މިދިޔަ ހުކުރު ދުވަހު ފެންމަތިވި ހުޅުމާލޭގައި އަޅާފައި އޮތް ސަފާރީއެއްގެ ޔެރޭގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލާގައި މީޑިއާތަކުން ރިޕޯޓް ކުރަނީ ރަނގަޅު ނޫން މައުލޫމާތުތަކެއް ކަމަށް ފުލުހުން ނެރުނު ބަޔާނުން ހާމަވެއްޖެއެވެ. ފުލުހުން ނެރުނު ބަޔާނަށް ބަލާއިރު، މިހާރު މި މައްސަލާގައި ކުށްވެރިވެފައި ވަނީ މީޑިއާތަކެވެ.

އެ އަންހެން މިހާއާ ހަވާލާދީ މެންދުރު އޮންލައިން އިން ރިޕޯޓްކޮށްފައިވާގޮތުން، ޖިންސީ ޝިކާރައަކަށްވި އޭނާ ވަނީ ރޭޕްކޮށްލާފައެވެ.

މެންދުރު އޮންލައިންގައި ބުނެފައިވާ ގޮތުން އެ ދެމީހުންނާއި އެކު އެ އަންހެން މީހާ ޖިންސީ އަމަލެއް ހިންގަން ދެކޮޅު ހަދަމުން ދަނިކޮށް، އެ އަންހެން މީހާ ސަފާރިގެ ސަންބެޑް މައްޗަށް ވައްޓާލުމަށް ފަހު ހެދުން ވީދާލާ، އޭނާ ރޭޕްކުރިއެވެ. އަދި ރޭޕްކުރި އިރު އެތަނުން އެކަކު ހުރީ އޭނާގެ ކަރުގައި ހިފަހައްޓައިގެން (ޗޯކް ހޯލްޑް)ކޮށްގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަދި އޭގެ ތެރެއިން އެކަކު ރޭޕްކުރުމަށް ފަހު އޭނާގެ ކަރުން ވީއްލި ވަގުތު، ރޭޕްކުރުމަށް ވުރެ މަރުވުންވެސް ހެޔޮކަމަށް ވިސްނާފައި މޫދަށް ފުންމާލި ކަމަށާއި، މޫދަށް ފުންމާލުމަށް ފަހު ފާލަމާއި ދިމާއަށް ފަތަމުން ދަނިކޮށް އޭނާ ރޭޕް ކުރި މީހުން އައިސް ވަލަކުން އައްސައިގެން އޭނާ ޑިންގީއަށް ނަގައިގެން ގޮސް އޭނާ ފާލަމާއި ދިމާއަށް ގެންދިޔަ ކަމަށް އޭނާ އެ ނޫހަށް ކިޔާދީފައި ވެއެެވެ.

އެ އަންހެން މީހާ ބުނެފައިވާގޮތުގައި، ފާލަމަށް ދިޔަ އިރުވެސް އެތަނުން އެކަކު އޭނާ އަށް ޖިންސީ ގޯނާ ކުރަން އުޅުމުން އޭނާ ހަޅޭއްލަވަން ފެށި އެވެ. އަދި އެ ޑިންގީ ހުލުމާލެ އާއި ކައިރިވި ވަގުތު ފުލުހުން އައިކަމަށް އެ އަންހެން މިހާ އެ ނޫހަށް ބުނެފައި ވެއެވެ.

މިގޮތަށް އެ އަންހެން މީހާ އެ މީޑިއާ އަށް މައުލޫމާތުދިންއިރު، ފުލުހުން މިއަދު ނެރުނު ބަޔާނުގައި ރޭޕްގެ އެއްވެސް ވާހަކައެއް ހިމަނާފައެއް ނެތެވެ. ފުލުހުންގެ ބަޔާނުގައި އޮތީ އެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރަން އުޅުނީ ކަމަށެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި ޖިންސީ ގޯނާކުރިކަމަށް އެ އަންހެން މީހާ ބުނި ކަމަށެވެ.

"އެމީހުންގެ އަމަލުތައް ހުރި ގޮތުން އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވުމުގެ ގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެނެސް ޖެޓީއަށް ބޭލީކަމަށެވެ". ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.

ފުލުހުން ވިދާޅުވީ، އެކަން ފުލުހުންނަށް ހުށަހެޅުމުން، އެތަނުގައި ތިބި ދެ މީހުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށެވެ.

އަދި އެ އަންހެން މީހާ 26 ވަނަ ދުވަހުގެ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި ފުލުހުން ވަނީ އަނިޔާ ދިން މީހާ މީޑިއާއަށް މައުލޫމާތު ނުދޭކަމަށްވެސް ވިދާޅުވެފައެވެ.

"މި މައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް އަނިޔާ ލިބުނު ފަރާތުން ފުލުހުންނަށް ދީފައިވާ ބަޔާނާ ޚިލާފަށް، އަނިޔާލިބުނު މީހާގެ ފަރާތުން ދިން މަޢުލޫމާތު ކަމަށް ބުނެ މީޑިއާގައި ތަފާތު ގޮތަކަށް މަޢުލޫމާތު ފަތުރަމުންދާތީ، އެކަމާ ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރުމުން، މިމައްސަލައާ ގުޅިގެން ކުރިން ފުލުހުންނަށް ދީފައިވާ ބަޔާނަކީ ކަންހިނގާފައިވާ ގޮތަށް ދީފައިވާ ބަޔާނެއްކަމުގައި ބުނެފައިވެއެވެ". ފުލުހުން މިރޭ ނެރުނު ބަޔާނުގައި ވެއެެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން އެއްވެސް މީޑިއާއަކަށް އޭނާގެ ފަރާތުން އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދީފައިނުވާނެކަމަށް އޭނާ ބުނެފައިވާ ކަމަށާއި، މީޑިއާގައި އޭނާގެ ފޮޓޯ ހާމަކޮށް ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވާކަމަށް އޭނާ ބުނެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މިފަދަ ނާޒުކު މައްސަލަތަކުގެ މަޢުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ހަޤީޤަތާ ޚިލާފަށް އަދި އަނިޔާލިބިފައިވާ މީހާއަށް އިތުރު އުނދަގޫ ކުރިމަތިވާ ގޮތަށް މަޢުލޫމާތު ނުފެތުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކުރަމެވެ. އަދި މީސް މީޑިއާގައި މިފަދަ މަޢުލޫމާތު ދައުރުކުރުމުގައިވެސް ކަމުގެ ހަގީގަތް އޮޅުންފިލުވައި ޒިންމާދާރުކަމާއެކު މަޢުލޫމަތު އާންމުކުރުމަށް ނަސޭހަތްތެރިވަމެވެ"، ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން ވަނީ މިމައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އިންސާފް

    ސަރުކާރުގެ ކިތަންމެ ނުފޫޒް ގަދަ ބަޔަކަސް އަދަބްދީ... ކޮބާހޭ މި ރޭޕިސްޓުންގެ ނަން... ނަން ޖަހާބަލަ... މީހުސް ސީޕީގެ ކަންތައް... ???... ނަން ހާމަ ކުރޭ... ނޫނީ އިސްތިއުފާ ދީ...

    110
    3
  2. އިންސާފް

    ސީޕީ ހަމީދު ކަންކަން ފޮރުވަނީ... އިންސާފް... ރޭޕިސްޓުންގެ ނަން ހާމަ ކުރޭ، ހައްޔަރު ކުރޭ... ކޮންކަމެއްތަ މީ.... ?????... ސަރުކާރުގެ ބޮޑަކަސް ކުޑަޔަކަސް އަދަބް ދީ...

    90
    5
  3. ށުކުރު

    ތީ ހާދަ ކަޑަ ސީޕީ އެކޭ، ފިލާ އޮންނަ 2 ބޮދުން އެއްގެއެއްގެ 2 މީހުންނާއި އިނދެގެން މި އުޅެނީ

    73
    3
  4. އަލިފް

    ހަމަލާ ދިން މީހުން މަސްތުވެގެން ހުރި ވާހައެއީ ތެދުތޯ ބަލާލަން ބޭނުމެވެ.

    64
    1
  5. ދުންތަރި

    ނަސީބެއް އެ ސަފާރީ ކުށްވެރި ނުކުރިކަން ތިޔަކަން އޮށްބަން ފުލުހުންލައްވާ ވެރިކަމުގެ ކޮއިލުތެރެއިން ކުރިމަސައްކަތަށްބެލުމުންވސް އެނގޭ ތިޔަކްނވާނާީ ހަމަ ތިހެންކަން ލާދީނީ އެމްޑީޕީ ކެންޔާގެ މެދު ޢުމުރުގެ އަންހެނެއްގެ ދަށުވެ ކުޑަކަކޫމައްޗަށް ތިވީ ނިކަން ވިސްނަ ބަލަ ފުލުހުންނަށް ރަތްމަހަށްނުވަބާ ވަރަށް މަޖިލީސް މެމްބަރުބަވާ ފުލުހުންގެ މުޅި މުއައްސަސާއަށް ބިރުދައްކައި ބިރުގަންނަވާފަ ބައިތިއްބާފަ މިހާދިސާ އޮށްބާލުމަށް ފޯނުކޮށް ތަކުރާރުކޮށް އަންގައި އެކަން އޮޅުވާލީ ފުލުހުންގެ އަގު އިތުރަށް ރައްޔިތުންކުރިމަތީ ވައްޓާލީ އެމްޑީޕީ ސަރުކާރުން ފުލުހުން މިހާރު ތިބިހާލަތުން އެމްޑީޕީ ސަރުކާރު ބަދުނާމުވާފަދަ ބަހެއް ބުނަން ނުކެރޭނެ އެހާ ބޮޑަށް ފިތިގަ އަނެއްކޮޅުން ސީޕިއަކީ ލާދީ އެމްޑީޕީ މުއްލާއެއް ދެންވާނެ ހަތަރެތި މިވަނީ އެންމެފަހުން އެމްޑީޕީސަރުކާރު ވެއްޓޭނީ މިކަހަލަ މުޑުދާރުގޮތަކަށްކަމަށް ބެލެވެނީ

    28
    1
  6. ބިންގޯ

    ދެން ކުއްވެރި ވާނީ ސަފާރީ

    43
    1
  7. ތިބަޔާން

    ތިބަޔާނުންްވެސް އެންމެކުޑަމިނުންވެސް ސާބިތުވޭ ރޭޕްކުރަން އުޅުންކަން..
    ..
    ތިހެން ބަޔާނަކުން ރޭޕްނުކުރާކަމެއް ސާބިތެއް ނުކޮއްދެވޭނެ.. އަދި ހަމައެކަނި ނަގާ މައުލޫމާތަކުންވެސް..
    .
    ތިބަޔާނުންވެސް އެގޭ އެކައްޗަކީ ރޭޕްކުރަން އުޅުނުކަން އަދި އަނިޔާ ކުރިކަން..
    ޢެހެންވިއްޔާ އެދަްުވާތައް އުފުލެންޖެހޭނެ ..
    ޜޭޕްކުރަން އުޅުނުކަމުގެ ދައުވާއާ
    އަނިޔާ ކުރުކަމުގެ ދައުވާ.. ދެން އެތަހުގީގުންތާ އެގެނީ ރޭޕް ކުރިއްޔާ ކުރިކަންވެސް.. ނުކުރަންޔާ ނުކުރާކަމެއްވެސް
    ..
    ކުއްކޮއްފަ ކުވެރިޔާ ހަމަ މަޑުން ހުންނާނެކަމައް ޙީކުރަނީތަ..
    ޙަމަ އެމީހުންގެ ނުފޫޒު އޮތްވަރަުކުން އެނެއް މީހާއައް ބިރުވެސް ދެއްކުން އެކަސީގެންވޭ.... ނުފޫޒު ފޯރުވުންވެސް އެކަސީގެންވޭ
    ..
    މީހަކުމަރަން އުޅުނު މީހާ އެމީހާގެ ހަމަލާން އެނެއްމީހާ މަރުނުވީމަ އެމީހާ ތަހުގީގު އެހިސާބު ނިމުނީތައް...
    ޢެމީހާގެ މައްޗައް ގަސްތުގާ މީހަކު މަރަން އުޅުނު ކަމުގެ ދައުވާ ނުއުފުލޭނެތައް..
    ..
    ޢަދުލާ އިންސާފާ ހަމަހަމަ ކަމުން ސަރީއަތް ކުރަން ތިބޭ ބޭފުޅުންނާ ތަހުގީގު ކުރަން ތިބަވާ ބޭފުޅުން ދުރުވާނަމަ ދެން މުޖުތަމާގާ އޮންނާނީ ކޮން އަމާންކަމެއް.. ކޮން ހަމަޖެހުމެއް.. ކޮން އިންސާފެއް...
    ..
    ޥިސްނާ ފިކުރު ހިނގާލާ...
    ސަރީއަތްތަކަކީ ވަކިފަރުދަކައް ކޮއްދޭކަމެއް އެކަންނެއްނޫން.. އެއީ މުޖިތަމާވެސް އެކަމުގާ ވަރައްބޮޑު ހިއްސާވާ ކަމެއް.
    ..
    ސަރީއަތް ނުވަތަ ތަހުގީގު ރަގަޅައް އިންސާފާ ހަމަހަމަ ކަމާއި އަދުލް އިންސާފުން ކުރެވިއްޖެކަމުގާ ވާނަމަ އެކަމުގެ މަންފާއާލާބަ މުޅި މުޖުތަމައައްވެސް އަދި ވަކިވަކި ފަތުދުންނައްވެސް ހުރި..
    އެކަމަކު އެއާ ހިލާފައް (ނުވަތަ ވަކިމީހަކައް އަހަމިއްޔަތުކަން ދޭއުސޫލުން ހަމަހަމަ ކަމާ އިންސާފުން ބޭރުން) ކުރެވިއްޖެ ކަމައް ވާނަމަ އެކަމުގެ އެކަމުގެ ގެއްލުމާއި ނޭދެވޭ އަސަރު މުޅިމުޖުތަމައައްވެސް ފޯރާނެ އަދި ވަކިވަކި ފަރުދުންނައްވެސް ކިރާނެ..
    ..
    ..
    ކުއްކުރުން ހުޓުވަން ބޭނުންކަމައް ވާނަމަ އަދުލާ އިންސާފާ ހަމަހަމަކަން އިސްކުރޭ އަދި ހާއްސަކޮއް އިސްލާމީ ސަރީއަތުގެ އުސޫލްތަކައް ތަބާވޭ....
    ކުއްކުރުން ހުއްޓުވަން ބޭނުން ނޫންކަމައްވާނަމަ މި ބުނެވުނުކަންކަން ދޫކުރާނެ (ނުވަޔަ ފޮލޭއެއް ނުކުރާނެ)
    ޢޭރުން ހަދާންކުރޭ މުޖިތަމާއުގަ އާމާންކަމެއް ނޯންނާނެ.. .
    ..
    ޥިސްނާ ފިކުރު ކުރޭ މިތަނުން ކޮންގޮތެއްތޯ ބޭނުންވަނީ
    ކުއްކުރުން ހުއްޓުވުންތޯ ..ނޫނީ ކުއްކުރުން އިތުރުވުންތޯ
    މުޖުތަމައުގެ އަމާންކަންތޯ.. ނޫނީ މުޖުތަމާ ނާމާންކަމަކައް ބަދަލުވުންތޯ...

    16
  8. ޢާވިމް

    ޢަންހެން މީހާ މެޑިކަލް ޗެކެއް ހަދަން ފެނޭ. ޙެކި ހުންނާނެ އޭރުން.

    31
  9. ދައްޖާލު

    ދެން ކުށްވެރިވާނީ ސަފާރިއޮތްތަން ނޫނީ ވަށައިގެންވާ މާހައުލު މިއޮތީވާ ސަރުކާރެއް.

    37
    1
  10. ބުއްޅަބޭ

    ލާރި ހުށަހަޅައިގެން އެމަންޖެ މިހާރު އެވާހަކަ ދައްކާކަށް ބޭނުމެއްނުވޭ!؟

  11. ސުވާލެއް

    ރާބުއިމަކީ އިސްލާމްދީނުގައި ހުއްދަކަމަކީ ބާ! މިހެން މިބުނީ މަސްދަރުތަކުން ހާމަވާގޮތުގައި އެ ދެފިރިހެނުން ހުޅުމާލޭ ޖެޓީގައި ތިބީ ރާ ފަރިއްކުޅުއްވައިގެން މަސްތުގެ ޙާލަތުގައި ކަމަށްވީ ހިނދުވެސް ޕޮލިހުން އެބޭޅުން ހައްޔަރުނުކުރީތީ.