ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ތަޙްޤީޤު ކުރުމުގައި ފުލުހުން އިހުމާލު ވެފައިވާ ކަމަށް ބުނާ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ނިންމައިފިއެވެ.

އެންއައިސީ އިން ކުރި ޓްވީޓެއްގައި މިމައްސަލަ ބަލަން ނިންމިކަމަށް ބުނި ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

އެންއައިސީ އިން މިމައްސަލައިގައި ފުލުހުން އަމަލު ކުރާ ގޮތް ބަލަން ނިންމާފައި މިވަނީ ރޭޕް ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެފިރިހެނުން ދޫކޮށްލި މައްސަލަ ހޫނުވެ، ފުލުހުންނާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އާންމުންގެ ފާޑުކިޔުން ފުލުހުންނާއި ސަރުކާރަށް އަމާޒުވެފައިވާ އެއް ސަބަބަކީ ޖިންސީ ގުޅުން ހިންގި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ދެ މީހުން ކޯޓަށް ވެސް ނުގެންގޮސް ދޫކޮށްލާފައި ވާތީއެވެ. އެ މީހުން ދޫކޮށްލަން ޖެހުނީ ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށް ވެސް ތުހުމަތު ކުރެ އެވެ. އާންމުކޮށް އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުލުހުން ކޯޓަށް ގެންދެ އެވެ.

ފާޑުކިޔުންތަކުން ސަލާމަތްވުމަށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ މީހުން ދޫކޮށްލާފައިވަނީ އެ ވަގުތާ ހަމައަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށެވެ.

މި މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން މިރޭ ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އަޙްމަދު މުޙައްމަދު

  ޖީހާން އަކީ އިބޫ ގެ ތިމާގެ ބޭފުޅެއް. އެމްސީ ހަމީދު ގެ އަނބިކަނބަލުންނާއި އިބޫ ގެ އަނބިކަނބަލުންނަކީ އެއްބަޑު އެއްބަފާ ދެބެން. ދެން މައްސަލަ ބެލޭނެ ތޯ ؟؟؟ އެނގޭ އެއްޗަކީ މިމައްސަލައިގައި ރޭޕް ކުރި ޖީހާން ގެ ފިރިމީހާ އަށް ހުކުމެއް ނައިސްފިއްޔާ އިބޫ ގެ ވެރިކަން ވެއްޓޭނެ ކަން.

  22
  1
 2. ޢަމަދު

  ޙިނިއާދޭ! އިންޓަގްރިޓީއޭ، ޕޮލިސްގެ ކަންކަންބަލަން ދުވަހުކުވެސް ވާނެކަމެއްނުންތީ، ޕޮލިހުންނަކީ ދިވެހިން އިތުބާރު ކުރާބައެއްނުން، އެމީހުން ހަމައެކަނި ކުރެވޭނީ ނިކަމެތި ރަތްޔަތުންނައް ނަފްސާނީ ބިރުވެރިކަން ގެނެސްދިނުން، ޕޮލިހެއްފެނުނަސް މީހުން ރުޅިއާދޭ، އިންސާފު ލިބޭނެކަމައް ޕޮލިހައްދިއުން އެއީ ބޭކާރުނަމެއް!

  9
  8
 3. ފެކްޓް

  ތި އިހުމާލު އޮތްތަން ފެންނަތޯ އަހަރުމެން ދެކޭނަން. މީސްތަކުން ގެ ލޯތަކުގަ ކޮންހާ އަނދުނެއް އަޅުވާކަށް؟ ކޮމިޝަނުގެ މައްސަލައޭ ކިޔާފަ ކޮބާ ަަނިޔާ ލިބިނު މީހާގެ އަޑު ފުރަތަމަކަމަކަށް! އެބަޔަން ނަގާފަ ތުހުމަތު ކުރެވޭ މީހުންނަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ނުޖެހޭތަ!

 4. ޚިޔާލު 3

  7 ދުވަސްތެރޭ މައްސަލަބަލާ ނުނިންމެއްޔާ ބަލައިގެންނުވާނެ ލަސްވީމަ ވަނީ ބަލާޔަ ކަށް ހޭދަވަނީ ރައްޔިތުންގެ ފައިސާ ހަނާވަނީ ނި ކަމެތިން.

 5. ޝައްފަ މުސްތަފާ

  އީވާ އާއި ޖީހާން އަކީ ވެސް ދެބެންގެ ދެދަރި ދެބެން. އީވާ އާއި އިބޫ އަކީ ވެސް ދެބެންގެ ދެދަރި ދެބެން. ދެން މައްސަލަ ބެލޭނެ ތަ ؟ ޖީހާން އާއި އިބޫ އަކީ ވެސް ދެބެންގެ ދެދަރި ދެބެން.

 6. އަލިފުދާލު

  އަހަރެން މިވިސްނަނީ ފުލުހުން ސިޓީ ކައުންސިލްގެ ދަށުން މަސައް ކަތް ކުރަން ފެށީމަ އަދި ވާނެވަރު. އެމްސީ ހަމީދުގެ ކޮރަޕްޝަން މައްސަލަތައް ޕޮލިސް ތެރެފުރާ. މިހާރު ޖުމްހޫރީ މައިދާނުން ވެސް ދޮވަނީ މައްސަލަ ތައް ކުކނިވެ މުޅަވަސް. ޓްވިޓަރުން ސަރު ކާރު ހިންގަން މިބައިގަނޑު ފަރިތައީ. އެމްސީ ހަމީދުގެ ކޮރަޕްޝަންތައް އެންއައިސީ އިން ބަލާފިނަމަ މުޖައްރިބު ކަމެއް އެމަޤާމުން ޖަލަށް. މުޅި ޕޮލިސް ގޮއްމުށަށް ލައިގެން ނޫނީ ކޮމިޝަނަރު ކަމެއް ވެސް ނު ކުރެވޭ

 7. ތާކިހާ

  ޕޮލިހުންގެ އިތުބާރު ދެމެހެއްޓުމަށް ރަނުގެފުރުޞަތެއް - އައިހޮޕް

 8. ހަޖަމް

  އެންއައިސީ ތިމައްސަލައެއް ނުބެލޭނެ، މައްސަލަބަލަން ފަށާއިރަން އެންއައިސީ އަކީ ބޭކާރުތަނެއް ކަމަށްނިމި އެންއައިސީ އުވާލަންނިންމާނެ، ވަރަށްސަލާމް

 9. ކަނބާ

  ޕޮލިހުން އެމީޙުންގެ އިތުބާރު ހިފެހެއެްޓުމަށްޓަކައި ވެރިންގެ ފަރާތުން އަންނަ ޤާނޫނާ ޚިލާފު އަމުރުތަކަށް ނޫނެކޭ ބުނަންވެއްޖެއެވެ. ހިތްވަރުކޮށްފައި ތެދުވެ ހިންދެމިލާށެވެ! ތިޔަބޭފުޅުންނާ އެކުގައި ރައްޔިތުން ނުކުންނާނެއެވެ.