ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިތުރު ދެ ދައުވާއެއް ކްރިމިނަލް ކޯޓަށް މިއަދު ދައުލަތުން ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓުއަރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓުއަރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، އެ މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަދި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ހިންގާފައިވާ ތަޙްޤީޤެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާ އާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ އެވެ.

ރައީސް ޔާމީންގެ އިތުރުން، ކ.މާލެ، މއ.ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށް ވެސް ވަނީ ދައުވާތަކެއް އުފުލާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ މެދުވެރިއަކަށް ވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

މީގެއިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް އަދި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައެވެ.

ރައީސް ޔާމީންގެ މައްޗަށް އިތުރު އެ ދައުވާއެއް އުފުލާފައިވާއިރު، އެމަނިކުފާނު މިހާރުވެސް ހުންނެވީ މަނީލޯންޑަރިން ކުށުގެ ޙުކުމެއް ސާބިތުވެ ޖަލުގައެވެ. މަނީ ލޯންޑާ ކުރި ކަމަށް ބުނެ އެ މަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އެމްއެމްއެޕީއާރްސީގެ ފައިސާ އެންމެ ގިނައިން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރު އޭސީސީ އާއި ހަވާލު ނުކުރިކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. މާލެ ބޭބެ

    ބަލަ ރ ނަޝީދޫ ..ތިއުޅެނީ މޮޔަފުޅު ވެގެންތޯ... ރ ޔާމިން ދުނިޔޭގަ ހުރެގެން ތިޔަ ޖައްބާރު ލީޑަރުން ކަންބޮޑުވިޔަސް ރައްޔިތުން ބޭނުން މީހަކުބވެރިކަމަށް ގެންނާނެ . ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 ޖަލު ހުކުމެއް ރ.ނަޝީދަށް ކުރިން ނުންތޯ. އެކަމަކު ހުކުމް ދިޔައީ ދުމަށް... ތިކުރާކޮންމެ ކަމަކުން ރ ޔާމިންގެ ސަޕޯޓް އިތުރުވާނީ... އަދި 2023 އިންތިޚާބުގައި ރ.ޔާމިންގެ ނަން އޮންނާނެ .އަދި އޭގެކުރިން ތިޔަ ފުއްޕާ ބާރު ﷲ ސބވތ ގެންދަވާނެ. އަޅެފަހެ ތިޔަ ފަނާ ކޯލިޝަނުގެ އެއްވެސް ގައްދާރަކު މަރުހަނދުމަވޭތަ....

    165
    10
  2. ކުޅަދާނަ

    ރައީސް ޔަމީން ގެ ތަރަށް ގީ ހުރިހާ ދިމާލަކުން

    166
    12
  3. ސޭކްސްތާން

    ރައީސް ޔާމީނަށް ކިތަންމެ ނުހައްގު ދައުޥާތަކެއް މި ލާދީނީ ސަރުކާރަށް ކުރެވިދާނެ. މި ނޫން ދުވަހެއް އެބައޮތް. ގާނޫނު އަރާ ހަމަކުރާނެ އިންޝާﷲ

    164
    7
  4. ބޯކިބާ

    ކޮފީދަޅު މައްސަލަތަކުގަ ތިބެނީ ކުޑަގޮޅިއަށްލާފަ، މިކަހަލަ ޖަރީމާ ހިންގާމީހުން އޭސީ ކޮޓަރިތަކުގަ. އެކަމަކު ހަމަހަމަ.

    34
    53
  5. ާަސާބަސް

    8 ފެބްރުއަރީ 2012 ގެ ބޮޑު ހުޅު ގެ މައްސަލަ އެއީ ބަލަންޖެހޭ މައްސަލަ އެއް ނޫންތޯ ދިވެހި ރައްޔިތުންނަށާ ދައުލަތަށް ފޫނުބެއްދޭ ވަރު ގެ ގެއްލުން ލިބުނު ދުވަހެއް. ބަލަންޖެހޭ މައްސަލަތަށް ނިމި 5 އަހަރުވާއިރުވެސް ރައްޔިތުންނަށް ކަމެއް ކޮށްދެވޭވަރު ވާނެބާ

    140
    4
  6. ށުކުރު

    މި ސަރުކާރު މޮޔަވަނީ ހަދާނަ ނަހަދާނެ ގޮތެއް ނޭގިގެން. ކިތައްމެ ވަރެއް ވިޔަސް ޗައިނާގެ ރައީސް އަށް ހުށަހެޅި ސިޓީގެ ޖަވާބެއް ނުލިބޭނެ، ސައުދީން އެހީ އެއްވެސް ނުލިބޭނެ. އެމް އެމްޕީ އާރސީ މައްސަލަ އޮއްބާލަން ކުރާ ކަމެއް. އިބޫ ކަލެ އަާއި އަންނި މޮޔަ ވެގެން ދެކޮޅަށް ދުވާ ތަން ފެންނާނެ އަދި.

    129
    3
    • ސުންބުލި

      ޗައިނާވިޔަސް އެހެން ގައުމެއްވިޔަސް އެޢީ ރައްޔިތުންނާ އޮންނަ ގުޅުމެއް. ދުނިޔޭގެ އިތުބާރު އިބޫގެ ވެރިކަމަށް އެބައޮތް.

      7
      139
      • މުހައްމަދު

        ސުންބުލި ކަލޭ ހޭބަލިނުވޭ.

        43
        1
      • މީޒްލީ

        އެކަން ތަގޭ ކޮމެންޓް ތަކުގެ ލައިކްތަކުން އެބަފެނޭ!

        10
      • Anonymous

        ވެރިކަމަށް އޮތް އިތުބާރުގެ ބޮޑުކަމުންދޯ 41 މިލިއަން ޑޮލަރު ދޭނަމޭ ކިޔައިގެން އުޅެފަ އެވެސް އެނުދިނީ. ދެން އިންޑިޔާއިން ދޭނެ އެހީ ލަސްކަރުތައް ވައްޓަލާނީ. އެމީހުންގެ ކެއިންބުއިމުގެ ޚަރަދުވެސް ދިވެހި ދައުލަތުން. އިބޫއަކީ ވެރިއެކޭ ބުނަން ލަދުގަނޭ. ތަނެއްގަ ހުރި ގަމާރެއް. ކަރުދާސްގަނޑު ބަލައިގެން އައައަ ކިޔަކިޔައި ހުންނަ ޖާހިލެއް.

  7. ތެރޯ

    ރޭޕިސްޓުން ނޭވާ ހޮޅިޔަށް އެޅެނީތަ؟

    125
    1
  8. އައްޔު

    ހައްހައް ކޮބާހޭ އެމްއެމްޕީއާރުސީގެ މައްސަލަ ރައީސް ޔާމީން ދެކެ ބިރުގަތަސް ތީ ބޮޑުވަރު ފްލެޓްތަކުގެ ވާހަކަ ފަނޑުކޮށްލަން ކުރި ދައުވާއެއްތަ ނޫނީ ރޭޕްކޭސްގެ ފޯކަސް އެހެން ދިމާލަކަށް އަބުރާލަނީތަ

    128
    1
  9. ސުސް

    ބުމަރު...

    57
    3
  10. މިއަދު

    މިއަދުގެ ފަޑިޔާރުގެއާއި މިއަދުގެ ޕޮލިހާއި މިއަދުގެ އޭސީސީގުޅިގެން ރައިސްޔާމީނުގެ އަބުރު ކޮށާހިމުންކޮށް ދައިމަތިއަޅާ މުގުރާ ހިމުންކުރިއަސް މިގައުމުގައި އެމްޑީޕީގެ ވެރިކަމެއްކުރާކަށް ' އިންޝާﷲ ދިވެހި ރަޢިއްޔަތުން ދެން ފުރުސަތެއްނުދޭނެ 2023 ގެ ޕީޕީ އެމްގެ ވެރިކަން ފެށޭހަމައިން ކޮރޯނާ ކޮރަޕްޝަންގެ ބޮޑުތަހުގީގުފެށޭނެ 4 އަހަރުވަންދެން ތަހުގީގަށް ތަޅުވާލާފަ 2028 ވަނައަހަރުގެ ޖަނަވަރީމަހު ފަޑާސްރިއެއްހެން ހުކުމްތައް އިވާލާނީ އިންޝާަﷲ 2023 ރ ޔާމީން

    96
    1
    • ބަލައިގެން ހުންނާތި

      ދިވެހިންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އޭގެ ހެއްކަކީ މިހާރުން މިހާރަށް މިކަންތައް ނުހުއްޓެވުން. ރާއްޖޭގެ 60% ރައްޔިތުން މިވަނީ އަންނިގެ ފޭކް "ޑިމޮކްރަސީ" އަށް ހެއްލި ގަމާރުވެފާ. 2023 ގައިވެސް 2028 ގައިވެސް ހޮވޭނީ އެމްޑީޕީ. ރާއްޖޭގައި އިސްލާމްދީނަށް ނަފުރަތު ކުރާ ގުރޫޕުގެ ބާރު ދަނީ ގަދަވަމުން. ދިވެހި ރައްޔިތުންގެ ތެރެއިން ހަމަ ވިސްނޭ ރައްޔިތުންގެ ބާރެއް މިހާރަކު ނެތް.

      24
      4
  11. ޣަނީ

    ހާދަ ހީވެޔޭ މި ދައުވާގެ އަޑީގައި މިތިބި މީހުން މި ދައުރިގެ ފަހުކޮޅު ތިބޭނީ ރާއްޖެއިން ބޭރަށް އަރުވާލެވިގެން ހެން. ބޮޑުހުޅު ތަހުޤީޤްކޮށް ބިލިއަނުން ބަދަލު ހޯދަން ދައުވާ ކުރެވޭނެ

    36
  12. ތުކައްޒިބާން

    ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި ނަމަވެސް ތަމެން ނަށް ފިތުރަތުގެ ގާނޫނު ބަދަލު ނުކުރެވޭނެއޭ ހަމަ ތިޔާ ހުރިހާ ހުކުމް ތައް ދާނީ ތޮޅިއަށޭ ވަގުތު އައިސް ޖެހުމުން ތަމެންގެ ވެރިކަމުގައި ތަމެން ވައުދުވެފައިވާ ގޮތާއި އެއްގޮތަށް މާލެ ސަރަހައްދުން ކޮންމެ ދިވެއްސަކަށް 5 ހާސް އަކަފޫޓްގެ ގޯއްޗެއް ދޭނަމޭ ބުނި ވައުދު ނުފުދި ރައީސް ޔާމީން ބިނާ ކުރި 23 ހާސް ފްލެޓްސް ތައް ދޭން ރައްޔިތުން އެދެމުންދާތީވެ ތަމެންނަށް ހީވަނީ ވެރިކަން ވެއްޓިދާނެހެންނޭ ތަމެންގެ ވެރިކަން ހަމަ ވެއްޓޭނެއޭ މަތީގަޑިން ޖެހުމުން ވަގުތުން ލަސްނުވެ ތަމެންގެ ވެރިކަން ވެއްޓޭނެއޭ ތަމެން ރައްޔިތުންނަށް ވި އެއްވެސް ވައުދެއް ނުފުއްދާ ރޯ ބުހުތާނު ދޮގު ހަދައިގެން ތަމެން އުޅެނީ ކޮވިޑް އޭ ކިޔައިގެން ވެސް ތަމެން ކަޓް ކަނީއޭ ސަރުކާރުގެ މާލިއްޔާ އިން ކަޓޭ ކަނީ ކަޓޭ ކަނީ ތަމެންނަށް ވުރެން ބާރު ހުރި ފަރާތެއް ވާކަން ތަމެން ހަނދާން ކުރާށޭ ހަނދާންކުރާށޭ ތަމެން މިކަމަށް އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ...

    25
  13. ނަޖީ

    ކިތަމްމެ ވަރަކައް ހިދުކޮޅުގަހިރެގެން ތެޅުނަކަސް ވެލާނާވަގަކައް މިގަުމުގެ ވެރިކަމެނުލިބޭނެ ކަލޭމެންގެ ފައިބުދަކައް ރައީސް ޔާމީނު ނުވެސްދާނެ ހަމަތެޅިތެޅި ހުބުޅިދާނީ

    68
  14. މޭފެއަރ

    މީ ދޯ ކަރުގެ ނާރު ފުއްޕާފަ އައްބާސް އާދިލް ރިޒާ ޕޯޑިއަމްތަކުގައި ހަޅޭއްޖަހާކަމަކީ.. އަދި މެލޭޝިޔާ އެމްބަސީން ޖޮބް ދީފައި ބެހެއްޓީ.. އާއިލާ މީހުންގެ ކޮރޮޕްޝަންގެ ބާރުގައި ދޯ..؟

    ހުސްވަގުން.. އެކަމަކު ޕޯޑިއަމް ފަޅާ ވަރަށް އަތްޖަހާފަ ހަޅޭއްލަވާނެ.. މީ މިމީހުންގެ އަސްލު ފެންވަރަކީ..

    މޫލާފައި ތިބޭ ވަގުންގެ އާއިލާ މިގައުމުގެ މަތިފަޑީގަިއ މިތިބީ މުޅިންވެސް..

    5
    16
  15. Anonymous

    ހައްތާވެސް ލޯބި އިތުރު ވަނީ ރ. ޔާމީނަށް. ގިނައިން މައްސަލަތައް ހޯދާފަ ބޮލުގައި އަޅުވާ. މަޖްލިސް މެޖޯރިޓީލިބި ރައްޔިތުން ނަށް ކަންތައްތައް ކޮށްދިނުމުގެ ބާރާއި ވަސީލަތްތައް ލިބި ،ކޮންހާ ޗަކަރާތެއް ސޯލިޙޫ. ދައުރު ނިމޭއިރު ވެސް ރައީސް ޔާމީން ފަހާދުވެ ނިމިގެން އެހެން ކަމެއް ރައްޔިތުން ކޮއްދެވޭނެބާ. މީހަކު ޕާޓީ އަކާއި ގުޅޭއިރަށް އެމީހަކު ފަހާދުވުން. ފުކެއް ބޮޑުވަރު ޗަކޮޔާ. އިތުރަށް ބޭޒާރުވުން ނޫންކަމެއް ނުވާނެ. އިސްތިއުފާ ޙައްޤު މިހާރުވެސް. އޭކީއްވެ؟ ބަހާއި ޢަމަލު ދިމާނުވާތީ.

    26
  16. ތިބޭތި

    ތަމެންގެ ވެރިކަމުގެ ކްރެޑިޓް ރޭޓިންގް މަތިވާނެ ކަމަށް ހީކޮށް ކުރީ ސަރުކާރުން ކުރި ކަންކަމޭ ކިޔާ ކުރީ ސަރުކާރު އަންޑަރމައިން ކުރަން ތަމެން އުޅުނު ނަމަވެސް އެކަން މިހާރު ރައްޔިތުން ގަބޫލު ނުކުރާނެއޭ ތަމެން ކޮތަރު ކޮށި ފްލެޓޭ ބުނި ފްލެޓްސް ތައް މިހާރުވެސް މާލޭގައި މީހުން ކުއްޔަށް ދޭ ކޮތަރު ކޮށި ތަކަށް ވުރެން ރަނގަޅޭ އަދި ޓާޓާ ފްލެޓްސް ތަަކަށް ވުރެން ވެސް ފެންވަރު ރަނގަޅޭ ތަމެން ކުރާ ކޮންމެ ކަމެއް ތަމެން އަތަށޭ ގޮވަނީ ތަމެން ބަލަން ތިބޭތި

    24
  17. ޙައްވަ

    ކެކނެރީގޭ ވަގާ ހިންނަވަރު ވަގު ހަމަ ތެޅިތެޅި ތިބެންޖެހޭނީ ހާދަބިރެޚޭ ޔާމީން ދެކެގަންނަނީ ދޯ ދެން ތެޅިތެޅި ޔިބޭ ދެވަގު

    29
    • ރާގޮޑިރާޖަ

      ބޮޑުވަގު އެއޮތީނު ޖަލުގަ.

  18. ޖަޒީރާ

    ޢިދިކޮޅައް ވޯޓްދޭނީ ޖިންސީގޯނާކުރި ފިރިމީހާގެ އަނބިމީހާ އުޅޭ ޕާޓީ މަޖުލީސް އަދިި ސަރުކާރު ކޯލިޝަނާދެކޮޅައް

    24
  19. ޖަގަހަ ހަސަނު

    ކިނބުލާއި ބުއްޅަބެ ރައީސް ޔާމީންދެކެ ގަންނާ ކުރަށްވާ ބިރުން ތަންމަތީގައި ނިދަންވެސް ބިރުގަނެގެން ތެޅިތެޅި ތިއްބާ ޖަހައިގަނެގެން ރަށްޔަތުން ގެންނާނެ އިންޝާ ﷲ.

    33
  20. ރާޖޫ

    ފުރަތަމަ ދައުވާއަކީ މާލެ މީހުންނަށް ގެއްލުން ވާ ގޮތަށް ހުޅުމާލޭގައި އެތައް ހާސް ފުލެޓް އެޅި މައްސަލަ.
    ދެވަނަ މައްސަލައަކީ 25 ބުރީގެ ހޮސްޕިޓަލްއާއީ ޓަވަރު އެޅި މައްސަލަ

    10
  21. ރައްޔިތުމީހާ

    ރައްޔިތުންނަށް ލައިވްކޮށް ކުރިޝަރީޢަތެއްގައި ކަން ހިގައިދިޔަގޮތް ވ. ސާފު، މިއަދު ޔާމީނުގެ މައްޗަށް ސަރުކާރުން ކުރާ ދަޢުވާތަކަށް ބޭބުން އެއްޗެކޭ ކިޔާނެ، ދައުވާ ކުރަންވީ ރޭޕްކުރާ މައްސަލަތަކަށް ޔާމީނަށް ނުހައްގުން ދަޢުވާ މޯދީ ބުންޏަސް ކުރާކަށްނުޖެހެއި އެއީ މިޤައުމުގެ ވިންދު

    10
  22. ޔޫކީ

    ޢަޖައިބެއްނުން ޔާމީން އާ ހިތާވީތަ؟ ސެޓެއްނުވާނެ ސޮރީ

    11
  23. ޝަރުމީލާ

    މައްސަލައަކީ ޔާމިނު ކުށެއް ކޮށްގެން އަދަބު ދޭތީ އެއްނޫން. މައްސަލައަކީ އޭސީސީއިން ހަމައެކަނި ޔާމިނާ އަޅައިގަނެގެން އުޅޭތީ . ކޮރަޕްޝަންގެ އިތުރު އެއްވެސް މައްސަލައެއް ހަމަ ނެތީދަ ތަހުޤީގު ކުރަން؟ އެހާވެސް މާތް މީހުން އުޅޭ ޤައުމެއްތަ

    12
  24. އަލީ ނާޒިމް

    ޔާމީނަށް ދައުވާކުރިޔަސް ކުޑަކުދިންނާ ބެހުނު އެމްޑީޕީ މިހާއާއި އަންހެނަކު ރޭޕުކުރި އެމްޑީޕީ މީހާއާއި ދައުލަތުގެ މުދަލުން އަމިއްލަ ވިޔަފާރިތަށް ކުރިއަރުވާލި އެމްޑީޕީ މީހާއާއި ދެންވެސް ތިބި މީހުން އެކަންކަން ނުކުރާކަމަކަށް ނުވާނެ ދޯ! ތިޔަކަހަލަ ދެބޯގެރި މިހާރު ވޯކެއް ނުކުރެއޭ! މަށައް ފެންނަނީ ބަގާވާތޭ ކިޔައިގެން ޑރ ވަހީދު މަޖުލީހަށް ގެންގޮއްސަ ބަވާލަން!

  25. ސަލާމްބެ

    ތިޔަ ފޭއްސާ އިލޮށި ތައް އަމިއްލަ ލޮލައް ނުހެރިނުދާނެ . ﷲ ގެވާަގިފުޅާރަހްމަތްފުޅާއެ ކު ރ ޔާމީން މިނިވަން ކުރަން ރައްޔިތުން ނި ކުންނާނެ. ފޮށިތަންމަތި ތައްޔާރު ކޮށްގެން ތިބޭތި!!!

    11
  26. އަހުމަދު

    މި ސަރުކާރު ބޭނުންގޮތަކަށް އެންމެ މީހެއްގެ މައްޗަށް ޙުކުމްތައް ކުރަމުންދަނީ ޖިންސީފުރައްސާރަކުރުމާ ލާދީނީ ކަންކަމުގައި ހައްދު ފަހަނައަޅައިދަނީ މިހާރު އަތައްގޮވަން ފަށައިފި ރައްޔިތުން މިތިބީބަލަން

    14
  27. Anonymous

    އެސްއޯއެފް ކުންފުނީގެ މައްޗަށް ދައުވާ ނުކުރަނީ މިސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާތީ.

    13
  28. ނަައީމް

    ބަލަ ކިތަންމެ ފަހެއްަޅާ ފޮރުވާލިޔަޔަސް ރައީސްޔާމީން 5އަހަރުތޭރޭގައި ކަލޭމެން ގެ ވަރުގަދަ ނުފޫޒުގެތެރެއިން އެއޮތީ ގެނެސްދެއްވާފަ ގަބޫލުކުރިޔަސްނުކުރިޔަސް މީ ލޮލަށް ފެންނަހަގީގަތް ދެން ހެވެއްނު ކިތަންމެވަރަކަށް ކެޔަސް ބަލަ ކަލޭމެން ނުކާމީހުނަށް އެއްކަމެއްވެސް ނުވި ރައްޔިތަކަށް ކީއްކުރަން ގައުމަށްވެސް ފައިދާހުރި ހަމަ އެއްކަމެއްވެސް ނުކުރެވޭ. މި ދިވެހިރާއްޖޭގެ ކޮންމެ 10 މީހަކުން 1ކުގެ ޒަޒީފާ ގެއްލުވާލުން ދެން ރައީސްޔާމީން ޖަލަށްދޫން ނޫން އެއްވެސްކަމެއް ނުކުރެވުނު ..

    14
  29. ހހހހ

    ތިދައުވާ ތަކަކީ ފޭކް ދައުވާ ކަމާ ހުރިހާވެސް ކަމަކީ ރައީސް ޔާމީން ރައްޔިތުންނަށް ހޯއްދަވައިދެއްވި ތަރައްގީގެ ސަބަބުން އިންޑިޔާ މީހުން ޖޭވުން ކަމާ އޭގެ ބަދަލުހިފަނީ ދިވެހި ގައްދާރުން ވެރިކަމަށް ގެނެސްގެންކަން ދިވެހި ރައްޔިތުން ވަރަށް ރަނގަޅަށް ދަނޭ.

    14
  30. Anonymous

    ރައީސް ޔާމީން ޖަލުން ނެރެން މިގައުމުގެ 21 އަހަރުން މަތީގެ 2 ލައްކަ މީހުން ތައްޔާރުވަމުންދަނީ. ގާނޫނު ނުހިނގާ ގައުމެއްގައި އޮންނާނީ ގަދަމީހާ ގަދަވުން.

    12
  31. ގގގ

    ގިނައިން ދައުވާ ކުރޭ. ކޮންމެ ދައުވާއަކާ ގުޅިގެން ރައްޔިތުންގެ ތާއީދު އެތައް ގުނައަކަށް އިތުރުވެގެން އެދަނީ. އިންޝާ ﷲ މިވެރިކަން ވެއްޓިގެންދާނެ ދާދި އަވަހަށް

  32. Anonymous

    ރޭޕްކުރުމަކީ މިހާރު ގާނޫނީ ކުށަކަށް ނުވޭ. ދޮގުހަދާ ފުލުހުން ބަޔާން ނެރެމުންދަނީ. މިގައުމު ހަލާކަށް އެއްލައިލީ އީސީ ޝަރީފް. އެކަލޭގެއަށް ހައްގު އަދަބު ދޭންޖެހޭ. ދިވެހި ރައްޔިތުން އެކަން ކުރަން ތެދުވަންވީ.

  33. އިންސާފް

    އަލްހަމްދްﷲ ޝުކްރަން! ޝުކްރަން!

    3
    5
  34. އަނިޔާ

    ހުރިހާ މުވައްސަސާތަކުންވެސް ޢަދުލްވެރިވުމަށް ބިރުވެތިވެލައްވަވާ މާތްﷲ ހުރިހާކަމެއް ބައްލަވާ ވޮޑިގަންނަވާ މީހުންނަށް ނުޙައްޤުން އަނިޔާދިން މީހުންގެ ނިމުން އައިސްފަވާގޮތް ބައްލަވާ އެއިން ޢިބްރަތް ޙާސިލްކުރައްވަވާ މާދަމާވެސް ވާނެގޮތެއް ނޭގޭނެ ހަމަ ތިޔަ ޖާހާ މަތިވެރިކަން ގެއްލި މީހާ ބިކަހާލްގަ ޖެހުމަކީ ގާތްކަމެއް . ތިޔަފަދަ މަޤާމްތައް ދެއްވަނީ ﷲއަށް އުރެދޭކަށްނޫން . މީހުންނަށް އަނިޔާވެރި ނުވިޔަސް ﷲ އެމީހަކަށް ރިޒިޤް ދެއްވާވެ ރިޒިޤް ދެއްވަނީ ކޮންފަރާތަކުންކަން ހަނދުމަފުޅު ކުރައްވަވާ.

  35. އަޙްމަދު

    މީ ހާއްތާވެސް އެމްޑީޕީ ކުދިންކޯޅު ހިތްހަމަޖައްސާލަން ކުރާކަމެއް! އެކުދިން ވަރަށް ލޭކެކި މީޑިޔާގައި ވަރަށް ފޯރިގަދަކޮށް އުޅޭނެ! ވެރިން އުޅޭނީ ވައްކަމާއި، ރޭޕާއި އެހެނިހެން ޖަރީމާތައް ހިންގައި އެކަންކަމުގައި ފުރުވުމުގައި ބުރަކޮށް! މިހާރު މީޑިޔާތަކުން ކޮންމެވެސް ވަރަކަށް މަންޒަރުތައް އެބަފެނޭ!