ ރޭޕް ކުރާމީހުން އެކަން ބަރާބަރައް ކުރަމުން ދަނީ، އިންޑިޔާ މިކަމުގަ ވެސް ނަންވެފަ އޮންނަނީ، އެކަން ކުރާ ނުބައި ހައިވާނުން ހައްޔަރުކޮށް އެމީހުންނައް ހައްގު އަދަބު ދޭންޖެހޭނެ، މާދަމާ ނޫން ކަމެއް ނޭގެ އަހަރެންގެ އާއިލާގެ ކުއްޖެއް ރޭޕް ކުރާނީ؟؟ ހެޔޮނުވާނެ މި ކުޑަ ދިވެހިރާއްޖެއިން މިކަން ހުށްޓުވާ.........